މުޖުތަމައުގައި އޯގާތެރިކަމާއި ކުލުނު ނެތިދާނަމަ ނަފްސާނީ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު: ނަސީމް

ސެންޓްރަލް ޕާކުގައި ބޭއްވި މެންޓަލް ހެލްތް އޯޕަން ޑޭގައި ހެލްތްު މިނިސްޓަރު ނަސީމާއި، ޕަބްލިކް ހެލްތުގެ ޑީޖޭ މައިމޫނާ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ސެންޓްރަލް ޕާކުގައި ބޭއްވި މެންޓަލް ހެލްތް އޯޕަން ޑޭގައި ހެލްތްު މިނިސްޓަރު ނަސީމާއި، ޕަބްލިކް ހެލްތުގެ ޑީޖޭ މައިމޫނާ -- ފޮޓޯ: ހެލްތު މިނިސްޓްރީ

ނަފްސާނީ ބަލި ތަހައްމަލު ނުކުރި ނަމަވެސް މުޖުތަމައު ތެރޭގައި އޯގާތެރިކަމާއި ކުލުނު ނެތި ދާނަމަ އެފަދަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ވެގެންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ނަފްސާނީ ދުޅާހެޔޮކަމުގެ ދުވަސް ފާހަގަކުރުމަށް އެޗްޕީއޭއިން އިންތިޒާމުކޮށްގެން އިއްޔެ ސެންޓްރަލް ޕާކުގައި ބޭއްވި މެންޓަލް ހެލްތު އޯޕަން ޑޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރާ މީހުންނާ މެދު މުޖުތަމައުގައި ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ނަފްސާނީ ސިއްހަތާ ދޭތެރޭ އޮންނަ 'ސްޓިގްމާ'ގެ ސަބަބުން އެހީތެރިކަމަށް އެދެން ޖެހިލުންވާ މީހުން އިންތިހާއަށް ގިނަ" އެންމެނަށް ރައްކާތެރި، އެހީތެރިކަމަށް އެދެވޭނެ މާހައުލެއް މުޖުތަމައުގައި އުފެއްދުމުގެ އަމާޒު ހިފަންޖެހޭކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވި އެވެ.

Advertisement

އޭނާ ވިދާޅުވީ ޖިސްމާނީ ގޮތުން ބަލިވުމުން ފަރުވާ ބޭނުންވާ ފަދައިން ނަފްސާނީ ގޮތުން ބަލިވުމުން ވެސް އޯގާތެރިކަމާއި އަޅާލުން ބޭނުންވާ ކަމަށެވެ. އަދި، މުޖުތަމައަކީ އެކަކު އަނެކަކަށް އަޅާލަ، އޯގާތެރި މުޖުތަމައަކަށް ވާންޖެހޭ ކަމަށާއި، މުޖުތަމައު ތެރޭގައި އޯގާތެރިކަމާއި ކުލުނު ނެތިދާނަމަ ނަފްސާނީ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ނަފްސާނީގޮތުން ދުޅަހެޔޮ އަދި އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް އާއިލާގެ ދައުރު ވަރަށް ބޮޑު ކަމަށާއި، މުޖުތަމައުގައި ވަމުންދާ ރަނގަޅު ކަންތައްތަކާއި އިއާދަ ކުރަން ބޭނުންވާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ނެތެމުންދާ ރަނަގޅު އާދަކާދަތައް ދަރިންގެ ކިބައިގައި އަށަގެންނެވުމުގެ މަސައްކަތްކޮށް އެކަމަށް ބާރުއެޅުން މުހިންމު ކަމަށެވެ.

އަދި، ރަހުމަތްތެރިންނާއި، ގާތް ތިމާގެ މީހުންނާއި، އެކުގައި މަސައްކަތްކުރާ މީހުންނާއި، އަވައްޓެރިންނާ ގުޅުން ބަދަހި ކުރާއިރު އޯގާތެރިކަމާއި ލޯބި އިސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް މަގުމަތީގައި ހިނގާބިނގާވެ އުޅުމަކީ މިއަދު ޖިސްމާނީ އަދި ނަފްސާނީގޮތުން ވެސް އުނދަގޫ ކަމެއްކަން ފާހަގަކުރައްވާ ނަސީމް ވިދާޅުވީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެކި ކަހަލަ ނާޒުކު ހާލަތްތަކަށް ހުށަހެޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއްދީ، އެމީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ މުޖުތަމައެއްގެ ގޮތުން އަޅުގަނޑުމެއް އެންމެންގެ ވެސް ޒިންމާއެއް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން، "ސިއްހަތު" މާނަ ކޮށްފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން އޭގެ ތެރޭގައި ހިމެނޭގޮތަށް ކަމަށެވެ. އަދި ކޮވިޑް-19 ޕެންޑެމިކް ތެރޭގައި ނަފްސާނީ ސިއްހަތުގެ ބަލިތައް ތަހައްމަލު ކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް މަތިވެފައިވާއިރު، ޑަބްލިއުއެޗްއޯއިން ނަފްސާނީ ދުޅަހެޔޮކަން ކަނޑައަޅާފައި ވަނީ 'ގްލޯބަލް ޕްރަޔޯރިޓީ' އެއްގެ ގޮތުގައި ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox