ހުލާސާކޮށް އިއްޔެ: މޮރިޝަސް-ރާއްޖެ ބޯޑަރު މައްސަލައިގައި ފާޑުކިޔުންތަކަށް ސަރުކާރުން ރައްދު ދިނުން

ހުލާސާކޮށް އިއްޔެ: މޮރިޝަސް-ރާއްޖެ ބޯޑަރު މައްސަލައިގައި ފާޑުކިޔުންތަކަށް ސަރުކާރުން ރައްދު ދިނުން

ރާއްޖޭގެ ދެކުނުގައިވާ ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ރާއްޖޭން އެ ގައުމާ އެެއްކޮޅަަށް އެރުމަކުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރާއްޖެ ތަމްސީލުކުރާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނީ އިއްޔެ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ނިންމާފައިވާ ގޮތަށް ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ގަރާރަށް ކުރިން ރާއްޖޭން ތާއީދު ނުކުރެ އެވެ. އެ ނިންމުން ކުއްލިއަކަށް ބަދަލުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް އެއްބަސްވެގެން ކަމުގެ އަޑުތައް ގަދަވެ، ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލަ މޮރިޝަސްއިން، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ހުށަހެޅީ އޮގަސްޓު 23، 2019 ގަ އެވެ. މޮރިޝަސް އިން ހުށަހެޅި އެ މައްސަލަ ބަލައި ކަނޑުގެ ސަރަހައްދުގެ އިން ކަނޑައެޅުމުގެ އިހުތިސޯސް ޓްރައިބިއުނަލަށް ލިބިގެންނުވާ ކަމަށް ރާއްޖޭން ފާހަގަކުރި އެވެ. އެހެން ނަމަވެސް ޖަނަވަރީ 28، 2021 ގައި ނިންމާފައިވަނީ މައްސަލަ ބެލުމަށެވެ.

އެ ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ވަކާލާތުކުރަމުންދާ ޓީމު ލީޑުކުރައްވާ ޕްރޮފެސާ ޕަޔަން އަހަވަން އޮންލައިންކޮށް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއް ކަމަށް ރާއްޖޭން އެއްބަސްވީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން އެ ގޮތަށް ނިންމުމުން ކަމަށެވެ.

އެ ގޮތަށް އެއްބަސްވުމާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމަށް މޮރިޝަސްއާއެކު ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް އަހަވަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި މިހާރު ޗާގޯސްގެ އިސްތިއުމާރީ ބާރުކަމަށްވާ އިނގިރޭސިވިލާތުގެ އިތުރުން މޮރިޝަސްއާއެކު ވެސް ރާއްޖޭން އެކި ދުވަސްވަރު މަޝްވަރާ ކުރި ކަމަށެވެ.

"ހަގީގަތުގައި ރާއްޖެއަކަށް މުހިންމެއް ނޫން ކޮން ބައެއްގެ ސިޔާދަތީ ބާރުތޯ [ޗާގޯސްގައި] ހިނގަނީ. މެރިޓައިމް ބައުންޑަރީ ކަނޑައެޅުމުގަ މިހާތަނަށް އެއްބަސްވުމަކަށް ނާދެވި އޮތީ ކާކާއެކުތޯ އެއްބަސްވުމެއް ހަދަންވީ ނޭނގޭތީ،" އަހަވަން ވިދާޅުވި އެވެ.

މޮރިޝަސްއާއެކު ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގެ ކުރު ހުލާސާއެއް ވެސް އޭނާ ދެއްވި އެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބުނަނީ އިން ވަކިކުރުމަށް ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް ކަމަށެވެ. އެކަމާ ރާއްޖޭން ދެކޮޅު ހަދާއިރު، ހިލާފު އުފެދިގެން އުޅެނީ ގާތްގަނޑަކަށް ހަތަރުހާހެއްހާ އަކަ ކިލޯމީޓަރާމެދު ކަމަށް އަހަވަން ފާހަގަކުރެއްވި އެވެ.

"މާބޮޑު ސަރަހައްދެއް ނޫން އަސްލު ދެބަސްވުން އުފެދިގެން މިއުޅެނީ. އެކަމަކު އެއްވެސް ގައުމަކުން ކަނޑުގެ ސަރަހައްދުން ވިޔަސް އެންމެ އިންޗިއެއް ވެސް ދޫކޮށްލަން ބޭނުންނުވާނެ ދެއްތޯ،" އޭނާ ވިދާޅުވި އެވެ.

ޓްރައިބިއުނަލްގައި ރާއްޖޭގެ ފަރާތުން ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހަވާލާދީ ރަނގަޅު ނުކުތާތަކެއް ފާހަގަކޮށްފައިވާނެ ކަމަށާއި، އިން ވަކި ކުރުމުގައި ރާއްޖޭން ބޭނުންވާ ގޮތަށް ފަނޑިޔާރުން ނިންމާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް އަހަވަން ވިދާޅުވި އެވެ.

މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން އެރުމުގައި އިންޑިއާގެ ނުފޫޒު އޮތް ކަމުގެ ތުހުމަތު ދިވެހި ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ކުއްލިއަކަށް ބަދަލުވެގެން އުޅޭ ކަމުގެ ތުހުމަތު ދޮގުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްވެސް ސަރަހައްދެއް ވަކި ގައުމަކުން އިސްތިއުމާރުކުރުމާ ރާއްޖޭން އަބަދުވެސް ދެކޮޅެވެ.

"މިއީ އެއްވެސް ގައުމެއްގެ ނުފޫޒެއް އޮވެގެން ނިންމި ނިންމުމެއް ނޫން. މިއީ ދިވެހި ސަރުކާރުގެ އަމިއްލަ ނިންމުމެއް،" އިންޑިއާގެ ނުފޫޒާ ގުޅިގެން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތާއި ބަދަލުކުރި ނިންމުން

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނިންމާފައި ވަނީ ޗާގޯސް އިސްތިއުމާރު ކޮށްފައިވާ ކުރުން ނިމުމަކަށް ގެނެސް ވީ އެންމެ އަވަހަކަށް މޮރިޝަސްއާ އެތަން ހަވާލުކުރުމަށެވެ. އެ ނިންމުމާ ހަ މަސް ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ޗާގޯސް މޮރިޝްސްއާ ހަވާލުކުރަން، މެއި 22، 2019 އދ. އިން ފާސްކުރި ގަރާރަށް 116 ގައުމުން ތާއިދުކުރި އެވެ. ނަމަވެސް ރާއްޖޭން އޭރު އެ ގަރާރަށް ތާއިދެއް ނުކުރެ އެވެ.

އދ ގެ އާންމު މަޖިލީހުގައި އޮތް އެ ގަރާރުގެ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމާފައި އޮތަސް، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުރިން ގަރާރަށް ތާއިދު ނުކުރީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޒުކޮށް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅުމުންނެވެ.

އެ ނިންމުން ބަދަލުކޮށް، މޮރިޝަސްއާ އެއްކޮށް ވޯޓުލާން ނިންމައި އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ ފާހަގަ ކުރެއްވައިފަ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އދ. އާންމު މަޖިލީހުގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅިފައިވާ ކަމެއް ކަމަށާއި ހާރިޖީ ސިޔާސަތު ކަނޑައެޅުމާއ، ހިންގުމާއި އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކާއެކު ގުޅުން ގާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށެވެ.

ޗާގޯސްގެ މައްސަލައިގެ ގަރާރާ ގުޅޭ ގޮތުން މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ރާއްޖޭން ނިންމީ، ރާއްޖެއަކީ އިސްތިއުމާރުކުރުމާ ދެކޮޅު، ގައުމުތަކުގެ ސިޔާސަތީ ބާރު އޮތުމަށް ތާއިދުކުރާ ގައުމަކަށް ވާތީ، އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނާތީ ކަމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބަޔާނުގައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން އެ ގައުމުން ކުރާ މަސައްކަތަށް ތާއީދުކުރާ ގޮތަށް ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމުގައި އިންޑިއާގެ ނުފޫޒު ހިމެނޭ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ތުހުމަތު ކުރެއްވީ އިއްޔެ އެވެ.

  • ދުނިޔޭގެ އިގުތިސޯދީ ހާލަތު މިހާރު އޮތް ގޮތުން، މާލީ ބާޒާރުން ދަރަންޏަށް ފައިސާ ހޯދޭނެ ހުރިހާ ދޮރެއް މިހާރު ބަންދުވެފައިވާ ކަމަށް ވިދާޅުވެ، އަންނަ އަހަރުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމި ނިންމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދިފާއު ކުރެއްވީ އިއްޔެ އެވެ.
  • ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން އެގައުމުން ކުރާ މަސައްކަތަށް ތާއީދުކުރާ ގޮތަށް ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތުހުމަތު ކުރެއްވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖެ-މޮރިޝަސް ބޯޑަރު މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއްޔެގެ މަޖިލިސް ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ

މޮރިޝަސްގެ ސިޔާދަތު ނުވަތަ ސަވްރިނިޓީ ފޯޅަވަހީގެ މައްޗަަށް އޮތް ކަަމަށް ދިވެހި ސަރުކާރުން ގަބޫލުކުރީމާ ދެން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެ އެއްބަސްވެވުނީ،

ދުވަހުގެ ފޮޓޯ

އުރީދޫ މޯލްޑިވްސް އިން ތައާރަފްކުރި ޑިޖިޓަލް އެސިސްޓަންޓު "އެވީ" އަދި އާ ތާނަ ފޮންޓު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. އެވީ އަކީ ރާއްޖޭގައި ދިވެހި ބަހުން މުހާތަބު ކުރެވޭގޮތަށް އޭއައި މެދުވެރިކޮށް އުފެދިގެންދިޔަ ފުރަތަމަ ޑިޖިޓަލް އެސިސްޓެންޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އުރީދޫ މޯލްޑިވްސް އިން ތައާރަފްކުރި ޑިޖިޓަލް އެސިސްޓަންޓު "އެވީ" އަދި އާ ތާނަ ފޮންޓު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. އެވީ އަކީ ރާއްޖޭގައި ދިވެހި ބަހުން މުހާތަބު ކުރެވޭގޮތަށް އޭއައި މެދުވެރިކޮށް އުފެދިގެންދިޔަ ފުރަތަމަ ޑިޖިޓަލް އެސިސްޓެންޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އުރީދޫ މޯލްޑިވްސް އިން ތައާރަފްކުރި ޑިޖިޓަލް އެސިސްޓަންޓު "އެވީ" އަދި އާ ތާނަ ފޮންޓު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. އެވީ އަކީ ރާއްޖޭގައި ދިވެހި ބަހުން މުހާތަބު ކުރެވޭގޮތަށް އޭއައި މެދުވެރިކޮށް އުފެދިގެންދިޔަ ފުރަތަމަ ޑިޖިޓަލް އެސިސްޓެންޓު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox