ވައްކަމާއި މަސްތުވާތަކެތީގެ ތުހުމަތާއެކު ޝަރީފާއި ޖާބިރުގެ ހޫނު ޒުވާބެއް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު--

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު--

ރައްޔިތުންގެ މަޖިލީހުގައި ވައްކަން ކޮށްގެން ތިއްބެވި 16 މެންބަރުން ތިއްބެވި ކަމަށާއި އޭގެ ތެރޭގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރެއްވުމުން ދެ މެންބަރުން މަޖިލިސް ތަޅުމުގައި "ޒުވާބު" ކޮށްފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަނޑިޔާރުންގެ ގާނޫނު ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ "ވައްކަން ކޮށްގެން ތިބި މެންބަރުން" ތިބި މަޖިލީހަކުން ފަނޑިޔާރުގޭގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށެވެ.

"ވަގުންގެ ލިސްޓަކީ ކޮބައިތޯއޭ، އެއީ ކޮން ރަށެއްގެ ކޮން ދާއިރާއެއްގެ މެންބަރުތޯއޭ، އައްޑޫ އަތޮޅު މެންބަރު ޝަރީފް 88 މިލިއަން ރުފިޔާ ވިއްޔާއޭ ނެގީ، ތަންކޮޅެއް ބޮޑުވަރެއް ނޫންތޯއޭ، ކުލި ނުދެއްކިގެން މީހުން މިއުޅެނީ،" ޝަރީފަށް ބޮޑު ތުހުމަތެއް ކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ކުރެއްވި ތުހުމަތުގައި އިޝާރާތް ކުރެއްވީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނުކަމަށް މަޖިލީހުން އެކުލަވާލި ލިސްޓުގައި ހިމެނޭ މަޖިލީހުގައި މިހާރު ތިބި 16 މެމްބަރުންނަށެވެ.

އޭގެ ތެރޭގައި ޝަރީފާއެކު މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ ހަތަރު މެމްބަރުން ހިމެނެ އެވެ.

ޖާބިރުގެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އޭނާގެ ވާހަކަ ހުއްޓުވައި، މުޅި މަޖިލީހަށް ތުހުމަތުވާ ގޮތަށް އެފަދަ ވާހަކަތައް ދެއްކުމަކީ ގަވަައިދު ތަން ދޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އނަމަވެސް، ޝަރީފަށް ކުރެއްވި ތުހުމަތުތައް ތަކުރާރުކުރައްވަމުން ޖާބިރު ވަނީ ޝަރީފް މަޖިލީހުން ބޭރުކޮށްގެން ނޫނީ މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެ ތަޅުން ދޫކުރައްވައި ބޭރަށް ވަޑައިގެންފަ އެވެ.

ޖާބިރުގެ ވާހަކައާ ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައި ޝަރީފް ވެސް ވަނީ ޖާބިރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.

"ރާއްޖޭގައި އުފެދުނު ފުރަތަމަ އަލަމްގީރު، ދިވެހިރާއްޖެއިން ވައްކަން ކޮށްގެން ފުރަތަމަ ފަހަރަށް މި މަޖިލީހުގައި އަރުވާލަފައި ހުރި ހަމައެކަނި އިއްޒަތްތެރި މެންބަރު،" ވަރަށް ބޮޑަށް ހިތްހަމަނުޖެހިވަޑައިގެން ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ ޖާބިރަށް މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ ތުހުމަތު ވެސް ކުރައްވާފަ އެވެ.

ދެ މެންބަރުންގެ ޒުވާބު ހޫނުވުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވެސް އަދި ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ވެސް މި މަޖިލިސް ދޫކޮށް ވަޑައިގަންނަވަން އަޅުގަނޑަށް ދަންނަވަން ޖެހޭނެ އިއްޒަތްތެރި މެންބަރުން ތި މޭރުމުން ބަހުސް ކުރިއަށް ގެންދަވާ ކަމަށް ވަންޏާ،" ނަޝީދު ވިދާޅުވި އެވެ.

ދެ މެންބަރުންގެ ތުހުމަތުތަކާ ގުޅިގެން މަޖިލީހުގެ އެހެން ބައެއް މެންބަރުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން ނިޒާމީ ނުކުތާއެއް ނަންގަވައި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވީ ދެ މެންބަރުން ދައްކަވަމުން ގެންދަވަނީ މަޖިލީހަށް "ކުޅަދާނަވެގެންވާފަދަ" ވާހަކަތަކެއް ނޫން ކަމަށެވެ.

ސަނީފްގެ ނިޒާމީ ނުކުތާ ބަލައިގަނެ، ނަޝީދު ވަނީ ބަހުސްގައި މެންބަރުންގެ ބޭއަދަބީ ވާހަކަތަކާއި ޒާތީ ވާހަކަތައް ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox