ހުލާސާކޮށް އިއްޔެ: ޔާމީނާ ދެކޮޅަށް ދައުލަތުން އާ ހެކިތަކެއް

ހުލާސާކޮށް އިއްޔެ: ޔާމީނާ ދެކޮޅަށް ދައުލަތުން އާ ހެކިތަކެއް

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް، ކުރީގެ ސަރުކާރުގެ އިކޮނޮމިކް ޔޫތު ކައުންސިލްގެ ލިޔުންތަކެއް އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހާޒިރީ އާ ހެކީގެ ގޮތުގައި ހުށަހަޅަން ދައުލަތުން އެދުނީ އިއްޔެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

އިއްޔެއަށް ތާވަލުކުރީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ނަމަވެސް ދައުލަތުންނާއި ދިފާއުން ވެސް ވަނީ އޭގެ ކުރިއަށް ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އެއީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު، މިއަދުގެ އަޑުއެހުމުގެ ކުރިއަށް ލިޔުމުން ހުށަހެޅި ހުށަހެޅުންތަކެކެވެ.

އެ ގޮތުން ދައުލަތުން ހުށަހެޅީ އާ ހެކިތަކެއް ހުށަހެޅުމަށެވެ. އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ނަރީޝް ވަޒީފާ އަދާކުރި ތަނުގެ ހާޒިރީ އާއި، އޭރުގެ ވަޒީރުންގެ ކެބިނެޓްގެ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވި ގޮތުގައި އެ ހެކިތައް ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަހުން ހާމަވާ ހެކިތައް ހުށަހެޅުމަށް އޮންނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ މައުލޫމާތު ހާމަކޮށްފައި ނުވާއިރު ކުރިން ހާމަކޮށްފައި ނެތް މައުލމާތުތަކެއް ލިބިފައިވާ ކަމަށް ދައުލަތުން ފާހަގަ ކުރެ އެވެ. އެހެންވެ އާ ހެކިތައް ހުށަހެޅީ އެ މައުލޫމާތުތަކުގެ ސައްހަކަން އޮތް ވަރު ސާފު ކުރުމަށް ކަމަށް ދައުލަތުން ބުންޏެވެ.

މިކަމަށް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް ވަނީ އިއުތިރާޒުކޮށްފަ އެވެ.

ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އޭގައި ފަހުން ހާމަވެފައިވާ ހެއްކެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކަކީ އޭގެ ޒާތުގައި ދައުވާ ފޯމާއެކު ދައުލަތުން ހުށަހަޅަން ޖެހޭ ހެކިތަކެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވެސް ފާހަގަ ކުރެއްވީ އެ ނުކުތާ އެވެ. އޭނާ ވިދާޅުވީ ދައުވާކުރިއިރު ވެސް ދައުލަތަށް ހުށަހެޅޭނެ ހެކިތަކެއް މާ ފަހުން ހުށަހެޅިދާނެ ކަމަށް ގަބޫލުކުރެވުމަކީ އެ ފުރުސަތު ދެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މައްސަލައާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އާ ހެކިތައް ބަލައިގަތުމާ މެދު ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެ އަޑުއެހުން މި އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދި އެ އަޑުއެހުމަށް ގާޒީ ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވެގެން އައުމަށް ގާޒީ އެންގެވި އެވެ.

ދިފާއުން އެދިފައިވަނީ 13 ހެކިން ދީފައިވާ ހެކިބަހުގެ ލިޔެކިއުން ދޫކޮށްދިނުމަށެވެ. އެއީ ހެކިންގެ ބަޔާންތަކެއް ނުވަތަ އޭގެ ރެކޯޑިން ލިބިފައި ނެތް ކަމަށެވެ އެ ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރިޔަސް، ޔޫޓިއުބަކީ ރަސްމީ އެއްޗެއް ނޫން ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ދިފާއުން އެދިފައިވާ ހައްގެއް ދޭން ޖެހޭނަމަ ދޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ. އަދި އިޖުރާއަތާ ހިލާފު އެއްވެސް ކަމެއް ޝަރީއަތުގައި ނުހިންގަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ޓުއަރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި, ކުރީގެ މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ހަ ދައުވާ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވައިލީ، ފަހުން އެ މައްސަލަ ހުށަހެޅޭ ގޮތަށްކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ހދ. ނޭކުރެންދޫގައި އަޅަން ސަރުކާރުން ވައުދުވެފައިވާ ޖަލުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނުނިންމޭނެ ކަމަށް ހޯމް މިނިސްޓްރީން އެންމެ ފަހުން އެއްބަސްވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ސްޓެލްކޯއަށް ދައްކަން ޖެހޭ 80 މިލިއަން ރުފިޔާ ހުރި ކަމަށް އެ ކުންފުނިން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރަށްރަށުގެ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ބޭއްވުން މަދުކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ހާމަކުރައްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ:

ޑަބްލިއުޑީސީ އިންތިހާބަކަށް ހަރަދުކުރަނީ އެއް ލައްކަ ފަސްދޮޅަސް ހާސް ރުފިޔާ، އެއީ ގާތްގަނޑަކަށް މިތާނގެ ސައިގެ ހަރަދު، ޑިމޮކްރެޓިކް އެކްސަސައިޒެއް އިންތިހާބަކީ. އަދި މި ހަރަކާތް ގިނައިން ހިންގި ވަރަކަށް ރައްޔިތުން އަހުލުވެރިވޭ ޑިމޮކްރެސީއަށް

ދުވަހުގެ ފޮޓޯ

އިއްޔެ ހެނދުނު ހިރިޔާ ސްކޫލްގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން. މުދައްރިސުން ސްކޫލަށް އައީ އެ ސްކޫލު ބޭންޑުގެ ހާއްސަ ޕެރޭޑްގެ ފަހަތުން. ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް އެ ސްކޫލުން ބޭއްވި --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު
އިއްޔެ ހެނދުނު ހިރިޔާ ސްކޫލްގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން. މުދައްރިސުން ސްކޫލަށް އައީ އެ ސްކޫލު ބޭންޑުގެ ހާއްސަ ޕެރޭޑްގެ ފަހަތުން. ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް އެ ސްކޫލުން ބޭއްވި --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

އިއްޔެ ހެނދުނު ހިރިޔާ ސްކޫލްގައި މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ ތެރެއިން. މުދައްރިސުން ސްކޫލަށް އައީ އެ ސްކޫލު ބޭންޑުގެ ހާއްސަ ޕެރޭޑްގެ ފަހަތުން. ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް އެ ސްކޫލުން ބޭއްވި --- ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox