ހުލާސާކޮށް އިއްޔެ: ހޮރަައިޒަންގެ މައްސަލާގައި ގިނަ މަޝްވަރާތަކެއް، ހައްލެއް ނުހޯދޭ

ހުލާސާކޮށް އިއްޔެ: ހޮރަައިޒަންގެ މައްސަލާގައި ގިނަ މަޝްވަރާތަކެއް، ހައްލެއް ނުހޯދޭ

ގދ. ހޯޑެއްދޫގައި މަސް ފެކްޓްރީ އަޅަން ހޮރައިޒަން ފިޝަރީޒްއަށް ދޫކޮށްފައިވާ ބިމުގައި މަސައްކަތް ނުކުރެވި ލަސްވާ މައްސަލާގައި އަމިއްލަ ކުންފުނިތަކަށް ސަރުކާރުތަކުން އެއްބާރުލުން ނުދޭ ކަމަށް ވިދާޅުވެ، އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުދާސްތައް ބަންޑުން ކޮށްލައިފި އެވެ.

މި މައްސަލަ ދިރާސާކުރަމުން އަންނަ އިގްތިސޯދީ ކޮމިޓީއަށް ގާސިމް އިއްޔެ ހާޒިރުވެފައިވަނީ ހޮރައިޒަންގެ ޗެއާމަންގެ ހައިސިއްޔަތުންނެވެ. ކޮމިޓީގެ މުގައްރިރު ވަނީ މީގެ ފަހުން މި މައްސަލައިގައި ކޮމިޓީ މެންބަރެއްގެ ހައިސިއްޔަތުން ބައިވެރިނުވެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"މައުމޫން ސަރުކާރަށް ފަހު އެއްވެސް ސަރުކާރަކުން މަސްވެރިކަން ކުރިއަރުވާކަށް އެއްވެސް މަސައްކަތެއް ނުކުރޭ އަނގަ ތެޅުން ފިޔަވައި، އެހެންނަމަވެސް މަސްވެރިންނަށް ނުއަގުގައި މަސް ލިބޭ ދައުލަތުގެ ބަޖެޓުން، ވޯޓު ހޯދުމުގެ ބޭނުމުގައި، އެހެން ވިޔަފާރިތަކަށް އެއްވެސް ހުރުމަތެއް ނުބަހައްޓާ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މައްސަލަ މިހާތަނަށް އައިސްފައި އޮތީ ހަމަ ކަނޑައެޅިގެން އިންވެސްޓަރުންނަށް "އަނިޔާވެރި" ވުމުގެ ސަބަބުން ކަމަށެވެ. އަދި، މިކަން ހައްލު ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ދުވަސްދުވަސްކޮޅުން މި މައްސަލަ މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ހުށަހަޅުއްވަނީ ސިޔާސީ މަގުސަދެއްގަ އެވެ.

"ކަން ނުކުރެވި ދިޔަ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ގެއްލުންވާ ގޮތަށް އެ މަސައްކަތް ކުރަން ޖެހުން، އެހެންނަމަވެސް އަޅުގަނޑުމެން ހުއްޓާނުލާ މަސައްކަތް ކުރިއަށް ގެންދިޔައީ ކުރަން، ދަނިކޮށް އެނގިވަޑައިގަންވާނެ 2012 ވަނަ އަހަރު ކިހިނެއް ކަން ވީ، އެ ތާ ރޯކޮށްލީ،" ގާސިމް ވިދާޅުވި އެވެ.

އެ ތަނުގައި ރޯކޮށްލުމުން 16 މިލިއަން ޑޮލަރުގެ މުދާ އަނދައިގެން ގޮސް، ބޮޑު ގެއްލުމެއް ވި ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހޯނޑެއްދޫގައި މަސް ފެކްޓަރީ ނޭޅުމުގައި އެންމެ ބޮޑު އިހުމާލެއް އޮތީ ސަރުކާރުތަކުގަ އެވެ.

"މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންގެ ފޯލްޓެއް ނޫނޭ، ސަރުކާރުން ކަނޑައެޅިގެން ވޯޓު ހޯދުމުގެ ބޭނުމުގައި، ކޮންމެ އިރެއްގައި ވެސް އޮންނަ ސަރުކާރުން މިކަން ކުރިޔަ ނުދީ ހިފަހައްޓަނީ، މިކަމަށް އެއްވެސް މަގުފަހިކޮށްދިނުމެއް ނެތި،" ގާސިމް ވިދާޅުވި އެވެ.

"ސަރުކާރާ ޗެލެންޖުކުރާކަށް ނެތިން، އެކަމަކު މަގޭ ހައްގު މަށަށް ދެއްވާށޭ،"

ގާސިމްގެ ދެން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ އިގްތިސޯދީ އެހެން ދާއިރާތަކަށް ސަރުކާރުތަކުން ދޭ އަހައްމިޔަތުކަން މަސްވެރިކަމުގެ ދާއިރާއަށް ނުދިނުމެވެ.

"ކަޅުބިލަމަހުގެ މަސްވެރިކަމޭ ބުނީމާ އެއްވެސް ބޭންކަކުން ވެސް ލާރިއެއް ނުދެނީ، ސަރުކާރުތަކުގައި އާދޭސްކުރިން އެތައް ފަހަރަކު، އަހަރުންނަށް ލޯނެއް ދޭށޭ، ދުވަހަކު ވެސް ސަރުކާރުން އަހަރުމެންނަށް ލޯނެއް ދީފައި ނޯންނާނެ، ފަސް މިލިއަން ޑޮލަރު ދޭށޭ ބުނީމާ ވެސް ނުދިން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާާރު މަސްކުންފުނި، މިފްކޯއަށް ދެމުން އަންނަ އެހީތަކާއި ލުއިތައް އަމިއްލަ ކުންފުނިތަކަށް ނުދޭތީ ވެސް ގާސިމް ޝަކުވާ ކުރެއްވި އެވެ.

"މިފްކޯއަށް ހަމަ [ލޯނު ވެސް] ދެއްވާ، އެ ބޭފުޅުން އަތުން އެއްވެސް ކުއްޔެއް ވެސް ނުނަންގަވާ، ހަމަ ސަރުކާރުން ކޮންމެ ފަހަރަކު ސަބްސިޑީ ދީގެން އެއް ކުންފުންޏެއް ތެރެއިން އަނެއް ކުންފުންޏެއް ތެރެއަށް ޖަހަމުން އައިސް އެސްޓީއޯ ވެސް ބޭންކުރަޕްޓުވީ،" ގާސިމް ވިދާޅުވި އެވެ.

އަދި، ރައްޔިތުންނަށް ހިއްސާ ވިއްކާފައި އޮތް ކުންފުންޏަކަށް ސަބްސިޑީ ދޭން ނުޖެހޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ފައިސާގެ އެހީ ނުދިންނަމަވެސް، އެހެނިހެން ކަންކަން ދާންވާނީ އެހެން ހުރިހާ ކުންފުންޏަކަށް ވެސް ދެމުން އަންނަ ގޮތަށެވެ.

"އެ މީހުންނަށް ހުރިހާ ބިމާ އެއްޗެހި ހިލޭ ދީފައި، އަޅުގަނޑުމެންނަށް ބިމަށް ލާރި ދައްކަން ޖައްސާފައި، އަނެއް ކަމެއް ޖައްސާފައި، އެ މީހުންނަކަށް މުއްދަތެއް ވެސް ނެތް، އަހަރަމެންނަށް މުއްދަތު ވެސް، އެކަމާ ވެސް ވިސްނަންވީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ކުއްޔަށް ލުއި ގޮތެއް ހޯދައިދިނުމަށް ފަހު، އެ ބިން 99 އަހަރަށް ދޫކުރުމަށް އެދިވަޑައިގެންފަ އެވެ.

މައްސަލައިގެ ފަސްފަހަތް

ހޯޑެއްދޫގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅައި މަަސްގަތުމުގެ މަސައްކަތް ފަށަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުން 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއާ އެކު އެއްބަސްވުމެއް ހެދީ 2005 ވަނަ އަހަރު އެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މަސައްކަތް ފުރަތަމަ ލަސްވީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުން ތިބޭނެ ވަގުތީ ތަނެއް އަޅަން އިތުރު ވަގުތު ބޭނުންވާތީ އާއި ދަގަނޑާއި ތެލުގެ އަގު ބޮޑުވުމުން މަސައްކަތުގެ ޖުމްލަ އަގު 30 ޕަސެންޓުން ބޮޑުވުމުންނެވެ. އެހެންވެ ހޮރައިޒަން އިން އިތުރު ވަގުތު ދޭން އެދުމުން، 2006 ގައި ނިންމަން ޖެހޭ އެ މަސައްކަތް 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިލަށް އިތުރުކޮށްދީފައިވާ ކަމަށް މިނިސްޓްރީގެ ރެކޯޑްތަކުން ދައްކާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ހުސައިން ވިދާޅުވި ގޮތުގައި ދެވަނަ ފަހަރަށް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދީފައި އޮތީ ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމެވެ. އެފަހަރު ހޮރައިޒަން އިން ބުނި ކަމަށް މިނިސްޓަރު ވިދާޅުވީ ވެލިފުނި ނުނެގޭތީ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމޭނެ ތާރީހެއް ލަފާކުރަން ދަތި ކަަމަށެވެ.

"އަޅުގަނޑުމެންގެ ލިޔެކިއުން ދައްކާ ގޮތުން ބަނދަރު ކޮނެގެން ނަގާ ވެލިތައް، ފުރަތަމަ ދެކެވުނު ވާހަކަތަކުގައި ޕްލޭނިން މިނިސްޓްރީން ބޭނުންފުޅުވީ ހޯޑެއްދުއާ ޖެހިގެން އޮތް މަޑަވެއްޔާ ދޭތެރެ ހިއްކުމަށް ބޭނުންކުރަން. އެކަމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް ވެސް ހިމެނޭ ގޮތަށް ޕްލޭނިން މިނިސްޓްރީއާ ވާހަކަ ދެކެވިފައިވާ ކަަމަށް ލިޔެކިއުމުން ފެނޭ. ކޮންމެެއަކަސް އެގޮތުން ނެގި ވެލީގެ ބޮޑު ބައެއް ބަހައްޓާފައި ހުރީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި،" ހުސައިން ވިދާޅުވި އެވެ.

ތިން ވަނަ ފަހަރަށް މަސައްކަތް ލަސްކުރީ ހޮރައިޒަންއާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން 2010 ވަނަ އަހަރު (އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި) އިސްލާހުކޮށްދިނުމުންނެވެ. އެފަހަރު ހޮރައިޒަންއަށް ފުރުސަތު ދިނީ ވެލި ފުނި ނަގައިގެން ގޮންގޮސް އަޅާނެ ތަނެއް ދައްކާތާ 24 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ވެލިފުނި ގެންދަން ޖެހެނީ ހޮރައިޒަންގެ ސައިޓާ ދުރަށް ނަމަ އެކަމަށް ހިނގާ އަގު ދޭން ވެސް ސަރުކާރުން އޭރު އެއްބަސްވި އެެވެ.

"މި އެއްބަސްވުމާ ގުޅިގެން ވެލިއަޅާނެ ތަނެއް ސަަރުކާރުން ކަނޑައަޅައި ހޮރައިޒަން ފިޝަރީޒްއަށް ދެއްކި ކަމަށް ލިޔެކިއުންތަކުން ފެންނާކަށް ނެތް،" ހުސައިން ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ހޯޑެއްދުއަށް ދިޔަ އިރު އެ ވެލިފުނި ވަނީ ހޮރައިޒަންގެ ސައިޓުން ނަގައިފަ އެވެ. އޭގެ ކުރިން ކުރި ދަތުރުތަކުގައި އެ ވެލިފުނި ނަގާފައި ނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯޑެއްދޫގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް 2019 ވަނަ އަހަރު ވެސް ހޮރައިޒަން އިން ސަރުކާރަށް މައުލޫމާތު ދިންކަން ހުސައިން ދެއްވި ތަފްސީލުން އެނގެ އެވެ. އެހެން ނަމަވެސް އެ މައުލޫމާތު ދޭން އެ ކުންފުނިން ފޮނުވި ސިޓީއާ އެކު އެކަށީގެންވާ ވޯކްޕްލޭނެއް ހުށަހަޅާފައި ނުވާތީ އެފަދަ ވޯކްޕްލޭނެއް ހުށަހަޅަން ސަރުކާރުން އެންގި އެވެ.

"ކޯލްޑް ސްޓޯރޭޖް ނިންމަން ރާވާ ގޮތުގެ އާ ވޯކް ޕްލޭނެއް 10 ޖޫން 2019 ގަ ހުށަހަޅަން ހޮރައިޒަން ފިޝަރީޒަށް ލިއުމުން އަންގާފައިވޭ،" ހުސައިން ވިދާޅުވި އެވެ.

އެ ފަހަރު ހޮރައިޒަން އިން ބުނީ ކޯލްޑް ސްޓޯރޭޖް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ފައިސާ ހޯދަން ހައެއްކަ މަސް ދުވަސް ހޭދަވެދާނެ ކަމަށެވެ. ފައިސާ ހަަމަޖެހުމުން އެ މަސައްކަތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.

ވާކް ޕްލޭނެއް އަލުން ހުށަހަޅަން މިނިސްޓްރީން 2020 ވަނަ އަހަރު އެންގުމުން ހޮރައިޒަން އިން ބުނީ ކޮވިޑް-19 އާ ހެދި މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. އެހެންވެ މަސައްކަތް މުއްދަތަށް ނިންމައި ނުލެވިދާނެ ކަމަށް ބުނެފައިވާ ކަމަށާއި ކޯލްޑް ސްޓޯރޭޖް އަަޅަން ގެންގޮސްފައި ހުރި މުދާތައް 2012 ވަނަ އަހަރު އަންދާލާފައިވުމަކީ ވެސް މަސައްކަތް ލަސްވި ސަބަބެއް ކަމަށް ހޮރައިޒަންއާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ސްޓެލްކޯއިން މާލެ ސަރަހައްދަށް ކަރަންޓް ދޭން އަގު ނަގާ ރޭޓާއި ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓަށް އަގުނަގާ ރޭޓް ހަމަހަމަ ނުވަނީ އެގޮތަށް އެކަން ކޮށްފިނަމަ ބޮޑު ގެއްލުމެއްވާނެތީ ކަމަށް ސްޓެލްކޯ އާއި ފެނަކައިން ބުނީ އިއްޔެ އެވެ.
  • ޖީއެސްޓީ އާއި ޓީޖީ އެސްޓީ ބޮޑުކުރުމަށް ވުރެ، ސަރުކާރުގެ ހަރަދު ކުޑަކުރުން މިގުތަށް މާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ އިއްޔެ އެވެ.
  • ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތަކުރާރުކޮށް ދައްކަވާ ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އިއްޔެ އެއްބާރުލުން ދެއްވާފަ އެވެ.

ދުވަހުގެ ކޯޓޭޝަން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު އޮތް ކަމަށް ހާމަކުރައްވަމުން ރައީސް މުހައްމަދު ނަޝީދު އިއްޔެގެ ޖަލްސާގައި ވިދާޅުވީ:

މި މަޖިލީހުގެ 12 ވަރަކަށް އިއްޒަތްތެރި މެމްބަރުން އޭގައި ސޮއި ވެސް ކުރެއްވި. ދެން އިއްޒަތްތެރި މެމްބަރުންނަށް ޔަގީންކަން އަރުވަން އެ އަދަދަކީ 12 ވަރަކަށް މެމްބަރުން. އަދި އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އޮވޭ މި މަޖިލީހުގެ އަޣުލަބިއްޔަތު މެމްބަރުން އަދި މާބޮޑު އަޣުލަބިއްޔަތު މެމްބަރުން އަޅުގަނޑަށް އިތުބާރުކުރައްވާ ކަމާ، މި މަޖިލިސް މިގެންދާ ގޮތުގައި ގެންދެވޭނެކަމާ،

ދުވަހުގެ ފޮޓޯ

ވިޒް އެއާގެ ދަތުރުތައް އިއްޔެ ރާއްޖެއަށް ފެށުމުން ޖެއްސި ފުރަތަމަ ފްލައިޓަށް ވޯޓާ ސެލިއުޓް އަރުވަނީ. އެ އެއާލައިނުން ރާއްޖެއަށް އޮޕަރޭޓުކުރާނީ މުޅިން އާ، އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެއް އަދި ކޮންމެ ދަތުރެއްގެ އަގަކީ 97 ޑޮލަރު (1،495 ރ.) --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ވިޒް އެއާގެ ދަތުރުތައް އިއްޔެ ރާއްޖެއަށް ފެށުމުން ޖެއްސި ފުރަތަމަ ފްލައިޓަށް ވޯޓާ ސެލިއުޓް އަރުވަނީ. އެ އެއާލައިނުން ރާއްޖެއަށް އޮޕަރޭޓުކުރާނީ މުޅިން އާ، އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެއް އަދި ކޮންމެ ދަތުރެއްގެ އަގަކީ 97 ޑޮލަރު (1،495 ރ.) --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވިޒް އެއާގެ ދަތުރުތައް އިއްޔެ ރާއްޖެއަށް ފެށުމުން ޖެއްސި ފުރަތަމަ ފްލައިޓަށް ވޯޓާ ސެލިއުޓް އަރުވަނީ. އެ އެއާލައިނުން ރާއްޖެއަށް އޮޕަރޭޓުކުރާނީ މުޅިން އާ، އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެއް އަދި ކޮންމެ ދަތުރެއްގެ އަގަކީ 97 ޑޮލަރު (1،495 ރ.) --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox