ސ. ހުޅުދޫގެ ގެއެއްގެ ގޯތި ތެރޭގައި ހުރި ސަކަލެއްގައި ރޭގެ ވަގުތެއްގައި ރޯކޮށް އަންދާލައިފި އެވެ.
އެ ހާދިސާގެ މައުލޫމާތު ޓްވިޓާގައި ހިއްސާކުރަމުން މީހަކު ބުނެފައި ވަނީ އެ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.
އަދި، އަލިފާން ރޯކޮށްލުމުގެ ސަބަބުން ބޭނުންނުކުރެވޭ ވަރަށް ސައިކަލު އަނދާފައިވާ ކަމަށާއި އަދި، ގޭގެ ބައެއް ދޮރުތަކަށާއި އޭސީގެ އައުޓްޑޯ ޔުނިޓަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ތުހުމަތު ކުރެވޭ މީހަކު ނެތް ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.













