އަޒްހާންއާ ގުޅޭ ތަހުގީގު ފުޅާކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަލަހައްޓަނީ. އަޒްހާން ގެއްލުނު މައްސަލައިގެ ތަހުގީގު ފުޅާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މަޖިލީހަށް މިއަދު ހުށަހެޅި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ހަށިގަނޑު ފެނުނު ސަރަހައްދު ފުލުހުން ބަލަހައްޓަނީ. އަޒްހާން ގެއްލުނު މައްސަލައިގެ ތަހުގީގު ފުޅާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މަޖިލީހަށް މިއަދު ހުށަހެޅި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މުހައްމަދު އަޒްހާން ގެއްލުމުން ފުލުހުން ފަށާފައިވާ ތަހުގީގު ފުޅާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ އަޒްހާން ހޯދަން ފުލުހުން ހިންގި ތަހުގީގާ މެދު ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ. އަޒްހާން ގެއްލުނުތާ 15 ވަރަކަށް ދުވަސް ވީ އިރުވެސް އޭނާއަށް ވީގޮތެއް ނުހޯދި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް ކުއްލި މައްސަލައިގައި އާދަމް ޝަރީފު ވިދާޅުވި އެވެ.

"...ފަހަކަށް އައިސް ރާއްޖޭގައި ގޮތް ނޭނގޭ މިފަދަ އެތައް މަރުތަކެއް ހިނގަމުން ދާއިރު މިކަންކަމާ ގުޅޭ އެކަށޭނަ މައުލޫމާތު އާއްމު ނުކުރާތީއާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ހޯމް މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ ދައުރު މިހާރަށް ވުރެ ފުޅާކޮށް ހަރުދަނާކުރަން ޖެހޭ ކަމަށް ގަބޫލުކުރާތީ އަޒްހާންގެ މަރުގެ ތަހުގީގު އިތުރަށް ފުޅާކޮށް އަވަސްކުރުމަށް ޓަކައި ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކުރުމަށާއި މުއައްސަސާތަކުގެ ވެރިން ޒިންމާދާރުކުރުމަށާއި އެފަރާތްތަކުގެ އިހުމާލު މި މައްސަލާގައި އޮތް މިންވަރު ބެލުމަށް [ގޮވައިލަމެވެ،] ކުއްލި މައްސަލާގައި އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަޒްހާން ގެއްލުނު މައްސަލައާ ގުޅޭ ކުއްލި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަޒްހާން ގެއްލުނު މައްސަލައާ ގުޅޭ ކުއްލި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. އަޒްހާން ގެއްލުނު މައްސަލައާ ގުޅޭ ކުއްލި މައްސަލައެއް އޭނާ މިއަދު ހުށަހެޅުއްވި. ފޮޓޯ:މަޖިލީހުގެ އިދާރާ

ރާއްޖޭގައި ގޮތް ނޭނގޭ މަރުތައް ގިނަވަނީ ކޮން ކަންތައްތަކެއްގެ ސަބަބުން ކަން ދެނެގަނެ، އެކަންތައްތައް ހައްލުކުރަން ވެސް އެ މައްސަލާގައި އާދަމް ޝަރީފު ގޮވައިލެއްވި އެވެ.

އެ މައްސަަލަ މަޖިލީހަށް ބަލައިގަންނަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ ތެރެއިން 25 މެމްބަރަކު ވޯޓު ދެއްވައިގެނެވެ. އެ މައްސަލަ ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.

ކުއްލި މައްސަަލަ މަޖިލީހަށް ބަލައިގަނެ، މިހާރު ކުރިއަށް ގެންދާ ބަހުސްގައި އާދަމް ޝަރީފު ވިދާޅުވީ އަޒްހާން ގެއްލިގެން ސާދަ ފަނަރަ ދުވަސް ވީއިރު އޭނާ އޮތް ހިސާބު ނޫން އެހެން ހުރިހާ ސަރަހައްދެއް ބެލިފައި އެތަން ނުބެލި އޮތުމަކީ ސަލާމަތް ބުއްދިއަށް ގަބޫލުުކުރަން އުނދަގޫ ކަމެއް ކަމަށެވެ.

"މިހާ ކުޑަކުޑަ ގައުމެއްގައި މިކަހަލަ ގޮތް ނެނގޭ މަރުތައް އިންތިހާއަށް ގިނަވެގެން ދިއުމަކީ އެއީ އަޅުގަނޑު ހިތުން ކޮންމެ މީހަކު ވެސް ހިތާމަކުރާނެ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އަޒްހާން ގެއްލުނު މައްސަލައިގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ތަހުގީގު އަދި ނުނިމެނީސް އޭނާ "މަރާލާފައިވާ ކަމަށް ނުބެލެވޭ" ކަމަށް ބުނެ ފުލުހުން މިހާރު އެވާހަކަ ނިންމާލާފައި ވުން ކަމަށެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އިއްޔެ ފުލުހުންގެ ފަރާތުން ބަޔާނެއް ނެރުއްވައި ސްޓޯރީ ނިންމަވައިލެއްވީމާ. ބަޔާނުގައި ވާހަކަ އަންނަ ގޮތުން މުހައްމަދު އަޒްހާން ކަމަށް ބެލެވޭ މީހަކު ފެނިއްޖެ ކަމަށް، އަދި ޔަގީން ކުރެވިގެނެއް ނޫން މިއުޅެނީ. އެކަމަކު ބަޔާން ނިންމާލާ އިރުގައި މުހައްމަދު އަޒްހާން މަރާލާފައިވާ ކަމުގެ ހެއްކެއް ލިބިފައި ނުވާކަމަށް،" ފުލުހުންގެ ބަޔާނާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އިމްތިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަހުގީގު އެހިސާބަށް ނުދަނީސް އެފަދަ އިބާރާތެއް އައިސްގެން ނުވާނެ ކަމަށެވެ.

އަޒްހާން ގެއްލިގެން ހޯދަން ފެށީ ސެޕްޓެމްބަރު 19، ގަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޭގެ 14 ދުވަސް ފަހުން، އޭނާ އެންމެފަހުން ފެނުނު ސަރަހައްދު ކައިރިން ވަލު ތެރޭގައި އޮއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox