އަރުޝަދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ސުޕްރީމް ކޯޓަށް

ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު

ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު

ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތު ކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު ލަންކާއިން ރާއްޖެ ގެނެސް ހައްޔަރުކޮށްގެން ހައި ކޯޓަށް ހާޒިރުކުރުމަށް އަންގައި ނެރެފައިވާ އަމުރު އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އަރުޝަދު ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ނުގެން ގޮސް ފުލުހުން އޭނާ ދޫކޮށްލި އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި، މި މަހުގެ 13 ވަނަ ދުވަހު އަރުޝަދު ހައި ކޯޓަށް ހާޒިރުވީ ވެސް އަމިއްލައަށެވެ. އަދި ހައި ކޯޓުން ވެސް ދެން ވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށް ނިންމައިފަ އެވެ.

އަރުޝަދު ހައްޔަރުކޮށްގެން ހައި ކޯޓަށް ހާޒިރުކުރުމަށް ނެރެފައިވާ އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، އިސްތިއުނާފު ހުށަހެޅީ މައިގަނޑު ތިން ނުކުތާއެއްގެ މައްޗަށެވެ.

ފުރަތަމަ ނުކުތާގައި ވަނީ އެފަދަ އަމުރެއް ނެރުމުގެ އިހުތިޔާރު ކޯޓަށް ލިބޭނީ ކޯޓަށް ހާޒިރުވުމުގެ ޗިޓު އޭނާއަށް ރައްދުވެ މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުނުވުމުން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާ އެވެ.

އަރުޝަދުގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ މިދިޔަ ޖޫން މަހުގެ ހަތްވަނަ ދުވަހު އެ އަމުރު ނެރުނު އިރު ވެސް އަރުޝަދު ދިޔައީ ހައި ކޯޓާ މުއާމަލާތް ކުރަމުން ކަމަށެވެ. އެހެންވެ ގާނޫނުގައި ބުނާ ފަދަ ހާލަތެއް ވުޖޫދުވެފައި ނެތް ކަމަށް ވަކީލު ވިދާޅުވި އެވެ.

ދެވަނަ ނުކުތާއަކީ އެފަދަ އަމުރެއްގައި ކޯޓަށް ހާޒިރުކުރަންވީ ވަގުތާއި ތާރީހު އެނގެން އޮންނަން ވާނެ ކަމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާ އެވެ. އަރުޝަދުގެ ވަކީލު ވިދާޅުވި ގޮތުން ނަމަ، އަމުރުގައި ވަގުތާއި ތާރީހު ލިޔެފައެއް ނެތެވެ.

ތިންވަނަ ނުކުތާއަކީ އެ އަމުރުގައި އެންމެ ފަނޑިޔާރެއްގެ ސޮއި އޮތުމެވެ. ގާނޫނު ބުނާ ގޮތުން ހައި ކޯޓުގެ މައްސަލަތައް ބަލަން ވާނީ އޮނަހިރި އަދަދެއްގެ ފަނޑިޔާރުންގެ ބެންޗަކުންނެވެ.

މި ނުކުތާތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ވިދާޅުވީ މާލޭން ބޭރަށް އެއްވެސް ތަނަކަށް ދަތުރުކުރާނަމަ ހައި ކޯޓަށް އަންގަން ވާނެ ކަމަށް ބަޔާންކޮށްފައިވާ އެންގުމެއްގައި އަރުޝަދު ސޮއިކޮށްފައިވާ ކަމަށް ހައި ކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ.

އެއްވެސް އެންގުމަކާ ނުލާ މާލޭން ބޭރުވެ އަދި ޝަރީއަތަށް ހާޒިރުނުވެ އުޅޭ ނަމަ އެ އަމުރު ނެރުމަށް ހައި ކޯޓަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އަދި އެންމެ ފަނޑިޔާރެއްގެ ސޮއި އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި، މައްސަލައެއްގައި ނެރޭ ވަގުތީ އަމުރުތަކުގައި އާންމު ގޮތެއްގައި ވެސް މައްސަލަ ބަލާ ބެންޗުގެ އެއް ފަނޑިޔާރެއްގެ ސޮއި އެކަނި އޮވެ އަމުރު ނެރުއްވާފައި އޮންނަ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސޫއުދެވެ.

ހަތް ދުވަހުން ނިންމަން ޖެހޭ މައްސަލައަކަށް ވާތީ މިއަދު މެންދުރު 12:30 ގައި އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ އަޑުއެހުން ބާއްވަނީ ބައެއް ކަންކަން ސާފުކުރަން ފަނޑިޔާރުންގެ ސުވާލުތަކެއް ހުރުމުންނެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެންމެ ފަހުން އަރުޝަދު ދޫކޮށްލަން ހައި ކޯޓުން ނިންމާފައިވާ ނިންމުން ވެސް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވެ އެވެ.

އަރުޝަދަށް ކުރާ ތުހުމަތުތައް؛

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އަތުލި 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އޭނާ ރާއްޖޭން ފުރައިގެން ދިޔައީ އެ ޝިޕްމެންޓް ރާއްޖެ އެތެރެކުރި ޑިސެމްބަރު 12 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ކުރިން ރާއްޖެ އެތެރެކުރި ނުވަ ކިލޯއެއްގެ ޑްރަގު މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް، އެ މައްސަލަ އޭނަގެ މައްޗަށް ސާބިތެއް ނުވެ އެވެ. އެއީ އަރުޝަދު އާ ގުޅުންހުރި ތަނަކުން މަސްތުވާތަކެތި ފެނިފައިނުވުމާއި، ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް އޮތްކަން ސާބިތުވެފައި ނުވާތީ އެވެ. އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފުކޮށްފަ އެވެ.

އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓުން އެންމެ ފަހުން އަމުރުކޮށްފައިވާއިރު، އެއްވެސް ބޭނުމެއްގައި މާލޭން ބޭރަށް ދާން ޖެހޭނީ ކޯޓުގެ ލިޔުމަކުން ހުއްދަ ލިބިގެން ކަމަށް ހައި ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox