ހުލާސާކޮށް އިއްޔެ: ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގެ ހުކުމާ ހަމައަށް

ގާސިމް މަރާލި މައްސަލާގައި ދައުވާކުރާ އަދުހަމް؛ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހަށް ތާވަލުކޮށްފި

ގާސިމް މަރާލި މައްސަލާގައި ދައުވާކުރާ އަދުހަމް؛ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހަށް ތާވަލުކޮށްފި

ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށް ކުރާ ދައުވާގެ ހުކުމް އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އަދުހަމް ވަނީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެފަ އެވެ. ފަހުން ފުލުހުން އަނިޔާކުރީ ކަމަށް ބުނެ ކުށަށް އިންކާރު ކުރި އެވެ.

އެއަށް ފަހު ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވި ނަމަވެސް އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އަދުހަމް ބުނެފައިވެ އެވެ. އޭރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ކަމަށް ވެސް އަދުހަމް ބުންޏެވެ.

އެހެންކަމުން ޝަރީއަތް އިތުރަށް ކުރިއަށް ގެންދިޔައީ ގަސްތުގައި މަރާލި ކަން ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމަށެވެ. އެ ކަން ވަޒަން ކުރަން، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާއިރު މިއަދު ކުރިއަށް ގެންދިޔައީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ.

ހުލާސާ ބަޔާނަކީ، ހުކުމް ކަނޑައެޅުމުގެ ކުރިއަށް މުޅި ޝަރީއަތުގައި ކޮންމެ ހަސްމަކަށް ފާހަގަ ކުރެވުނު ކަންކަމުގެ ބިނާކޮށް ހުށަހަޅާ ބަޔާނެކެވެ.

ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރި ކަމަކީ އަދުހަމް މަސްތުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމާއި ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ފޭރިގެން އެކަން ކުރުމަށް ރާވަމުން ދިޔަ ކެމެވެ.

އެހެންވެ އޭނަގެ މައްޗަށް ގަސްތު މަރު ސާބިތުވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އަދުހަމަށް ދައުލަތުން ހަމަޖައްސާފައިވާ ދިފާއީ ވަކީލު ހުލާސާ ބަޔާން އިއްވަވަމުން ވިދާޅުވީ އަދުހަމްގެ ނިޔަތް އޮތީ ފޭރުމަށް ކަމަށާއި ގަސްތުގައި މީހަކު މެރުމުގެ ނިޔަތް ނެތް ކަމަށެވެ.

ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުން މި އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހަށް ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން، ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ. ނަމަވެސް ބައެއް ފަހަރު އެކި ސަބަބުތަކާ ހުރެ އެއަށް ވުރެ މާ ފަހުން ވެސް މައްސަލަތަކުގައި ހުކުމް ކޮށްފައިވެ އެވެ. މި މައްސަލާގައި ދިން ތާރީހަކީ ވެސް 30 ދުވަހަށް ވުރެ ފަހުގެ ތާރީހެކެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ. އަދި ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވުމާއެކު ދައުވާ އުފުލިގެން ދިޔަ އެވެ.

ގާސިމްއަކީ އދ. މާމިގިލީ މީހެކެެވެ. ޑްރައިވަރު ގާސިމް މަރާލިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

އަދުހަމަކީ މަސްތުވާތަކެއްޗާއި ކުށުގެ ރެކޯޑު އޮތް މީހެކެވެ. ގާސިމް މަރާލި ދުވަހު ވެސް އޭނާ އުޅުނީ މަސްތުވާތަކެތި ގަންނަން ބޭނުންވާ ފައިސާ ހޯދަން ފޭރުމާއި ވައްކަމުގެ ކަމެއް ކުރުމަށެވެ. އެ ދުވަހު އޭނާ ވަޅިއެއް ހޯދީ ވެސް މީހަކަށް ބިރު ދައްކައިގެން ފައިސާ ފޭރުމުގެ ބޭނުމުގަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތަކެއް ކުރުމަށް ކުރިއަށް ގެންދިޔަ ނެކްޓަން މޯލްޑިވްސް އިން ބޭނުންކުރި މައި އުޅަނދު އޮޑީސީ އަށް އެޅި ތެލަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި އޮތުމުން، ކޯޓު އަމުރަކުން އެެ ބޯޓް ހިފެއްޓި އިރު، އެބޯޓް އޮތީ ނެކްޓަންގެ ޒިންމާއަކު ނޫން ކަމަށް އެ މިޝަނުން ހާމަކުރީ އިއްޔެ އެވެ.
  • ހުޅުމާލެ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގައި މެންޓަލް ހެލްތު ސެންޓަރެއް ހުޅުވީ އިއްޔެ އެވެ.
  • ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރުމުން، އެ ކުންފުނިން ނެދަލޭންޑްސް އާބިޓްރޭޝަނަށް ވެއްދި މައްސަލާގައި, މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާނެއް ދިނުމުގެ ދައުވާ ފުރިހަމަނުވާ ކަމުގެ ބަހުސް ހައި ކޯޓުގައި ފެށީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ސިއްހީ ދާއިރާގައި ދިރާސާތައް އިތުރުވާން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ހާމަކުރައްވަމުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ:

އަޅުގަނޑު ކޮށްދޭން ޖެހޭ ކަމަކީ ދިރާސާ ކުރުމަށް ބޭނުންވާ ފައިނޭންޝަލް އެހީ ދިނުން. ފަނޑެއްވެސް އެބަ އޮތް. އެ ފަންޑުން އެއްވެސް ބޭނުމެއް ނުކުރެވި އެ އޮންނަނީ. އޭގެ ބަދަލުގައި އެ ފަންޑުންވެސް ބޭނުން ހިފަންވީ. ދިރާސާ ކުރާ މީހުންނާ ދިރާސާ ކުރުމަށް މަސައްކަތް ކުރުމަށް މަގުފަހިކޮށްދޭ މީހުންނަށް އެހީވެސް އަޅުގަނޑުމެން ފޯރުކޮށްދޭނަން،

ދުވަހުގެ ފޮޓޯ

މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޕީޕީއެމްއިން މަސްމާރުކޭޓް ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން. ގިނަ އަދަދެއްގެ ފުލުހުން އެއްވެ މުޒާހަރާ ރޫޅާލިއިރު 10 މީހުން ހައްޔަރުކުރި. ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ހުއްދަ ނުހޯދައި މާލޭގައި މިހާރު މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަަހައްދުގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޕީޕީއެމްއިން މަސްމާރުކޭޓް ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން. ގިނަ އަދަދެއްގެ ފުލުހުން އެއްވެ މުޒާހަރާ ރޫޅާލިއިރު 10 މީހުން ހައްޔަރުކުރި. ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ހުއްދަ ނުހޯދައި މާލޭގައި މިހާރު މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަަހައްދުގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޕީޕީއެމްއިން މަސްމާރުކޭޓް ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން. ގިނަ އަދަދެއްގެ ފުލުހުން އެއްވެ މުޒާހަރާ ރޫޅާލިއިރު 10 މީހުން ހައްޔަރުކުރި. ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ހުއްދަ ނުހޯދައި މާލޭގައި މިހާރު މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަަހައްދުގައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox