އެމްޕީއެލް/އެފްއެސްއެމް ތެލުގެ ވައްކަމުގެ އަގު 28 މިލިއަން ރުފިޔާއަށް އަރާ

އެމްޕީއެލް/އެފްއެސްއެމް ތެލުގެ ވައްކަމުގެ އަގު 28 މިލިއަން ރުފިޔާއަށް އަރާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން ހިނގާފައިވާ ތެލުގެ ވައްކަމުން ގެއްލުނު ފައިސާގެ އަދަދު 28.31 މިލިއަން ރުފިޔާއަށް އަރާކަމަށް އެ ހިޔާނާތާ ގުޅިގެން އޮޑިޓު އޮފީހުން ހެދި ހާއްސަ އޮޑިޓުގައި ބުނެފި އެވެ.

މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލްއިން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ގަތް ޑީސަލްގެ ތެރެއިން ބޮޑު ހިޔާނާތެއް ވަނީ ހިންގައިފަ އެވެ.

އެކަމަށް އޮޑިޓު އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ، އެ މުއްދަތުގެ ތެރޭގައި 8.85 ލީޓަރުގެ ޑީސަލް އޮޕަރޭޝަންތަކަށް ބޭނުންވެގެން ގަނެފައިވާ ކަމަށެވެ. ނަމަވެސް، އެމްޕީއެލްއިން ޑީސަލް ގަނެފައިވާ ރޭޓަށް ބަލާއިރު، އުޅަނދުތަކާއި ޖަނަރޭޓަރުތަކަށް ބޭނުންނުކޮށް، 2.82 މިލިއަން ލީޓަރުގެ ޑީސަލް ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

މިއީ، އެ މުއްދަތުގައި ޖުމްލަކޮށް ގަތް ލީޓަރުގެ 31.9 ޕަސަންޓު ކަން ފާހަގަކޮށްފައިވާއިރު، ހިޔާނާތުގެ ތެރެއިން ގެއްލިގެންދިޔަ ޑީސަލްގެ އަގު 28.31 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޮޑިޓުން ދައްކަ އެވެ.

މިގޮތުން، ބަނދަރުގެ އޮޕަރޭޝަންސްގައި ބޭނުންކުރާ ޖަނަރޭޓަރުތަކާއި ޓަގު ބޯޓުތައް އަދި އާރުޓީޖީ ކްރޭންތަކުން ގެއްލުނު ޑީސަލްގެ އަދަދުތައް އޮޑިޓު ރިޕޯޓުގައި ވަނީ ވަކީން ފާހަގަކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޑީސަލް ސަޕްލައި ކުރަން ގިނަ އަދަދެއްގެ ޑެލިވަރީ ނޯޓުތަކާއި ޕާޗޭސް ވައުޗަރުތައް ވަނީ ފޯޖުކޮށްފަ އެވެ. އަދި ޑީސަލް ގެނައުމުން ޖަނަރޭޓަރުތަކާއި ކްރޭންތަކުގެ އިތުރުން ޓަގު ބޯޓުތަކަށް ތެޔޮ އަޅާފައިނުވާ ކަމަށް ބުނެފައިވެ އެވެ.

ހިޔާނަތް ހިންގުމާ ގުޅިގެން އެމްޕީއެލްގެ އިންޓާނަލް އޮޑިޓްގެ ރަނގަޅު ޓީމެއް އެކުލަވާލައިގެން އެކަން ބެލުމަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް އޮޑިޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އޭގެއިތުރުން, މި ހިޔާނާތް ހިންގުމުގައި އެމްޕީއެލް އާއި އެފްއެސްއެމްގެ މުވައްޒަފުންގެ ތެރެއިން ބައިވެރިވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް ޓަކައި، މި މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ފުލުހުންނަށް ހުށަހެޅުމަށް ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

އަދި ހިޔާނާތުގެ ތެރެއިން ގެއްލިފައިވާ ތެލުގެ ގެއްލުމުގެ ބަދަލު މި ހިޔާނާތުގެ ބައިވެރިންގެ އަތުން ހޯދުމަށް ވެސް އޮޑިޓު އޮފީހުން ދިން ލަފާގެ ތެރޭގައި ހިމެނެ އެވެ.

މީގެ އިތުރުން، މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެމްޕީއެލްއަށް ތެޔޮ ގަތުމުގައި އަމަލުކުރާ އުސޫލުތައް ވެސް އިތުރަށް ހަރުދަނާކުރަން ލަފާދީފައިވެ އެވެ.

އެމްޕީއެލް އާއި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މުވައްޒަފުންތަކެއް ބައިވެރިވެގެން ކުރި މި ވައްކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތިވެގެންދިޔައީ ކޮވިޑް ލޮކްޑައުންގެ ތެރޭގައި އެ ކުންފުނީގެ އޮޕަރޭޝަންތައް މަޑުޖައްސާލުމުން ވެސް ތެލުގެ ހަރަދުތައް ކުޑަ ނުވުމުން ބެލި ބެލުމުގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox