ހުލާސާކޮށް އިއްޔެ: ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކުގެ އާމްދަނީ 10 ބިލިއަނަށް

ހުލާސާކޮށް އިއްޔެ: ފުރަތަމަ ކުއާޓަރުގައި އެސްއޯއީތަކުގެ އާމްދަނީ 10 ބިލިއަނަށް

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލިބުނު އާމްދަނީ 10 ބިލިއަން ރުފިޔާއަށް ވުރެ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓެއްގައި ބުނިކަން "އަދަދު" އިން ރިޕޯޓުކުރީ އިއްޔެ އެވެ.

މިނިސްޓްރީގެ ދަށުން ހިންގާ ޕްރައިވަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުއާޓާލީ ރިވިއުގައި ބުނެފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ޖުމްލަ 31 ކުންފުންޏަކަށް މިއަހަރުގެ ފުރަތަމަ ތިން މަހު އާމްދަނީގެ ގޮތުގައި ޖުމްލަ 10.27 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރެކޯޑު ކުރެވިފައިވާ އާމްދަނީއާ އަޅާބަލާއިރު، 54 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި ބުނީ، އެ ކުއާޓަރުގައި އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ އެސްޓީއޯއަށް ކަމަށެވެ. ސަރުކާރުގެ މައި ވިޔަފާރި ކުންފުންޏަށް 1.88 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އެސްޓީއޯގެ އާމްދަނީ އިތުރުވެފައިވަނީ އެ މުއްދަތުގައި އެ ކުންފުނިން ވިއްކާ ތެލުގެ އަގު މަތިވެ، ޑިމާންޑު އިތުރުވެފައިވާތީ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

ފުރަތަމަ ކުއާޓަރުގައި ދެވަނަ އަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ރާއްޖޭގެ ބައިނަލްއަގުވާމީ މައި އެއާޕޯޓު ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އަށެވެ. އެ މުއްދަތުގައި އެމްއޭސީލްއަށް 648 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.

އާމްދަނީގެ ލިސްޓުގެ ތިންވަނައިގައި އޮތް އެޗްޑީސީއަށް ލިބިފައިވަނީ 314 މިލިއަން ރުފިޔާގެ އާމްދަނީ އެކެވެ. އެޗްޑީސީގެ އާމްދަނީ އިތުރުވުމުގެ ބޮޑު ބައެއް އެ ކުންފުނިން ވިއްކި ބިންތައް ހިއްސާކުރާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ރިޕޯޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގިނަ ކުންފުނިތަކަށް ލިބުނު އާމްދަނީ މިއަހަރުގެ އެއް މުއްދަތާ އަޅާބަލާއިރު ނިސްބަތުން އިތުރެވެ. ނަމަވެސް، ޖުމްލަ ހަތް ކުންފުންޏެއްގެ އާމްދަނީ އެ މުއްދަތުގައި ދަށަށް ގޮސްފައިވާކަން އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ ތެރޭގައި ވެމްކޯ، އެސްޑީއެފްސީ ޕީއެސްއެމް، އެމްއެމްޕީއާރުސީ އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނެ އެވެ.

މީގެ އިތުރުން، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެއްވެސް އާމްދަނީއެއް ނުލިބޭ ހަތަރު ކުންފުންޏެއް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ފަހިދިރިއުޅުން ކޯޕަރޭޝަން، ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ސްޕޯޓްސް ކޯޕަރޭޝަނެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކަށް ލިބުނު އާމްދަނީގެ ކުރިއެރުމާއެކު ފައިދާ ވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މިގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ކުންފުނިތަކުގެ ޖުމްލަ ފައިދާ މިއަހަރު ވަނީ 36 ޕަސަންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑު ފައިދާއެއް ލިބިފައިވަނީ އެމްއޭސީއެލް އަށެވެ. އެ ކުންފުންޏަށް 1.08 ބިލިއަން ރުފިޔާގެ ފައިދާއަކީ، ހުރިހާ ކުންފުންޏަކަށް ލިބުނު ފައިދާގެ ނިސްބަތުން 29 ޕަސަންޓެވެ.

އެމްއޭސީއެލްގެ އިތުރުން، ފުރަތަމަ ކުއާޓަރުގައި 100 މިލިއަން ރުފިޔާއަށް ވުރެ މަތިން ފައިދާ ރެކޯޑުކުރި ކުންފުނިތަކުގެ ތެރޭގައި ބީއެމްއެލް، ދިރާގު، ފެނަކަ، ޕޯޓްސް، އެމްޓީސީސީ، އެމްޑަބްލިޔުއެސްސީ އަދި އެސްޓީއޯ ހިމެނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އައްޑޫގެ ދެކުނުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސްއިން ބުނާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑު ބަދަލު ނުވާ ކަން ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅީ އިއްޔެ އެވެ.
  • އައްޑޫގެ ދެކުނުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް ސަރަހައްދަށް ވަންނަ ކަމަށް މޮރިޝަސްއިން ބުނާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ސްޓޭންޑު ބަދަލު ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ އިއްޔެ އެވެ.
  • ސްޓެލްކޯ އަށް ދައްކަން ޖެހޭ ކަރަންޓު ބިލު ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސް އިން ކަރަންޓު ކަނޑާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސަރުކާރުން ޒުވާނުންނަށް އުފައްދަމުން ގެންދާ ވަޒީފާތަކަށް އިޝާރާތް ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ:

ކިތަންމެ ކުޑަ އާމްދަނީއެއް ލިބޭ ވަޒީފާއަކުން ވިޔަސް، އަމިއްލަ ފުދުންތެރިކަމުގެ ހިތްހަމަޖެހުން ހޯދޭތޯ ބަލަމާ ހިނގާށޭ. އެއީ ތިޔަ ޒުވާނުންނަށް ވެސް، އަދި މުޅި މުޖްތަމައަށް ވެސް ލިބޭނެ ވަރަށް ބޮޑު ފައިދާއަކަށް ވާނެ,

ދުވަހުގެ ފޮޓޯ

ޒުވާނުންގެ އެވޯޑު "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ. އޭނާއަށް މި އެވޯޑު ލިބުނީ ފަންނާއި އާޓުގެ ދާއިރާއިން. މި ދާއިރާގައި ހުއްޓުމެއް ނެތި އަބޯ މަސައްކަތް ކުރާތާ 11 އަހަރުވެފައިވާއިރު, ބޮޑެތި ގިނަ ޕްރޮޖެކްޓްތަކާއި އެކިއެކި މީޑިއާތަކުގައި އިސް ދައުރެއް އަދާކޮށްފައިވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ޒުވާނުންގެ އެވޯޑު "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ. އޭނާއަށް މި އެވޯޑު ލިބުނީ ފަންނާއި އާޓުގެ ދާއިރާއިން. މި ދާއިރާގައި ހުއްޓުމެއް ނެތި އަބޯ މަސައްކަތް ކުރާތާ 11 އަހަރުވެފައިވާއިރު, ބޮޑެތި ގިނަ ޕްރޮޖެކްޓްތަކާއި އެކިއެކި މީޑިއާތަކުގައި އިސް ދައުރެއް އަދާކޮށްފައިވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޒުވާނުންގެ އެވޯޑު "އަދަދު" ގެ ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވަނީ. އޭނާއަށް މި އެވޯޑު ލިބުނީ ފަންނާއި އާޓުގެ ދާއިރާއިން. މި ދާއިރާގައި ހުއްޓުމެއް ނެތި އަބޯ މަސައްކަތް ކުރާތާ 11 އަހަރުވެފައިވާއިރު, ބޮޑެތި ގިނަ ޕްރޮޖެކްޓްތަކާއި އެކިއެކި މީޑިއާތަކުގައި އިސް ދައުރެއް އަދާކޮށްފައިވޭ --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox