ޓެކްސީ ޑްރައިވަރު ގާސިމް މަރާލި މައްސަލައިގެ ހުކުމް ކުރުން އަންނަ މަހު

ގާސިމް މަރާލި މައްސަލާގައި ދައުވާކުރާ އަދުހަމް؛ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހަށް ތާވަލުކޮށްފި

ގާސިމް މަރާލި މައްސަލާގައި ދައުވާކުރާ އަދުހަމް؛ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހަށް ތާވަލުކޮށްފި

ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, ގެ މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދަށް ކުރާ ދައުވާގެ ހުކުމް އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އަދުހަމް ވަނީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެފަ އެވެ. ފަހުން ފުލުހުން އަނިޔާކުރީ ކަމަށް ބުނެ ކުށަށް އިންކާރު ކުރި އެވެ.

އެއަށް ފަހު ޝަރީއަތުގައި އޭނާ ކުށަށް އިއުތިރާފުވި ނަމަވެސް އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށް އަދުހަމް ބުނެފައިވެ އެވެ. އޭރު އޭނާ ހުރީ މަސްތުވާތަކެތި ބޭނުންކޮށްގެން މަސްތުގެ ހާލަތުގައި ކަމަށް ވެސް އަދުހަމް ބުންޏެވެ.

އެހެންކަމުން ޝަރީއަތް އިތުރަށް ކުރިއަށް ގެންދިޔައީ ގަސްތުގައި މަރާލި ކަން ސާބިތުވޭތޯ ނުވަތަ ނުވޭތޯ ވަޒަން ކުރުމަށެވެ. އެ ކަން ވަޒަން ކުރަން، ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާއިރު މިއަދު ކުރިއަށް ގެންދިޔައީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ.

ހުލާސާ ބަޔާނަކީ، ހުކުމް ކަނޑައެޅުމުގެ ކުރިއަށް މުޅި ޝަރީއަތުގައި ކޮންމެ ހަސްމަކަށް ފާހަގަ ކުރެވުނު ކަންކަމުގެ ބިނާކޮށް ހުށަހަޅާ ބަޔާނެކެވެ.

ދައުލަތުން ހުށަހެޅި ހުލާސާ ބަޔާނުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކުރި ކަމަކީ އަދުހަމް މަސްތުވީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ކަމާއި ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ފޭރިގެން އެކަން ކުރުމަށް ރާވަމުން ދިޔަ ކެމެވެ.

އެހެންވެ އޭނަގެ މައްޗަށް ގަސްތު މަރު ސާބިތުވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އަދުހަމަށް ދައުލަތުން ހަމަޖައްސާފައިވާ ދިފާއީ ވަކީލު ހުލާސާ ބަޔާން އިއްވަވަމުން ވިދާޅުވީ އަދުހަމްގެ ނިޔަތް އޮތީ ފޭރުމަށް ކަމަށާއި ގަސްތުގައި މީހަކު މެރުމުގެ ނިޔަތް ނެތް ކަމަށެވެ.

ދެ ފަރާތުން ހުލާސާ ބަޔާން އިއްވައި ނިމުމުން، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ. އެ އަޑުއެހުން މި އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހަށް ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ ގޮތުން، ހުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަން ޖެހެ އެވެ. ނަމަވެސް ބައެއް ފަހަރު އެކި ސަބަބުތަކާ ހުރެ އެއަށް ވުރެ މާ ފަހުން ވެސް މައްސަލަތަކުގައި ހުކުމް ކޮށްފައިވެ އެވެ. މި މައްސަލާގައި ދިން ތާރީހަކީ ވެސް 30 ދުވަހަށް ވުރެ ފަހުގެ ތާރީހެކެވެ.

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލާފައި އޮއްވާ ފެނުނީ ޑިސެމްބަރު 4، 2019 ވަނަ ދުވަހެވެ. މި މައްސަލައިގައި އަދުހަމް ހައްޔަރު ކޮށްފައި ވަނީ އޭގެ 15 ދުވަސް ފަހުން ޑިސެމްބަރު 15، 2019 ގައެވެ. އަދި ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވުމާއެކު ދައުވާ އުފުލިގެން ދިޔަ އެވެ.

ގާސިމްއަކީ އދ. މާމިގިލީ މީހެކެެވެ. ޑްރައިވަރު ގާސިމް މަރާލިއިރު އުމުރުން 59 އަހަރެވެ. އޭރު އަނބިމީހާއާއި ފަސް ދަރިން ދުނިޔޭގައި ތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

އަދުހަމަކީ މަސްތުވާތަކެއްޗާއި ކުށުގެ ރެކޯޑު އޮތް މީހެކެވެ. ގާސިމް މަރާލި ދުވަހު ވެސް އޭނާ އުޅުނީ މަސްތުވާތަކެތި ގަންނަން ބޭނުންވާ ފައިސާ ހޯދަން ފޭރުމާއި ވައްކަމުގެ ކަމެއް ކުރުމަށެވެ. އެ ދުވަހު އޭނާ ވަޅިއެއް ހޯދީ ވެސް މީހަކަށް ބިރު ދައްކައިގެން ފައިސާ ފޭރުމުގެ ބޭނުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox