މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރަމުންދިޔަ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، ހެންވޭރު ތުއްރަވާސް ގޯޅިން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު, މަސްތުވާތަކެތި ޓްރެފިކް ކުރާ މީހެއް ކަމުގައި ބެލޭ މިންގަނޑަށް ފެތޭވަރަށް އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.













