އިންޑިއާ އައުޓް ބެނާ އަތުލުމުން ފުލުހުންނާ ދެކޮޅަށް ޔާމީން ކުރެއްވި ދައުވާ ބޭރުކޮށްފި

ރައީސް އަބްދުﷲ ޔާމީން: ސިވިލް ކޯޓުން ބުނީ އެމަނިކުފާނު ހުށަހެޅުއްވި  ިދައުވާގައި މަދަނީ ބަދަލަކަށް އެދިވަޑައިގެންފައިނުވާ ކަމަށް -- ފޮޓޯ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން: ސިވިލް ކޯޓުން ބުނީ އެމަނިކުފާނު ހުށަހެޅުއްވި ިދައުވާގައި މަދަނީ ބަދަލަކަށް އެދިވަޑައިގެންފައިނުވާ ކަމަށް -- ފޮޓޯ: ޕީޕީއެމް

"އިންޑިއާ އައުޓް" ޖެހުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާއެއް ފުލުހުން އަތުލުމުން އެމަނިކުފާނު ފުލުހުންނާ ދެކޮޅަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ޔާމީން ކުރެއްވި ދައުވާގައި ބުނެފައި ވަނީ ބެނާ އަތުލުމުން އެމަނިކުފާނަށް ގާނޫނު އަސާސީގެ 21 ވަނަ މާއްދާއިން ލިބޭ އަމިއްލަ މިނިވަންކަމުގެ ހައްގު ގެއްލުނު ކަމަށެވެ. އަދި ފުލުހުން އެ ބެނާ އަތުލީ ގާނޫނުލް އުގޫބާތާއި ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލައިގައި ސިވިލް ކޯޓުން ބުނީ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދައުވާގެ މައުލޫގައި ހައި ކޯޓުގައި ބަހުސްކޮށް ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ދޫކުރި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.

އޭގެ އިތުރުން، އެ މައްސަލައިގައި ޔާމީންއަށް ލިބިވަޑައިގެންނެވި މަދަނީ ގެއްލުމުގެ ވާހަކައެއް ހިމަނާފައިނުވާ ކަމަށާއި މަދަނީ ބަދަލެއް ވެސް ނަގައިދިނުމަށް އެދިވަޑައިގެންފައިނުވާ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.

"ދެންފަހެ ބުނެވިދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން މއ. ކާމިނީހުޅަނގުގެ، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ދިވެހި ފުުލުހުންގެ ހިދުމަތުގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ ކުރިއަށްގެންދެވިދާނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމީން،" ފަނޑިޔާރު ހަސަން ފަހީމް ކުރެއްވި ހުކުމުގައި ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސް ޔާމީންއަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓެވެ. އެމަނިކުފާނުގެ ކެމްޕެއިން މިހާރު ފަށައިގެން ކުރިއަށްދާއިރު މިދިޔަ ހަފުތާ އަދި މި ހަފުތާފައި ބައެއް ރަށްރަށަށް ދަތުރު ކުރައްވައި، ޖަލްސާތައް ބާއްވަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox