ޕީއެސްއެމްގެ އިންޓާނަލް އޮޑިޓު ޑިޕާޓްމެންޓް އުވާލީ ފިނޭންސާއި ޕީސީބީގެ ލަފަޔަކާ ނުލާ

ޕީއެސްއެމް އޮފީސް އިމާރާތް: އެތަނުގެ އިންޓާނަލް އޮޑިޓު ޑިޕާޓްމެންޓް އުވާލީ މިނިސްޓްރީއާއި ޕީސީބީގެ ލަފަޔާ ނުލާ---

ޕީއެސްއެމް އޮފީސް އިމާރާތް: އެތަނުގެ އިންޓާނަލް އޮޑިޓު ޑިޕާޓްމެންޓް އުވާލީ މިނިސްޓްރީއާއި ޕީސީބީގެ ލަފަޔާ ނުލާ---

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންޓާނަލް އޮޑިޓް ޑިޕާޓްމެންޓު އުވާލީ ފިނޭންސް މިނިސްޓްރީއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ލަފަޔާ ނުލާ، ބޭރުގެ "އެކްސްޕާޓް އޮޕީނިއަން"ގެ މަތީން ކަމަށް އެ ކުންފުނީގެ އިސްވެރިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން އަންނަނީ ޕީއެސްއެމްގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވައިލި މައްސަަލަ ބަލަމުންނެވެ.

އެ ކޮމިޓީން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ކު ރީގެ އިންޓާނަލް ޗީފް އޮޑިޓަރު އަހުމަދު ފަޒީލު ވަނީ އެ ޑިޕާޓްމަންޓް އުވާލީ އެންޓަނާ މަޝްރޫއު އަލުން ފެށުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެމްޑީ މަސައްކަތް ކުރައްވާފައިވާ ކަމަށް އޮޑިޓް ރިޕޯޓެއްގައި ތުހުމަތު ކުރައްވާފަ އެވެ. އަދި، އެ ކުންފުނީގައި 100 މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް އޭނާ ތުހުމަތުކުރައްވާފައިވެ އެވެ.

އެ މައްސަލައިގައި ސުވާލުކުރުމަށް ޕީއެސްއެމްގެ އިސްވެރިން މިއަދު މަޖިލީހަށް ހާޒިރުކޮށްފައިވާއިރު، ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް ހިލްމީ ވިދާޅުވީ އޮޑިޓު ޑިޕާޓްމެންޓު އުވާލާފައިވަނީ އެ ތަނުން މާ ބޮޑު އެދެވޭ މަސައްކަތްތަކެއް ނުކުރެވިމ، ނަތީޖާތަކެއް ހާސިލްނުވާތީ ކަމަށެވެ.

"ޑިޕާޓްމެންޓް އުވާލަން ނިންމި މައިގަނޑު މައްސަލައަކީ އިންޓާނަލް އޮޑިޓް އޭގެ ފުރިހަމަ ގޮތުގައި، އަޅުގަނޑުމެންގެ ކުންފުންޏަށް ބޭނުންނުކުރޭތީވެ، އަޅުގަނޑުމެންގެ އެކްސްޕާޓް އޮޕީނިއަން ބޯޑަށް ހޯދައިފައި އެއަށް ފަހުގައި އުވާލާފައި ވާނީ،" ހިލްމީ ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ޑިޕާޓްމެންޓު އުވާލުމުގައި ފިނޭންސް މިނިސްޓްރީ އަދި ޕީސީބީގެ ލަފާ ހޯދާފައި ނުވާނެ ކަމަށް ކޮމިޓީ މެންބަރުން ތަކުރާރުކޮށް ސުވާލުކުރުމުން ހިލްމީ ވިދާޅުވެފައިވެ އެވެ.

މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ވިދާޅުވި ގޮތުގައި މިހާރުގެ މެނޭޖުމަންޓުން ހިންގާފައިވާ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނޯންނާނެ ކަމަށާއި އެފަދަ ކަމެއް އޮޑިޓުން ވެސް އަދި އޭސީސީން ވެސް ފާހަގަކޮށްފައި ނުވާ ކަމަށެވެ.

އަދި، އޮޑިޓުގައި ފާހަގަކޮށްފައިވާ ގިނަ ކަންކަމަކީ ކުރީގެ މެނޭޖުމަންޓުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ހާލިދާއި ހިލްމީ ވެސް ވަނީ ވިދާޅުވެފަ އެވެ.

އަޑިޕާކްގައި އެންޓަނާ ޖަހައި، މީޑިއަމް ވޭވް ދޫކުރަން ބޭނުންވާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ކުރީގެ ސަރުކާރުގެ ދުވަސްވަރު ހަވާލުކޮށްފައި އޮތީ އެ މަސައްކަތަށް ކުރިމަތިލި އެންމެ ގާބިލު ކުންފުންޏަކާ ނޫން ކަމަށާއި ލަންކާގެ ތާންތޫރީ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަވެސް އެ މަސައްކަތުގެ އެއްބަސްވުން ފަހުން އޮތީ ބާތިލުވެފައި ކަމަށް ވެސް ފަޒީލް ތުހުމަތު ކުރެއްވި އެވެ.

މި ތުހުމަތުތައް ހިމެނޭހެން ކޮރަޕްޝަންގެ ހުރިހާ ތުހުމަތުތައް ހިލްމީއާއި ހާލިދާ ދެ ބޭފުޅުން ވަނީ ދޮގުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox