އެމްއާރުޑީސީ އުވާލިއިރު ލިބެންޖެހޭ 171 މިލިއަން ރުފިޔާ ނުހޯދާ

އެމްއާރުޑީސީގެ އޭރުގެ މުވައްޒަފުންތަކެއް މާލޭގެ މަގެއް މަރާމާތު ކުރުމުގެ މަސައްކަތެއްގައި ހަރަކާތްތެރިވަނީ. -ފައިލް ފޮޓޯ: އެމްއާރުޑީސީ

އެމްއާރުޑީސީގެ އޭރުގެ މުވައްޒަފުންތަކެއް މާލޭގެ މަގެއް މަރާމާތު ކުރުމުގެ މަސައްކަތެއްގައި ހަރަކާތްތެރިވަނީ. -ފައިލް ފޮޓޯ: އެމްއާރުޑީސީ

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލިއިރު އެ ކުންފުންޏަށް ލިބެންޖެހޭ ކަމަށް މާލީ ހިސާބުތަކުގައި ބަޔާންކޮށްފައިވާ 171.7 މިލިއަން ރުފިޔާ ހޯދަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮތް އެމްއާރުޑީސީ 2018 ވަނަ އަހަރު އުވާލީ، ހަވާލުކުރެވިފައިވާ މަޝްރޫއުތައް އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ނުގެންދާތީ އާއި ބޮޑެތި މަޝްރޫއުތައް ނުނިންމައި ދިގުލައިގެން ދިޔުމުގެ އިތުރުން، ކުންފުނީގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ބުނެ އެވެ.

ފިނޭންސް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެމްއާރުޑީސީ އުވާލަން ނިންމުމާ ގުޅިގެން، އެ ކުންފުނި އުވާލުމުގެ މަސައްކަތްކުރުމަށް މެއި 2018 ގައި އެ ކުންފުންޏާއި ލިކުއިޑޭޝަންގެ މަސައްކަތްކުރާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރެވުނު ކަމަށެވެ.

މި އެއްބަސްވުމުގައި އުވާލައި ކުންފުނީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތައް ތައްޔާރުކޮށް ކުންފުނީގެ އެސެޓުތައް ހިފަހައްޓައި، ކޮންޓްރޯލްކޮށް އަދި ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ ލިކުއިޑޭޓަރުގެ ޒިންމާ އެއް ކަމުގައި ބަޔާން ކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

"ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ލިކުއިޑޭޓަރު އެމްއާރުޑީސީގެ މުދަލާއި ދަރަނިތަކުގެ ހިސާބުތަކުގެ ރިޕޯޓެއް ތައްޔާރު ކޮށްފައިނުވެ އެވެ،" އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން، އެމްއާރުޑީސީ އުވާލުމާ ހަމައަށް އަދާ ހަމަކޮށްފައިވާ، ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތަފްސީލީ ރިޕޯޓެއް ވެސް ލިކުއިޑޭޓަރު ތައްޔާރުކޮށްފައިވާ ނުވާ ކަމަށް ބުންޏެވެ.

އޮޑިޓު އޮފީހުން އިތުރަށް ބުނި ގޮތުގައި، އެމްއާރުޑީސީ އެންމެ ފަހުން އޮޑިޓު ކުރެވުނު 2017 ވަނަ އަހަރުގެ ނިޔަލަށް ވެސް 171.7 މިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް ފާހަގަކޮށްފައިވެ އެވެ.

"އެހެންނަމަވެސް ކުންފުނި އުވާލުމަށް ނިންމި ފަހުންވެސް ކުންފުންޏަށް ލިބެންޖެހޭ އެއްވެސް ފައިސާއެއް ހޯދާފައިނުވާ ކަން ފާހަގަކުރެވެ އެވެ،" ރިޕޯޓުގައި ބުންޏެވެ.

އެހެންކަމުން، ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުންފުންޏަށް ލިބެންޖެހޭ ފައިސާ ހޯދުމާއި ސައްހަ ދަރަނިތައް އަދާކޮށް، ކުންފުނި އުވާލުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox