ހުލާސާކޮށް އިއްޔެ: ތިންވަނަ ދައުރަކަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ

ހުލާސާކޮށް އިއްޔެ: ތިންވަނަ ދައުރަކަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ މެމްބަރު ކަމަށް ތިންވަނަ ދައުރަކަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ އެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދަށް ހަތަރު މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބަށް ހަ ގައުމަކުން ކުރިމަތިލި އެވެ. މިފަހަރުގެ ކައުންސިލަށް ރާއްޖެ ހޮވުމަށް 154 ގައުމަކުން ތާއިދުކުރި އެވެ. އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުން ބަންގަލަދޭޝް އާއި ވިއެޓްނާމް އަދި ކިރިގިސްތާނު ވެސް ވަނީ އެ ކައުންސިލަށް އިންތިހާބުވެފަ އެވެ.

ފުރަތަމަ ދައުރަށް ރާއްޖެ އިންތިހާބުވީ 185 ގައުމެއްގެ ވޯޓާ އެކު އެވެ. ދެވަނަ ދައުރަކަށް ރާއްޖެ ހޮވުނީ އެ ކައުންސިލުގެ 164 މެމްބަރު ގައުމުގެ ތާއިދާ އެކު އެވެ.

އެގޮތުން، 2010 ގައި އިންތިހާބުވި ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ ގައުމަކީ ވެސް ރާއްޖެ އެވެ. ޖެހިޖެހިގެން ދެ ދައުރު 2011 އިން ފެށިގެން 2016 އާ ހަމައަށް އެ ކައުންސިލުގެ މެމްބަރުކަން ރާއްޖެއިން ކުރި އެވެ. އޭޝިއާ ޕެސިފިކް ގައުމުތަކުގެ މަންދޫބުގެ ހައިސިއްޔަތުން އެ ކައުންސިލުގެ ނައިބު ރައީސްކަން ވެސް ރާއްޖެ އިން ކުރި އެވެ.

އެއަށްފަހު، ރާއްޖެއިން މަސައްކަތްކުރީ 2018 އިން 2020 އަށް ހޮވި ކައުންސިލުގެ މެމްބަރަކަށްވުމަށެވެ. ޑިޕްލޮމެޓިކް ކެމްޕޭނެއް ކުރުމަށް ފަހު އެ ގޮނޑިއަށް ވާދަ ނުކުރުމަށް ނިންމި އެވެ. ސަރުކާރުން އޭރު ބުނި ގޮތުގައި އެއީ ފަހުގެ ދައުރެއްގައި ވާދަކުރުމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އދ. ގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ސެކިއުރިޓީ ކައުންސިލަށް ރާއްޖެ އިން ވާދަކުރި އެވެ. އެ އިންތިހާބުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ އިންޑޮނޭޝިއާ އެވެ. ރާއްޖެއަށް ލިބުނީ އެންމެ 46 ގައުމެއްގެ ތާއީދެވެ.

ބައިނަލްއަގްވާމީ މަޝްރަހުގައި އެކަހެރި ގައުމެއްގެ ގޮތުގައި ރާއްޖެ އޮއްވައި ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް އިބްރާހިމް މުހައްމަދު ސޯލުހުގެ ސަރުކާރުން ހާރިޖީ ސިޔާސަތަށް ބޮޑު ބަދަލުތަކެއް ގެނެސް، ގުޅުންތައް އަލުން ވަނީ އިޔާދަކޮށްފަ އެވެ. އަދި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ހާރިޖީ ސިޔާސަތުގެ މައި ތަނބެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެގޮތުން، އދ. ގެ އެންމެ ޝަރަފުވެރި އެއް މަގާމު ކަމަށްވާ އާންމު މަޖިލީހުގެ ރިޔާސަތު ނިމިގެންދިޔަ ދައުރުގައި ފުރީ ރާއްޖެ އިންނެވެ. އެ މަގާމަށް ހޮވިވަޑައިގަތީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މީގެ ހަތަރު އަހަރު ކުރިން މާލޭގައި ހުންނަ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރ.މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާކޮށްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައި ކޯޓުން ނިންމީ އިއްޔެ އެވެ.
  • އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގާ މީހުންނަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބުގެ ދަރަޖަ ބޮޑު ކުރުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލު ބަލައިނުގަނެ ބޭރުކޮށްލީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު, 87 ގައި ހިފަހައްޓައި އެއަށްވުރެ އެ އަދަދު ގިނަ ނުވާނެ ގޮތް ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގާނޫނުއަސާސީ ބަދަލުކުރުމަށް ހުށަހެޅި ބިލު ބަލައިނުގަނެ ބޭރުކޮށްލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިހާބުވުމާ ގުޅިގެން "އަދަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ:

[ރައީސް ޔާމީންގެ ސަރުކާރުން] ސެކިއުރިޓީ ކައުންސިލަށް ވާދަކޮށް ލިބުނީ 40 އަކަށް ވޯޓު. މުޅި ދުނިޔޭގެ 193 ގައުމުގެ ތެރެއިން ރާއްޖެއަށް ލިބުނީ 40 އަކަށް ވޯޓު. އެއީ ލަދުވެތިކަމެއް. އަޅުގަނޑުމެން ކަހަލަ ގައުމަކަށް އެއަށްވުރެ މާ ބޮޑެތި ކާމިޔާބީ ހޯދޭނެ،

ދުވަހުގެ ފޮޓޯ

އެމްއެންޔޫ ފޮތް މައުރަޒުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނަކި ދިރާސާކުރައްވައި ލިޔުންތެރިކަމަށް ހާއްސަ ޝައުގެއް ބަހައްޓަވާ ބޭފުޅެއް. އެމްއެންޔޫގެ ފޮތް މައުރަޒުގައި ތަފާތު ގިނަ ވައްތަރުގެ ފޮތް ލިބެން ހުންނާނެ --- ފޮޓޯ: މަޖިލިސް އިދާރާ
އެމްއެންޔޫ ފޮތް މައުރަޒުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނަކި ދިރާސާކުރައްވައި ލިޔުންތެރިކަމަށް ހާއްސަ ޝައުގެއް ބަހައްޓަވާ ބޭފުޅެއް. އެމްއެންޔޫގެ ފޮތް މައުރަޒުގައި ތަފާތު ގިނަ ވައްތަރުގެ ފޮތް ލިބެން ހުންނާނެ --- ފޮޓޯ: މަޖިލިސް އިދާރާ

އެމްއެންޔޫ ފޮތް މައުރަޒުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނަކި ދިރާސާކުރައްވައި ލިޔުންތެރިކަމަށް ހާއްސަ ޝައުގެއް ބަހައްޓަވާ ބޭފުޅެއް. އެމްއެންޔޫގެ ފޮތް މައުރަޒުގައި ތަފާތު ގިނަ ވައްތަރުގެ ފޮތް ލިބެން ހުންނާނެ --- ފޮޓޯ: މަޖިލިސް އިދާރާ

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox