ރީޖަނަލް އެއާޕޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ދުވަސްވަރު ފެނިގެންދާނެ: އުމަރު މަނިކު

ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން އުމަރު މަނިކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު: ވިދާޅުވީ ފަތުރުވެރިކަމުގެ މުސްތަގްބަލް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރެއިން އުމަރު މަނިކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު: ވިދާޅުވީ ފަތުރުވެރިކަމުގެ މުސްތަގްބަލް އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ދެކޮޅުގައި އަޅާ ރީޖަނަލް އެއާޕޯޓުތަކުގެ ސަބަބުން ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށާއި ފަތުރުވެރިކަމަށް ރަން ދުވަސްވަރެއް އެއިރުން އަންނާނެ ކަމަށް އެ އިންޑަސްޓްރީގެ އެއް ބާނީ މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެ އެވެ.

ފަތުވުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އުމަރު މަނިކު ވިދާޅުވީ ހދ. ހަނިމާދޫ އަދި އައްޑޫ ގަމުގައި އަޅާ ރީޖަނަލް އިންޓަނޭޝަނަލް އެއާޕޯޓުތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ކެޕޭސިޓީ އިތުރުވެ އެ ދާއިރާގެ ރަން ދުވަސްވަރު ފެނިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި [ފަތުރުވެރިކަމުގެ] ދެ ހަބު އެ އުފެދެނީ. އައްޑޫ އަތޮޅުގައި އެއް އެއާޕޯޓު ދެން ހަނިމާދޫގައި. ހަނިމާދޫ ވެގެންދާނީ ނޯތުގެ ހަބަކަށް. މީގެ ކުރިން ނޯތުގަ ވަރަށް ދަށްކޮށް އޮތީ ފަތުރުވެރިކަން. ނަމަވެސް ދެން ސަރުކާރުން ]އުތުރުގައި] 8.000 ބެޑު އެޅުއްވީމައި މުޅިތަން އެއްކޮށް ދިރޭނެ،" އުމަރު މަނިކު ވިދާޅުވި އެވެ.

އެ ދެ ރީޖަނަލް ހަބާއި އެކު ރާއްޖޭގެ އިގުތިސާދު ދެގުނަވެގެން ދާނެކަމަށްވެސް އުމަރު މަނިކު ވިދާޅުވި އެވެ. މީގެ އިތުރުން އުތުރުގައި ކުރިން ދަށްކޮށް އޮތް ފަތުރުވެރިކަން ކުރިއަރުވަން މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނެންގެވިކަން ފާހަގަކުރައްވާ ރައީސަށް އުމަރު މަނިކު ވަނީ ޝުކުރު ދަންނަވާފަ އެވެ.

މީގެ ކުރިން 1972 ވަނަ އަހަރު ފެށި ފަތުރުވެރިކަމުގެ ސިނާއަތް ފުޅާވެ މިއަދު ރާއްޖެއަކީ އެ ދާއިރާގެ ބައިނަލްއަގުވާމީ ބެންޗުމާކަކަށް ވެގެން ގޮސްފައިވާ ކަމަށްވެސް އުމަރު މަނިކުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމެއް ކުއްލިއަކަށް މި ދުވަސްކޮޅުގެ ތެރޭގައި މި ޕޮޒިޝަނަށް އައުމަކީ އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް،" އުމަރު މަނިކު ވިދާޅުވި އެވެ.

ފަތުރުވެރިކަމަށް 50 އަހަރު ވުމާއެކު އެ އިންޑަސްޓްރީ ދެން ކުރިއަށް ގެންދަންވީ ގޮތާމެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވެ އުމަރު މަނިކު ފާހަގަ ކުރެއްވީ އެ މަސައްކަތް ކުރުން އޮތީ އަދުގެ ދިވެހި ޒުވާނުންގެ އަތްމަތީގައި ކަމަށެވެ. އެގޮތުން އެ ދާއިރާއަށް ބޭނުންވާ ތަމްރީނު ލިބިގަނެ ރަނގަޅު ގޮތުގައި ހިދުމަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

އުތުރުގައި އަޅާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް 2025 ވަނަ އަހަރަށް ނިމޭނެ ކަމަށް ލަފާ ކުރެވޭ އިރު އެ އެއާޕޯޓާއެކު އުތުރުގައި 8،000 ޓުއަރިސްޓު އެނދު އެޅުމަކީ ސަރުކާރުގެ އަމާޒުކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox