ހުލާސާކޮށް އިއްޔެ: ގެސްޓުހައުސްތަކުން ޓެކްސް ކުޑަކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވުން

ހުލާސާކޮށް އިއްޔެ: ގެސްޓުހައުސްތަކުން ޓެކްސް ކުޑަކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވުން

ޓޫރިޒަމްގެ ވިޔަފާރިން ނަގާ ޓެކްސްތައް، ގެސްޓްހައުސްތަކުން ނަގާ ކުޑަ ރޭޓަކުން ނެގުމަކީ މުހިއްމު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އިއްޔެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ޓީޖީއެސްޓީ އިތުރުކުރުން ހިމެނޭ ގޮތުން، ޓެކްސްތަކަށް އަންނަ ބަދަލުން އެންމެ ބޮޑު އަސަރެއް ކުރާނީ ވެސް ކުދި ވިޔަފާރިތަކަށް ކަމަށެވެ.

އެހެންވީމާ އަލީ ނިޔާޒުގެ ސުވާލުގައި ވިދާޅުވި ފަދައިން، ޓެކްސް ނެގުމުގައި ތަފާތުތަކެއް ކުރުމަކީ ނެތްކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ޑިމޮކްރަސީގައި އަނެއްކާ ހަމަ ތަފާތުކުރާ ވާހަކަ ދައްކާ އިރަށް ވެސް ތަފާތުނުކުރަން ވެސް ބުނާނެ. އެކަމަކު ވަކިން ޕްރޮމޯޓްކުރުމުގެ ގޮތުން [ކުރާ] ޕޮޒިޓިވް ޑިސްކްރިމިނޭޝަނަކީ ދުނިޔޭގައި މީހުން ކުރާ ކަމެއް. ހާއްސަކޮށް ތަނެއްގައި ޓޫރިޒަމް ތަރައްގީނުވާ ހާލަތެއްގައި އެކަންތައް ކުރުން ވަރަށް މުހިއްމު،" މައުސޫމް ވިދާޅުވި އެވެ.

އަލީ ނިޔާޒު މައުސޫމާ ކުރެއްވި ސުވާލުގައި އެއްސެވީ ގެސްޓްހައުސްތައް ގިންތިކޮށް، ޓެކްސް ނެގުމުގައި ތަފާތުކުރުމުގެ ވިސްނުމެއް މުސްތަގުބަލުގައި ގެންގުޅެފާނެ ތޯ އެވެ. އެފަދަ ތަަފާތުތައް މިހާރު ވެސް ގެންގުޅޭކަމަށް ވިދާޅުވެ، އޭގެ މިސާލަަކަށް ދެއްކެވީ ގްރީންޓެކްސް އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެންނަށް އިއްޔެ މި ފާސްވި [ކޮމިޓީ މަރުހަލާއިން ފާސްވި] ޓީޖީއެސްޓީ[ބޮޑުކުރާ] ބިލުގައި އެހެން ނަމަވެސް އެ ތަފާތެއް ނުފެނޭ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވީ ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމީ ޓޫރިޒަމްގެ އެންމެ ފައިދާ ބޮޑު ބާވަތްކަން މުޅި ދުނިޔޭގައި ވެސް އޮތީ ތަޖުރިބާ ކުރެވިފައި ކަމަށާއި އެހެންވީމާ އެ މޮޑެެލް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އެހެންވީމާ އެ ޓެކްސް ނެގުމުގައި އެފަދަ ބަދަލެއް (ލޯކަލް ޓޫރިޒަމް ދާއިރާއަށް ލުއި ގޮތްތަކެއް އޮންނަ ބަދަލެއް) ގެންނާނެތޯ ކުރާ ސުވާލަކީ ވަރަށް މުހިއްމު ސުވާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ފަހިކޮށްދޭން ޖެހޭ. އިއްޒަތްތެރި މަޖިލީހުގައި މިއަދު ތިއްބެވި ވަރަށް ގިނަ މެމްބަރުންނަކީ ފައިނޭންސް މާހައުލަށް ވަރަށް ފަރިތަ، އެކަމުގެ ތަޖުރިބާކާރުން. ކުދި ވިޔަފާރިތަކަށް ފަހިވާ ގޮތަށް ކުރާ ކަންތައްކުން އެއްވެސް ގެއްލުމެއް ނުވާނެ. ހައްތަހާވެސް ލިބޭނީ ފައިދާ،" މައުސޫމު ވިދާޅުވި އެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ޓެކްސް ގާނޫނަށް ބަދަލު ގެނައުމަށް ޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ފާސްވުމުން ޓެކްސް އަށް އަންނަ ބަދަލު ގެސްޓްހައުސްތަކަށް ނާންނަ ގޮތަކަށް އިސްތިސްނާއެއް ހިމެނުމަށް، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް އިއްޔެ ހުށަހެޅުއްވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު ތާއީދު ކުރެއްވި އެ އިސްލާހު އެކަމަކު ފާހެއް ނުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން ހުޅުމާލޭގައި މިހާރު އަޅަމުންދާ ބައެއް ފްލެޓްތަކަށް އަންނަ މެއި މަހުގެ ތެރޭގައި މީހުން ވެއްދޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ އިއްޔެ އެވެ.
  • ފުލުހުންގެ ތަހުގީގަށް ދޭ ބަޔާނާ ޝަރީއަތުގައި ދޭ ހެކިބަސް ދިމާނުވެ ފާޅުކަން ބޮޑުކޮށް ކޯޓުގައި ދޮގުހަދާ ފަރާތަތްކާ ދެކޮޅަށް ދޮގުހެކިބަސް ދިނުމުގެ ދައުވާ ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އިއްޔެ އެވެ.
  • އައިޖީއެމްއެޗްގައި މަސައްކަތް ކުރި ނަރުސް މޭރީ ގްރޭސް މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ރިޕޯޓް ކުރި ދުވަހު އެ ގޭގެ ސިޑި މަތިން މާވިންއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ ވެސް ނުފެންނަ ކަމަށް އެ ގޭގައި ދިރިއުޅުނު މީހުން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރުވާގޮތަށް މަޖިލީހުގެ ބަހެއް ނެތި ފައިސާ ހަރަދުކުރާކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

ނޮވެމްބަރު މަހާއި ޑިސެމްބަރު މަހާ ދެމަހު ތެރޭ 5.8 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކުރައްވާނެ ކަމަށް އަޅުގަނޑަށް އަންދާޒާއެއް ނުކުރެވޭ. އެހެންވީމާ އަޅުގަނޑަށް މި ފެންނަނީ، މިހާތަނަށް އައިއިރުގަ މަޖިލީހަށް ހުށަހަޅައި ފާސްކުރުމެއް ނެތި އެ އިތުރުވާ މިންވަރުގެ ތެރެއިން ކިހާ ވަރެއް ހަރަދުކުރައްވާފައިވާކަން ވެސް ސާފުވާކަށް ނެތް،

ދުވަހުގެ ފޮޓޯ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު، ރައީސް ސޯލިހުއާ ސަލާމްކުރައްވަނީ. ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވެވުމުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވި. އަދި އެމަނިކުފާނަކީ ދިވެހިން ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވި. --- ފޮޓޯ: ރައީސް އޮފީސް
މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު، ރައީސް ސޯލިހުއާ ސަލާމްކުރައްވަނީ. ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވެވުމުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވި. އަދި އެމަނިކުފާނަކީ ދިވެހިން ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވި. --- ފޮޓޯ: ރައީސް އޮފީސް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު، ރައީސް ސޯލިހުއާ ސަލާމްކުރައްވަނީ. ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވެވުމުގައި ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރެއްވި. އަދި އެމަނިކުފާނަކީ ދިވެހިން ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވި. --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox