ހުލާސާކޮށް އިއްޔެ: އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން

ހުލާސާކޮށް އިއްޔެ: އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އިއްޔެ އެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އިއްޔެގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ބަޖެޓު ހުށަހަޅާފައި ވަނީ ރާއްޖެ އާއި ދުނިޔޭގެ އިގުތިސާދީ ދުވެއްޔަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު އެވެ.

މި ބަޖެޓަކީ ކޮވިޑާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ހުށަހަޅާ ބަޖެޓެއް ކަމަށް ސަރުކާރުން ބުނެ އެވެ. އަދި، ރައީސްގެ ރިޔާސީ ވައުދުފުޅުތައް ފުއްދުމަށާއި، ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭނުގައި ހިމަނާފައިވާ ކަންކަން ތަންފީޒު ކުރުމަށް ބަޖެޓުގައި ޖާގަ ދީފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ވަނީ މެދުރާސްތާގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ފިސްކަލް ސިޔާސަތު ތަންފީޒު ކުރުމަށް ގެންގުޅޭ އިންތައް ކަނޑައެޅުމަށް 2023-2025 އަށް ހަތަރު ފިސްކަލް އަމާޒެއް ވެސް ހުށަހަޅާފަ އެވެ. އެއީ؛

  • 2025 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ދަރަނި (ގެރެންޓީ ނުލައި) ޖީޑީޕީގެ ނިސްބަތުން 100 ޕަސެންޓަށް ތިރިކުރުން،
  • 2023 ވަނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށްވުރެ ތިރިކޮށް، އެއަށްވުރެ އިތުރުނުވާނެހެން މެދު ރާސްތާގައި ހިފެހެއްޓުން،
  • އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަހަރަކަށް ފަހު އަހަރެއް ދަށަށް ދާނެ މިސްރާބުގައި ހިފެހެއްޓުން،
  • 2023 ވަނަ އަހަރުގެ ނިޔަލަށް ރިކަރަންޓު ހަރަދު ދައުލަތުގެ އާމްދަނީ (ހިލޭ އެހީ ނުހިމަނައި) އަށްވުރެ އިތުރުނުވާނެ މިންވަރަށް ތިރިކޮށް، ދުރު ރާސްތާގައި އެ މިންގަނޑުގައި ހިފެހެއްޓުމެވެ.

މި އަމާޒުތައް ހާސިލުކުރުމަށް އާމްދަނީ އާއި ހަރަދުގެ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މި ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން، ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ރޭޓުތައް ބޮޑުކުރުމުގެ އިސްލާހު މިހާރު އޮތީ މަޖިލީހުގަ އެވެ. އެ އިސްލާހު ފާސްވުމާ އެކު ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުވެގެންދާނެ އެވެ.

ހަމައެހެންމެ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ދައުލަތުން ދޭ ސަބްސިޑީ މިހާރަށްވުރެ އެފިޝިއެންޓުކޮށް، ސަބްސިޑީގެ ހަރަދުތައް ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށް ސަބްސިޑީގެ ސިޔާސަތު މުރާޖާކުރަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން، އާސަންދައިގެ އިސްރާފު ކުޑަކޮށް، ރާއްޖެއަށް އެތެރެކުރާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްގެ އަގުތައް ކޮންޓްރޯލް ކުރަން ވެސް ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ. -- ފޮޓޯ: އަދަދު
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ. -- ފޮޓޯ: އަދަދު

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ. -- ފޮޓޯ: އަދަދު

އިގްތިސާދީ ދުވެލި 7.6 ޕަސެންޓުގައި، އިންފްލޭޝަން 5.4 ޕަސެންޓުގައި

ކޮވިޑާ އެކު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 34 ޕަސެންޓު ދަށްވުމަށް ފަހު ފަތުރުވެރިކަން އަލުން ފަށައި 2021 އަދި 2022 ގައި ވެސް އިގްތިސާދު އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރި އަރަމުންނެވެ. އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް މިއަހަރު ނިމެންވާއިރަށް ވާސިލުވާނެ ކަމަށް ބެލެވޭއިރު ޗައިނާ ފަތުރުވެރިން އަންނަ ފެށުމާ އެކު ފަތުރުވެރިކަމަށް ބޮޑު ދިރުމެއް އަންނާ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެން ނަމަވެސް، ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގެ އިގްތިސާދު ހީނަރުވަމުން ދިޔުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ބެލެވެ އެވެ.

އަދި، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތަކެތީގެ އަގުތައް މަތިވުމާއި، ރާއްޖޭގެ ޓެކްސް ރޭޓުތައް މަތިކުރުމާ އެކު ވެސް އިންފްލޭޝަން 5.4 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ތެލުގެ އަގުތައް އިންތިހާއަށް ބޮޑުވުމާ އެކު، ރަސްމީ ރިޒާވަށް އަސަރުކޮށް މިއަހަރު ނިމޭއިރު ހުންނާނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ ރިޒާވް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.

ހަރަދު 40.5 ބިލިއަނުގައި، އާމްދަނީ 32 ބިލިއަނުގައި

ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.

ދަރަނި 101 ބިލިއަނަށް، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަށްވާނެ

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 8.459 ބިލިއަނުގައި ކަމަށްވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 8.1 ޕަސެންޓެވެ. އަދި، ޕްރައިމަރީ ޑެފިސިޓް 5.02 ބިލިއަނަށް ދަށްކުރެވި އުފެއްދުންތެރިކަމުގެ ނިސްބަތުން ފަސް ޕަސެންޓަށްވުރެ ދަރަނި ތިރިކުރުމަށް ކަނޑައަޅާފައިވާ އަމާޒަަށް އަހަރު ނިމުމުގެ ކުރިން ވާސިލުވެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެގޮތުން، ސަރުކާރުން އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ޑެފިސިޓު އެވަރުގައި ހުރި ނަމަވެސް، އެ ފިޔަވަޅުތައް ނާޅައި ލަސްކޮށްފިނަމަ ބަޖެޓު ޑެފިސިޓު 14.4 ބިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން އޮތީ ލަފާކޮށްފަ އެވެ.

ބަޖެޓަށް ބޭނުންވާ ފައިނޭންސިންގެ 38 ޕަސެންޓު މިހާރު ވެސް ހޯދާފައިވާއިރު 11.453 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. އެއީ ބަޖެޓު ޑެފިސިޓް ހަމަޖައްސުމަށާއި ލޯނުތަކަށް ދައްކަން ޖެހޭ 2.101 ބިލިއަން ރުފިޔާ ހިމެނޭހެންނެވެ. މިއާ އެކު، ދައުލަތުގެ ދަރަނި 101.953 ބިލިއަނަށް އަރާނެ ކަމަށް ބެލެވެ އެވެ. އެއީ 9.2 ޕަސެންޓު އިތުރުވުމެކެވެ.

އެހެން ނަމަވެސް، ދަރަންޏަށް ވުރެ ބޮޑަށް އަންނަ އަހަރު ގައުމީ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ބެލޭވެއިރު އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 108.9 ޕަސެންޓަށް ދަށްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މި 2022 ނިމޭއިރު އެ އަދަދު ހުންނާނީ 111 ޕަސެންޓުގަ އެވެ. އަދި، ސަރުކާރުން އަންދާޒާކުރާ ގޮތުގައި، 2025 ގައި އެ އަދަދު 102.4 ޕަސެންޓަށް ތިރިކުރެވޭނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގެ ތެރެއިން، އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔަށް ހަމަލާދީ މަރާލި މައްސަލާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވެފައިވާތީ އޭނާގެ އަދަބެއްގެ ގޮތުން 25 އަހަރާއި ފަސް މަހަށް ޖަލަށް ލުމަށް ހުކުމްކުރީ އިއްޔެ އެވެ.
  • އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މެރީ ގްރޭސް އައިޖީއެމްއެޗަށް ގެންގޮސް ދިން ފަރުވާގެ ޕޭޝަންޓު ޗާޓުތައް، އޭނާ މަރާލި މައްސަލާގައި ދައުވާކުރާ ލަމްހާ އަބްދުލްރަހްމާނަށް ނުލިބޭހާ ހިނދަކު ދައުލަތުން ހުށަހަޅާފައިވާ ނަރުހުންގެ ހެކިބަސް ނެގުން މަޑުޖައްސާލަން ޝަރީއަތުން ނިންމީ އިއްޔެ އެވެ.
  • ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތް ގޮތަށް ތަޅުމަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސަބްސިޑީ ސިޔާސަތު މުރާޖާކުރަން ޖެހޭކަން ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވީ:

ސަބްސިޑީ އާއި ސަރުކާރުގެ އެކި ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ރާއްޖޭގައި އިންފްލޭޝަންގެ އިޙްސާސް ވަނީ ކުޑަކުރެވިފަ. ނަމަވެސް، މި ފަދަ ސިޔާސަތުތަކަކީ މިގޮތަށް ދާއިމީ ގޮތެއްގައި ކުރިއަށްގެންދެވޭނެ، ދެމެހެއްޓެނިވި ސިޔާސަތުތަކެއް ނޫން،

ދުވަހުގެ ފޮޓޯ

އަންނަ މަހު 15-21 އަށް މާލޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖު ލޯންޗު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރޭ. މި މުބާރާތުގައި ގާތްގަނޑަކަށް ޖުމްލަ 50 ކުޅުންތެރިން ބައިވެރިވޭ --- ފޮޓޯ:
އަންނަ މަހު 15-21 އަށް މާލޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖު ލޯންޗު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރޭ. މި މުބާރާތުގައި ގާތްގަނޑަކަށް ޖުމްލަ 50 ކުޅުންތެރިން ބައިވެރިވޭ --- ފޮޓޯ:

އަންނަ މަހު 15-21 އަށް މާލޭގައި ބާއްވާ މޯލްޑިވްސް ޓެނިސް ޗެލެންޖު ލޯންޗު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިއާގެ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރޭ. މި މުބާރާތުގައި ގާތްގަނޑަކަށް ޖުމްލަ 50 ކުޅުންތެރިން ބައިވެރިވޭ --- ފޮޓޯ:

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox