ހުލާސާކޮށް އިއްޔެ: އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލުކޮށްދޭން އާއިލާއިން އެދުން

ހުލާސާކޮށް އިއްޔެ: އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހަވާލުކޮށްދޭން އާއިލާއިން އެދުން

މި މަހުގެ 25 ވަނަ ދުވަހު ގދ. ހޯނޑެއްދޫއިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެެ ދަށުގައި ހުއްޓާ މަރުވި އެ ރަށު އަބްދުﷲ ރަޝީދުގެ އާއިލާއިން އޭނާގެ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދުނީ އިއްޔެ އެވެ.

އަބްދުﷲ ގެ އާއިލާއިން މިގޮތަށް އެދި އޭނާ މަރުވުމުގައި ފުލުހުން ވެފައިވާ އިހުމާލުތައް މީޑިއާތަކާ ހިއްސާކޮށްފައިވަނީ އަބްދުﷲ ގެ ހަށިގަނޑު މިވަގުތު އޮތް ގަލޮޅު މޯޗަރީ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އާދޭސް ކުރުމުންވެސް ފަރުވާ ނުދިން؛ ބުނީ ފޭކު ޖައްސަނީ ކަމަށް

އަބްދުﷲ ރަޝީދުގެ މަންމަ މަރިޔަމް އަހުމަދު ބުނި ގޮތުގައި އަބްދުﷲ މަރުވި ދުވަހު އޭނާ މެންދުރު ކާން ގެއަށް ނައުމުން ދަރިފުޅު ދިރިއުޅޭ ގެއަށް ދިޔަ އެވެ. މަރިޔަމް އެ ގެއަށް ދިޔަ އިރު އާދައިގެ ހެދުމުގައި ތިބި ދެ ފުލުހުން ބޭރުގައި ތިބި ކަމަށާއި އެ ގެއަށް ވަނުމަށް ފުލުހުން ފުރުސަތު ނުދިން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑުގެ ދަރިފުޅު ކާން ނުގޮސްގެން ފޯނު ނުނަގައިގެންނޭ މި އައީ. ދެން އެ ދެމީހުން ބުނީ ތިމަންނަ މެންނަކީ ޕޮލިހުންނޭ މިވަގުތު އެ ގެއަކަށް ނުވަދެވޭނޭ،" އަބްދުﷲ ގެ މަންމަ ބުންޏެވެ.

އަބްދުﷲ ދިރިއުޅޭ ގެއިން ނެރެގެން ފުލުހުން އޭނާ ލޯންޗަށް ގެންދިޔައީ އެދުވަހުގެ މެންދުރުފަހު 3:50 ހާއިރު ކަމަށާއި ދަރިފުޅާ ބައްދަލުވާނެ ފުރުސަތެއްވެސް ނުލިބުނު ކަމަށް އަސަރާއެކު މަރިޔަމް ކިޔައިދިނެވެ.

"ލޯންޗަށް ލީތަނުން އޭނާގެ [އަބްދުﷲ ގެ] މޭގަ ރިއްސަން ފެށީ، ރިއްސާވަރުން އޭގަ [ލޯންޗުގަ] އޮވެގެން ހަމަ އެނބުރުނީ.. ދެން ތިމަންނަ ހޮސްޕިޓަލަށް ގެންގޮސްދޭށޭ ތިމަންނަ މި މަރުވަނީއޭ ބުނީމަ ޕޮލިހުން ބުނަނީ ތި ޖައްސަނީ ފޭކޭ،" އާދޭސް ކުރުމުންވެސް ފުލުހުން ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށް މަރިޔަމް ބުންޏެވެ.

އެ ސަރަހައްދަށް އެ ވަގުތު އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން ފިރުޝާން އާއި ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސްގެ އިތުރުން ހޯނޑެއްދޫ ސިއްހީ މަރުކަޒުގެ މެނޭޖަރުވެސް ދިޔަ ކަމަށާއި އެބޭފުޅުން ވެސް އަބްދުﷲ އަށް ފަރުވާ ދިނުމަށް އެދުނު ކަމަށް އަބްދުﷲ ގެ މަންމަ ވަނީ މިއަދު ބުނެފަ އެވެ. ނަމަވެސް ފުލުހުން އެބޭފުޅުންގެ އެދުމަށް ވެސް އިޖާބަ ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މަރުވިކަން އާއިލާއަށް ނާންގާ

އަބްދުﷲ ގެ މަންމަ ބުނި ގޮތުގައި އޭނާ މަރުވިކަން ފުލުހުން އާއިލާއަށް އަންގާފައެއް ނުވެ އެވެ. އެގޮތުން ހޯނޑެއްދޫ ބަނދަރުގައި ލޯންޗު ދޮޅު ގަޑިއިރު އޮތުމަށްފަހު ފުރިއިރު އަބްދުﷲ ގެ އަނގައިން ފޮނު ނުކުތުމުން ފުލުހުން ވަނީ އޭނާއަށް ސީޕީއާރުވެސް ދީފަ އެވެ. ދެން އޭނާ ރަށަށް ނުބާލައި ގޮވައިގެން މަޑަވެއްޔަށް ގޮސް އެ ރަށަށް ބާލާފައި ފުލުހުންގެ ޓީމު ފުރައިގެން ދިޔައީ ކަމަށް މަރިޔަމް ބުންޏެވެ.

އެކަމަކު އެ ވަރުވެގެން ދިޔައިރުވެސް، އެކަން އާއިލާއަށް ފުލުހުން އަންގާފައިނުވާކަން އޭނާ ފާހަގަކުރި އެވެ.

މަޑަވެލިން ކޮންމެސް މީހަކު ގުޅާފަ ބުނީ ކަލޭގެ ދަރިފުޅު މަރުވެއްޖެއޭ"

މަރިޔަމް ބުނި ގޮތުގައި އޭނާ އަދި އާއިލާގެ އެހެން މީހުން މަޑަވެއްޔަށް ދިޔައީ އެހިސާބުންނެވެ.

މާާލެ ގެނައީ ޕޯސްޓްމޯޓަމް ހައްދަން ކަމެއް ނޭނގޭ

އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމް ހެއްދުމަށް ކަން ނޭނގޭ ކަމަށްވެސް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން އަބްދުﷲ ގެ އަންހެނުން އައިމިނަތު ލީނާ ބުނެފައިވަނީ އާއިލާއަށް ފުރަތަމަ ބެލެވުނީ ހަށިގަނޑު މާލެ ގެނައީ މާލޭގައި ތިބި އަބްދުﷲ ގެ އަންހެނުންނާއި ދަރިންނަށް މޫނު ދައްކާ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

އަދި މާލެ ގެނައިރުވެސް ފުލުހުން އާއިލާއާ އެއްވެސް ވަރަކަށް މުއާމަލާތު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"ދެން އިއްޔެ އަންނަނީ ފުލުހުންގެ ކޯލެއް، ގުޅާފަ ބުނަނީ ތިމަންނަމެންނަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ޕޯސްޓްމޯޓަމް ހައްދަން ނިންމައިފީމޭ. އަޅުގަނޑު ބުނިން ނެހެއްދޭނެއޭ އަޅުގަނޑުމެން ހުއްދައެއް ނުދޭނަމޭ،" ލީނާ ބުންޏެވެ.

އަބްދުﷲ ގެ ދޮށީ ދަރިފުޅު މަރިޔަމް ޒިފްނާ ރަޝީދު ވެސް ބުނީ އާއިލާއިން ހީކުރީ އޭނާގެ ބައްޕަގެ ހަށިގަނޑު މާލެ ގެންނަނީ އާއިލާއަށް ހަވާލުކޮށް ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

"އަދި އަޅުގަނޑަކަށް ބައްޕަގެ މޫނެއް ނުފެނޭ، އެމީހުން ދައްކާކަށެއްވެސް ނޫޅޭ،" އަބްދުﷲ ގެ ހަތަރު ދަރިންގެ ތެރެއިން 18 އަހަރު ފުރިފައިހުރި ހަމައެކަނި ދަރިފުޅު ޒިފްނާ ބުންޏެވެ.

މީގެ އިތުރުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި އާދަމް ލަރީފު ބުނީ ފުލުހުން އެންމެ ފުރަތަމަ އާއިލާ ގާތު ބުނެފައިވަނީ މާލެ ގެނައުމަށްފަހު އަބްދުﷲ ގެ ހަށިގަނޑު ގެންދާނީ ސަހަރާއަށް ކަމަށެވެ. ނަމަވެސް މާލެ އައުމުން ގަލޮޅު މޯޗަރީއަށް ލުމަށްފަހު ފުލުހުން ވަނީ ހަށިގަނޑު ޕޯސްޓްމޯޓަމަށް ގެންދާނެ ކަމަށްބުނެ ބިރުދައްކާފަ ކަމަށްވެސް އޭނާ ތުހުމަތުކުރި އެވެ.

ޕޯސްޓްމޯޓަމް ހެދުމާ މުޅި އާއިލާވެސް ދެކޮޅު

އިއްޔެ ނޫސްވެރިންނާ ވާހަކަ ދެއްކި އަބްދުﷲ ގެ އާއިލާގެ ހުރިހާ މެންބަރުންވެސް ބުނީ އަބްދުﷲ ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެެއް ނެތް ކަމަށާއި އެކަމާ މުޅި އާއިލާވެސް ދެކޮޅު ކަމަށެވެ.

"ޕޯސްޓްމޯޓަމް އަކުން ނޭނގޭނެދޯ ބައްޕަ މަރުވެގެން ދިޔައިރު ޕޮލިހުން ބަލަހައްޓައިގެން ތިބި ކަމެއް،" އަބްދުﷲ ގެ ދަރިފުޅު ޒިފްނާ ބުންޏެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެފައިވާ ކަަމަށްވެސް އާއިލާއިން ވަނީ މިއަދު ބުނެފަ އެވެ.

އެގޮތުން އަބްދުﷲ ގެ ބޭބެ އެއް ކަމަށްވާ އަހުމަދު ޝަރީފު ބުނީ އާއިލާގެ މެންބަރުންނާ އިއްޔެ މިނިސްޓަރު ބައްދަލުކޮށް ޕޯސްޓްމޯޓަމް ހަދަންޖެހެނީ ފުލުހުން ވެފައިވާ އިހުމާލެއް ހޯދަން ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އާއިލާއިން މިކަމުގައި މައްސަލަ ޖައްސައި އަބްދުﷲ ގެ ހަށިގަނޑު ވަޅުނުލާ އިތުރަށް ބާއްވަން ބޭނުންނުވާކަން އޭނާ ވަނީ ތަކުރާރުކޮށްފަ އެވެ.

ނޫސްވެރިންނާ ބައްދަލުކުރުމަށްފަހު އާއިލާއިން މޯޗަރީއަށް ނުވަދެވޭނެ ކަމަށް ފުލުހުން ބުނި

އަބްދުﷲ ގެ އާއިލާއިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށްފަހު އަނބުރާ މޯޗަރީއަށް ވަންނަން ދިއުމުން ފުލުހުން ވަނީ އެކަމަށްވެސް ދެކޮޅު ހަދާފަ އެވެ. ނަމަވެސް މޯޗަރީގެ ދެ ދޮރު ބަންދުކޮށް މަގުމަތީގައި އާއިލާގެ މެންބަރުން އެތައް އިރަކު ބޭތިއްބުމުން އާއިލާގެ މެންބަރުން ވަނީ މޯޗަރީއަށް ގަދަކަމުން ވަދެގަނެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު "އަދަދު" އަށް ވިދާޅުވީ މިވަގުތު އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.

ހާދިސާ ހިނގި ގޮތް

އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާގެ އިތުރުން އަދި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

".. އަދި މީގެ އިތުރުން ލޯންޗު ތެރޭގައި އޭނާ މެޔަށް ތަދުވާ ކަމަށް ބުނަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ފުލުހުން މި ކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާ ކަން ވެސް ފާހަގަ ކުރެވެ އެވެ." ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެ އެވެ.

މި މައްސަލާގައި، ފުލުހުންގެ ތެރެއިން އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހޯނޑެއްދޫ ކައުންސިލުން ގޮވާލާފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއެކު ހެދި ކޯލިޝަނުގެ ތަޖުރިބާ ހިތި ކަމަށާއި މީގެ ފަހުން އެއްވެސް އިންތިހާބެއްގައި ނ. އަތޮޅާއި ދ. އަތޮޅު އެ ޕާޓީއަށް ދޫކޮށްނުލާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ އިއްޔެ އެވެ.
  • އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާ ދެކޮޅަށް ރިސޯޓު އަދި ގެސްޓުހައުސް ހިންގާ ފަރާތްތަކުން ދެކޮޅު ހަދަމުންދަނިކޮށް، ސަރުކާރުގެ އެ ނިންމުމަށް ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ޖަމިއްޔާއިން ތާއީދުކުރާކަން ހާމަކުރީ އިއްޔެ އެވެ.
  • ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއަށް ނޫސްވެރިން އެދުނު ބައެއް ބަދަލުތަކާއެކު ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އަލުން ފޮނުވި ބިލުގައި ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރުމުން އެ ބިލު އަނެއްކާވެސް އިސްލާހުކުރަން ނުޖެހޭނެތޯ މާފަންނު ހުޅުނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސުވާލު އުފެއްދެވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އިންތިހާބުތަކުގައި ކޯލިޝަން ހަދައިގެން ވާދަކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވިދާޅުވީ:

އަޅުގަނޑުމެންނާއެކީ ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެގެން އެތައް ވާހަަކައެއް ދައްކައިގެން އަޅުގަނޑުމެން ދާއިރާތަކެއް ދޫކޮށްލީ، އެ ދާއިރާތައް ދޫކޮށްލީމާ އޭގެ ނަތީޖާއަކަށްވީ ޖުމްހޫރީ ޕާޓީއަށް ވެސް ގޮނޑި ލިބުނީކީ ނޫން،

ދުވަހުގެ ފޮޓޯ

މަޑަވެލީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ އާއިލާ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަނީ. އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭން އާއިލާއިން ދަނީ އެދެމުން --- ފޮޓޯ: އަދަދު
މަޑަވެލީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ އާއިލާ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަނީ. އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭން އާއިލާއިން ދަނީ އެދެމުން --- ފޮޓޯ: އަދަދު

މަޑަވެލީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މަރުވި އަބްދުﷲ ރަޝީދުގެ އާއިލާ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަނީ. އޭނާ މަރުވީ ފުލުހުންގެ އިހުމާލުން ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހަވާލުކޮށްދޭން އާއިލާއިން ދަނީ އެދެމުން --- ފޮޓޯ: އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox