މި ފަހަރު މުފްތީ މެންކުގެ ހަތަރު ދަރުހެއް، ފުރަތަމަ ދަރުސް ނަފުސާނީ ބަލިތަކާ ގުޅޭ ގޮތުން

މުފްތީ މެންކް: މި ފަހަރުގެ ދަތުރުގައި މާލެ، ހުޅުމާލެ، ފުވައްމުލަށް އަދި އައްޑޫގައި ދަރުސް ދެއްވާނެ --ފޮޓޯ: ހަލީޖް ޓައިމްސް

މުފްތީ މެންކް: މި ފަހަރުގެ ދަތުރުގައި މާލެ، ހުޅުމާލެ، ފުވައްމުލަށް އަދި އައްޑޫގައި ދަރުސް ދެއްވާނެ --ފޮޓޯ: ހަލީޖް ޓައިމްސް

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުގައި ހަތަރު ދަރުހެއް ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

މިފަހަރުގެ ދަތުރުގައި މެންކް ދަރުސް ދެއްވާނީ މާލެ، ހުޅުމާލެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފުރަތަމަ ދަރުސް ދެއްވާނީ މި އޮކްޓޯބަރު 28، ވަނަ ދުވަހުގެ ރޭ 20:45 ގައި މާލޭ އަލިމަސް ކާނިވަލުގަ ކަމަށެވެ. އެ ދަރުސް ބިނާ ކުރައްވާނީ ޑިޕްރެޝަން، އެންޒައިޓީ އަދި ނަފުސާނީ ބަލިތަކާ ގުޅޭ ގޮތުންނެވެ.

ދެ ވަނަ ދަރުސް ދެއްވާނީ އޮކްޓޯބަރު 29، ވަނަ ދުވަހުގެ ރޭ 20:45 ގައި ފުވައްމުލައް ސިޓީގެ ރަސްމީ ސްޓޭޑިއަމްގަ އެވެ. އެ ދަރުހުގެ މައުލޫއަކީ އިސްލާމް ދީނާއި ކުލުނުގެ މައްޗަށް ދެއްވާ ދަރުހެކެވެ.

ތިން ވަނަ ދަރުސް އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު މަސައްކަތްތެރި މުސްލިމަކަށް ވުމާބެހޭ ގޮތުން ދަރުސް ދެއްވާނީ އޮކްޓޯބަރު 30، ވަނަ ދުވަހުގެ ރޭ 20:45 ގައި އައްޑޫ ސިޓީގެ ސިޓީ ސްކޮޔާގަ އެވެ.

މި ފަހަރު ދަތުރުގެ ފަހު ދަރުސް މުފްތީ މެންކް ދެއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 31، ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ. އެ ދަރުހަކީ އާއިލީ މައްސަލަތަކާ ކުރިމަތިލާނެ ގޮތުގެ މައްޗަށެވެ.

އޭގެ އިތުރުން އަންނަ ހުކުރު ދުވަހު އިސްލާމިކް މަރުކަޒުގައި މުފްތީ މެންކް އިމާމުވެ ހުކުރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މުފްތީ މެންކު މީގެ ކުރިން ވެސް ވަނީ ދެ ފަހަރަކު ރާއްޖެ ވަޑައިގެންފަ އެވެ. އެގޮތުން 2020 ވަނަ އަހަރު މެންކް ވަނީ މާލެ އަދި އައްޑޫ ސިޓީގައި ދަރުސް ދެއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox