ހުލާސާކޮށް އިއްޔެ: 82 ކިލޯގެ ޑްރަގްސް ފުލުހުން ހޯދުން

ހުލާސާކޮށް އިއްޔެ: 82 ކިލޯގެ ޑްރަގްސް ފުލުހުން ހޯދުން

ގދ. ހޯނޑެއްދޫގެ އިތުރުން އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި އިއްޔެ ފުލުހުން ވަނީ ހޯދާފަ އެވެ.

ހޯނޑެއްދޫގައި ފުލުހުން ކުރިއަށް ގެންދާ ވަރުގަދަ އޮޕަރޭޝަނެއްގައި މީގެ ކުރިން ވެސް އެ ރަށުގެ ވަލު ތެރޭގައި ވަޅުލާފައި ހުރި 13 ކިލޯގެ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދައިފަ އެވެ.

އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯނޑެއްދޫގެ އިތުރުން އެ ރަށް ކައިރީގައި އޮންނަ ފަޅު ރަށެއްގައި ވަޅުލާފައި ހުރި ޖުމްލަ 69 ކިލޯގެ ޑްރަގު ފުލުހުން ހޯދާފައިވާ ކަމަށެވެ.

އެއާއެކު، އެ އޮޕަރޭޝަންގައި ފުލުހުން މިހާތަނަށް ޖުމްލަ 82 ކިލޯގެ މެތު އަދި ހެރޮއިން ހޯދާފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދުނު ކަމަށް ފުލުހުން ބުނިއިރު ގދ. ހޯނޑެއްދޫ އާއި އިތުރު ރަށަކުން މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގެ ތުހުމަތުގައި ފުލުހުން މިދިޔަ ހަފްތާގައި ވަނީ މީހުން ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރެއިން ހައްޔަރު ކުރި އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަނީ މަރުވެފަ އެވެ. އާއިލާއިން ތުހުމަތު ކުރަނީ އަބްދުﷲއަށް ފަރުވާދޭން ފުލުހުން ވަރަށް ބޮޑަށް ލަސް ކުރި ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދަނިކޮށް މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ފުލުހުން ބުނާ ހޯނޑެއްދޫއަށް ނިސްބަތްވާ އަރުޝަދު ހާލިދު ވެސް ފުލުހުން ހައްޔަރު ކުރި އެވެ. ނަމަވެސް ބަންދުގައި ބެހެއްޓޭނެވަރުގެ ހެކި ނެތިގެން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލި ކަމުގެ ތުހުމަތުގައި ސަސްޕެންޑްގައި މިދިޔަ ހަތް މަސް ދުވަހު ހުންނެވި އެ ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ހުސައިން ފާއިޒް މަގާމުން ވަކިކުރީ އިއްޔެ އެވެ.
  • ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުޞޫލުތަކާއި ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލަ ތަހުގީގުކޮށް، އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވީ އިއްޔެ އެވެ.
  • އައްޑޫ ސިޓީގައި އެހެން ދީނެއްގެ ޝިއާރެއް ފާޅުކުރި މައްސަލަ އިސްލާމިކް މިނިސްޓްރީއިން ކުށްވެރިކޮށް، އެ މައްސަލަ ބަލައިދިނުމަށް އެދި ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގައި ސިއްހީ ބޮޑެތި ބަލިތައް އިތުރުވަމުންދިޔުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އިއްޔެ ވިދާޅުވީ

އެ ދިރާސާތައް ބާރަށް ކުރިއަށް އެބަދޭ، ޑަބްލިއުއެޗްއޯގެ އެހީގެ ދަށުން އަޅުގަނޑުމެން މިކަންތައް ކުރިއަށް މިގެންދަނީ. ޑަބްލިއުއެޗްއޯ ޓީމެއް އައިސް ހަމަ ތިޔަ ވިދާޅުވި ގޮތަށް، މިކަންތައް ހިނގާ ގޮތް ބަލަމުން އެބަ ގެންދޭ. މިތަނުން މައުލޫމާތުތަކާއި އެއްޗިހި ހިފައިގެން ގޮސް އެބޭފުޅުންވީ,

ދުވަހުގެ ފޮޓޯ

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ސަރުކާރުން ބުނަނީ މާލޭގައި އެއްވެ އުޅުމުގެ ފުރުސަތު އަދި ލިބޭނެ ކަމަށް އިއްޔެ ވިދާޅުވި. ސަރުކާރުގެ މި ދައުރުގައި ބާކީ އޮތީ އެންމެ އަހަރެއް --- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ސަރުކާރުން ބުނަނީ މާލޭގައި އެއްވެ އުޅުމުގެ ފުރުސަތު އަދި ލިބޭނެ ކަމަށް އިއްޔެ ވިދާޅުވި. ސަރުކާރުގެ މި ދައުރުގައި ބާކީ އޮތީ އެންމެ އަހަރެއް --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވަނީ. ސަރުކާރުން ބުނަނީ މާލޭގައި އެއްވެ އުޅުމުގެ ފުރުސަތު އަދި ލިބޭނެ ކަމަށް އިއްޔެ ވިދާޅުވި. ސަރުކާރުގެ މި ދައުރުގައި ބާކީ އޮތީ އެންމެ އަހަރެއް --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox