ބީޔޫސީޖީގެ މުވައްޒަފަކު ކޮންޓެއިނަރެއްގައި ބަންދުކޮށްގެން ގެންގުޅުނު ކަމަށް ތުހުމަތުކޮށްފި

ބިދޭސީ މަސައްކަތްތެރިޔާ ބަންދުކުރި ކަމަށް ބުނާ ކޮންޓެއިނަރު ފުލުހުން ބަލަނީ -- ފޮޓޯ: ޕީއައިއެލްސީ

ބިދޭސީ މަސައްކަތްތެރިޔާ ބަންދުކުރި ކަމަށް ބުނާ ކޮންޓެއިނަރު ފުލުހުން ބަލަނީ -- ފޮޓޯ: ޕީއައިއެލްސީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްކުރާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ މުވައްޒަފަކު ކޮންޓެއިނަރެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުނު ކަމަށް ޕަބްލިކް އިންޓެރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ބުނެފި އެވެ.

ޕީއެލްސީގެ ނެރުނު ބަޔާނެއްގައި ބުނެފައި އޮތީ އެއާޕޯޓު ހަދާ ކުންފުނީގެ ބިދޭސީ މުވައްޒަފު ހަތް ދުވަސް ވަންދެން ބަންދުކޮށްގެން ގެންގުޅުނު ކަމަށެވެ. އަދި އޭނާ ފިލީ ކޮންޓެއިނަރުގައި ހުރި ކުޑަދޮރެއް ކަހަލަ އެއްޗެއް ހަލާކުކޮށްލައިގެން ކަމަށް ވެސް ޕީއައިއެލްސީން ބުނެފައިވެ އެވެ.

އެ މައްސަލައިގައި އަނިޔާ ލިބުނު ފަރާތުން ފުލުހުންގެ ހިމާޔަތަށް އެދުމުން އެކަމަށް ފުލުހުން ދެކޮޅު ހެދި ކަމަށް ވެސް ޕީއައިއެލްސީން ތުހުމަތު ކުރެ އެވެ.

އޭގެ ފަހުން ހުޅުލޭ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށަހެޅުމުން އެ ސްޓޭޝަނުގެ ފުލުހުން ވަނީ އޭނާ ބަންދުކޮށްފައިހުރިތަން ބަލާ މައުލޫމާތު ނަގާފައި ކަމަށް ވެސް ޕީއައިއެލްސީން ބުނެ އެވެ. އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ތިން ފަހަރުމަތިން ހުށަހަޅާފައިވާ ކަމަށް ވެސް ޕީއައިއެލްސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޕީއައިއެލްސީ އިން ވަނީ ބީޔޫސީޖީއިން ރާއްޖެއަށް ގަވާއިދާއި ހިލާފަށް މަސައްކަތްތެރިން ގެންނަމުންދާ ކަމަށް ތުހުމަތުކޮށް، މި މައްސަލަ އިދާރާތަކަށް ހުށަހެޅުމުން ބަންދުކުރި ފަރާތަކީ ގެއްލިފައިވާ ފަރާތެއް ކަމަށް ރިޕޯޓުކޮށްފައި ކަމަށް ވެސް ތުހުމަތު ކޮށްފަ އެވެ.

ބީޔޫސީޖީ ފަދަ ބޮޑެތި ކުންފުނިތަކުން ހިންގާ ގާނޫނާ ހިލާފު އެފަދަ ކަންކަމާމެދު ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ވެސް ޕީއައިއެލްސީ އިން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox