ޒަޔާން މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު އާންމުކޮށްފި

ޒަޔާން މަރާލުމުގެ ފަހަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޒަޔާން މަރާލުމުގެ ފަހަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފައި-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އައްޑޫ ސިޓީގައި ގޭންގަކުން ނިކުމެ އެރަށު މުހައްމަދު ޒަޔާން، 21، މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ވަނަވަރު މިއަދު އާންމުކޮށްފި އެވެ.

ޒަޔާނަށް ހަމަލާދިނީ ދުރާލާ ރާވައިގެން އޭނާ ދިރިއުޅޭ ގެއަށް ޖޫން 2، ގައި ބަޔަކު ދަންވަރުގެ ވަގުތުގައި ވަދެގެންނެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް 11 މީހެކެވެ. އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެ އެވެ.

އެ މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޒަޔާންއަށް ހަމަލާ ދިނުމުގަ އާއި ހެކި ނައްތާލުމުގައި ބައިވެރިވީ އުމުރުން 15 އަހަރާއި 19 އަހަރުގެ ކުދިން ކަމަށެވެ.

އެހެންނަމަވެސް މި ފަރާތްތަކުގެ އިތުރުން ހަމަލާ ދިނުމަށް މަޝްވަރާ އާއި ހިތްވަރުދީ، ހަތިޔާރު ދިނުމުގައި އިތުރު ބަޔަކު ބައިވެރިވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް
އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް

ހައްޔަރުކުރި މީހުންގެ ވަނަވަރު

ހަމަލާ ދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން މިކަމުގައި ޝާމިލްވާ "ބޮޑުން" އެވަގުތު ތިބީ ފޭދޫގެ ކެފޭއެއްގައި ކަމަށް ސާމިހު ވިދާޅުވި އެވެ.

"މި ފަރާތްތައް ކެފޭގައި ތިބި ތިބުމަކީ މައިގަނޑު ގޮތެއްގައި އެ ފަރާތްތަކަކީ މި ހަމަލާގެ އެއްވެސް ކަމެއް އެނގޭނެ ބައެއް ނޫންކަން އަދި އެއިރު އެމީހުން ތިބީ އެ ކެފޭގައިކަން ރައްޔިތުންނަށާއި ތަހުގީގަށް ދެއްކުމުގެ ގޮތުން ތިބި ތިބުމެއް،" ސާމިހު ވިދާޅުވި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން:

  • އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެގެ، 28އ.
  • އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.
  • އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 29އ.
  • އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.
  • އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.
  • ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.
  • އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.

ހާދިސާގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން އިންސްޕެންޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ފުލުހުންނަށް އާއިލާއިން ރިޕޯޓުކުރުމާއެކު، ޒަޔާން ދިރިއުޅެމުން ދިޔަ ގެއަށް އެރޭ ދަންވަރު 3:16 ހާއިރު ދިޔައިރު، ގޭގެ އެއް ވަނަ ފްލޯގައި ޒަޔާން އޮތް ކަމަށެވެ.

"އޭރު ގޭގެ ގިނަ ހިސާބުތަކުގައި ގިނަ އަދަދަކަށް ލޭ ހުރިކަން ފުލުހުންނަށް ފާހަގަކުރެވިފައިވޭ. އަދި ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ބައެއް ހަތިޔާރާއި އެ ނޫން ވެސް އެ ފަރާތްތަކާ ގުޅޭ ބައެއް މާއްދީ ހެކިތައް ފެންނަން ހުރި،" ސާމިހު ވިދާޅުވި އެވެ.

ހައްޔަރުކުރި މީހުންގެ ވަނަވަރު-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ހައްޔަރުކުރި މީހުންގެ ވަނަވަރު-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހައްޔަރުކުރި މީހުންގެ ވަނަވަރު-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ފުލުހުން ހާޒިރުވިއިރު، އޭނާގެ ގައިން ގިނަ އަދަދަކަށް ލޭ އޮހޮރެމުން ދިޔަ ކަމަށާއި އެހެންނަމަވެސް އެ ވަގުތު ވެސް ވާހަކަ ދައްކައި، ފުލުހުންގެ ބައެއް ސުވާލުތަކަށް ޒަޔާން ޖަވާބު ދިން ކަމަށް ސާމިހު ވިދާޅުވި އެވެ.

"އެވަގުތު ޒަޔާނަށް ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވޭތީ، މި ހަމަލާއާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ގޮތުން ޒަޔާނާ އެވަގުތު ފުލުހުން ވެސް ސުވާލުކޮށްފައިވޭ. އެގޮތުން ޒަޔާނާ ސުވާލުކުރުމުން ހަމަލާ ދިން ގޮތާއި ހަމަލާ ދިން މީހުންނާ ގުޅޭ ގޮތުން ޒަޔާން އެވަގުތު ވާހަކަ ދައްކާފައި،ވޭ" ސާމިހު ވިދާޅުވި އެވެ.

ސާމިހު ވިދާޅުވި ގޮތުގައި ޒަޔާން އަވަސް ފަރުވާއަށް ގެންދިޔައީ އޭގެ ފަހުން ދަންވަރު 03:40 ވީއިރު އެވެ.

ފުލުހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު އެ ހަމަލާއަކީ ދުރާލާ ރޭވިގެން ދެވުނު ހަމަލާއެއްކަން ފާހަގަކޮށްފައިވެ އެވެ. އަދި، އޭގެ ފަހަތުގައި އޮތީ އައްޑޫގައި އޭރު ދެ ގޭންގެއްގެ މެދުގައި ހިނގަމުންދިޔަ ސިލްސިލާ މާރާމާރީތަކުގެ ބަދަލު ހިފުމުގެ އިތުރުން އިތުރު ސަބަބެއް ކަމަށް ބުނެފައިވީ ނަމަވެސް އެއީ ކޮން ސަބަބެއް ކަން ހާމައެއް ނުކުރެ އެވެ.

މި ހަމަލާ ދިނުމުގެ ކުރިން އިތުރު ބައެއް މީހުންނަށް ވެސް ހަމަލާ ދިނުމަށް ރޭވި ނަމަވެސް، އެކަންކަން ނާކާމިޔާބުވެފައިވާކަން ސާމިހު ފާހަގަކުރެއްވި އެވެ. ފުލުހުން ވަނީ ހަމަލާ ދިނުމަށް ފަހު ފިލަން މަސައްކަތް ކުރި މީހުންނާއި ހަތިޔާރު ނައްތާލަން މަސައްކަތް ކުރި ކަމުގެ ހެކި ސީސީޓީވީ މެދުވެރިކޮށް ހޯދާފަ އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox