ހުލާސާކޮށް އިއްޔެ: ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަން ހާމަކުރުން

ހުލާސާކޮށް އިއްޔެ: ކަނޑުގެ ސަރަހައްދާ ގުޅޭ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑު ބަދަލު ނުވާކަން ހާމަކުރުން

އައްޑޫގެ ދެކުނުން ރާއްޖޭގެ އިކޮނޮމިކް ޒޯން، މޮރިޝަސްގެ ދަށުގައި އޮންނަ ޗާގޯސް އައިލެންޑްސްގެ ކަނޑުގެ ސަރަހައްދަކާ ފުށޫއަރާ ކަމަށް ބުނެ ކަނޑުގެ ގާނޫނާ ބެހޭ ގާނޫނާބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް މޮރިޝަސް އިން ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދުގެ އެއްވެސް ބައެއް ދޫނުކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ހައްލުކުރެވިފައި ނުވާ މި މައްސަލަ ބައިނަލްއަގްވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލްއަށް، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަންގެ މުއާހަދާގެ ދަށުން ހުށަހަޅާފައިވާއިރު، އަޑުއެހުންތަކުގެ ފުރަތަމަ ބުރުގައި ރާއްޖެ ތަމްސީލުކުރައްވާ ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ، އޮގަސްޓުގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅެއްގައި ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ތަންފީޒުކުރުމަށް ވޯޓު ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އޭޖީ އެހެން ވިދާޅުވުމާ އެކު ބައެއް ފަރާތްތަކުން ވަނީ އެ މައްސަލައިގައި ރާއްޖޭން ވޯޓު ދޭ ގޮތް ބަދަލުކުރަން ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވެ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރުން މިއަދު ބުނީ ކަނޑުގެ ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގައި ސްޓޭންޑު ބަދަލު ނުވާ ކަމަށެވެ.

"މި މައްސަލައިގެ ސްޑޭންޑެއް ބަދަލެއް ނުވޭ. ރާއްޖެއިން އެއްވެސް ތަނެއް ދޫކޮށްލާ ގޮތަކަށް ނޫން މި ތިބީކީ" އޭޖީ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން އިއްޔެ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.

އެހެން ނަމަވެސް، ކަނޑުގެ ޓްރައިބިއުނަލް އިން އެ މައްސަލަ މައުޟުއީ ގޮތުން ބަލައި ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ނުވަތަ ކަނޑުތަކާ ބެހޭ މުއާހަދާގެ ދަށުން ބޯޑަރު ކަނޑައަޅާނެ ކަމަށް އޭޖީ އޮފީހުން ބުނެ އެވެ.

"ބައިނަލްއަގްވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، ޢާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން. އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ދިވެހިރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުން،" އޭޖީ އޮފީހުން ބުނެ އެވެ.

ޗާގޯސް އިސްތިއުމާރު ކުރުމާ ދެކޮޅަށް ސަރުކާރުން ވޯޓު ދޭނެ ކަމަށާއި އެ ތަނަކީ އެތަނުގެ އަސްލު ވަޒަންވެރިންނަށް އަނބުރާ ލިބެންޖެހޭ ތަނެއްކަމަށް ރާއްޖެއިން ގަބޫލު ކުރާ ކަމަށް ވެސް އޭޖީ އޮފީހުން މިރޭ ބުންޏެވެ.

"އިންޓަނޭޝަނަލް ކޮނިއުނިޓީގެ ވިސްނުމަކީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްކަމަށް. ޗާގޮސްގެ ޑީކޮލޮނައިޒޭޝަންއަށް ތާއީދުކޮށް 116 ގައުމަކުން ޔޫއެން ޖެނެރަލް އެސެމްބްލީގައި 2019 ވަނަ އަހަރު ވޯޓުލާފައިވޭ. ވީމާ ރާއްޖޭގެ ޕޮޒިޝަނަކީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތް ޕޮޒިޝަނެއް," އޭޖީ އޮފީހުން ބުންޏެވެ.

އަދި، ބައިނަލްއަގްވާމީ މަޝްރަހުގައި ވިސްނުމާ އެއްގޮތަށް ވޯޓުލުމުން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ރާއްޖެ ބަލައިގަނެ އެހެން ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުވާނެ ކަމަށާއި ވީމާ އެގޮތަށް ވޯޓުލުމުން ރާއްޖެެއަށް ލިބޭނީ ފައިދާ ކަމަށް ސަރުކާރުން ބުނެ އެވެ.

މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގްވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ.

ކަނޑުގެ ސަރަހައްދުތަކަކީ ނުވަތަ އިންތަކަކީ ސީ އޮފް ކޮންވެންޝަންގެ ދަށުން ކޮންމެ ގައުމަކަށް ވެސް ކަނޑައަޅާ އިންތަކެކެވެ. އެގޮތުން، ރާއްޖެ މިނިވަންވުމާ އެކު ރާއްޖޭގެ އުތުރުގެ އިންތައް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ ދެކުނުގެ އިންތައް ކަނޑައެޅިފައެއް ނުވެ އެވެ. ރާއްޖެ މިނިވަން ވުމާއެކު ރާއްޖޭގެ އުތުރުން މި އިންތައް ކަނޑައެޅުނީ، ރާއްޖެއާއި އިންޑިއާ އާއި ސްރީ ލަންކާ ހިމެނޭ ގޮތަށް ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

ބައެއް މުހިންމު ހަބަރުތައް

  • އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނ. އަތޮޅުގެ ބައެއް ރައްތަކަށް އަދި އައްޑޫ ސިޓީއަށް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނީ އިއްޔެ އެވެ.
  • ކޮވިޑުގެ ދަތިކަމުން އަރައިގަނެ އިގްތިސާދު ކުރިއަރަމުން އަންނަ މި ދަނޑިވަޅުގައި ޗައިނާގެ ފަތުރުވެރިން ރާއްޖެ އަނަން ފެށުން ވެގެންދާނީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިވެގެންދާނެ ކަމަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • ސްކޫލު ދަރިވަރުން މިއަދު ގަދައަޅައި މަސައްކަތް ކުރަންވީ މާދަމާގެ ލީޑަރުންނަށް ވުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުމަށް 50 އަހަރު ފުރުމުގެ ރަންޔޫބީލް ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

ސިޔާސީ ގުޅުން ގާއިމުކުރުމުގެ މާ ކުރިންސުރެ ވެސް، އަޅުގަނޑުމެންގެ ދެގައުމުގެ ދެމެދުގައި ވަރަށް ގާތް ގުޅުމެއް އޮތް. ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ކުރަމުންމިގެންދާ މަސައްކަތުގައި ޗައިނާގެ އެހީތެރިކަން އަބަދުވެސް ލިބެމުންދޭ. ހާއްސަކޮށް ވޭތުވެ ދިޔަ 30 އަހަރު ދުވަހުތެރޭ އަޅުގަނޑުމެންގެ ގުޅުން މިވަނީ އިތުރަށް ބަދަހިވެފަ،

ދުވަހުގެ ފޮޓޯ

ޗައިނާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް
ޗައިނާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ޗައިނާ އާއި ރާއްޖެއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. ރާއްޖެ އާއި ޗައިނާއާ ދެމެދު ސީދާ ދަތުރުތައް އަވަސް މުސްތަގުބަލެއްގައި ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox