އައްޑޫގެ ގިނަ ބަޔަކު ބޭނުމަށް މަސައްކަތް ކުރި 107 ކިލޯގެ ބޮޑު ފަރުމަސް މިއަދު ބާނައިފި

މަރަދޫއިން މިއަދު ބޭނި މާ ފަރުމަސް: ބޭނިއިރު ވެސް މަހުގެ އަނގަ ތެރޭގައި ބުޅިއެއް އޮތް -- ފޮޓޯ: އަހުމަދު ފާރިސް

މަރަދޫއިން މިއަދު ބޭނި މާ ފަރުމަސް: ބޭނިއިރު ވެސް މަހުގެ އަނގަ ތެރޭގައި ބުޅިއެއް އޮތް -- ފޮޓޯ: އަހުމަދު ފާރިސް

އައްޑޫގެ މަސްވެރިންނަށް މަޝްހޫރު، ގިނަ ބަޔަކު އެ މަހެއް ބޭނުމަށް މަސައްކަތް ކޮށްފައިވާ މަރަދޫ ނެރު މަތިން އާންމުކޮށް ފެންނަ މާ ފާނަ ހިތަދޫގެ މަސްވެރިންތަކެއް މިއަދު ބާނައިފި އެވެ.

މިއަދު ހަވީރު ޑިންގީއެއްގައި ފަރުމަހުގެ މަސްވެރިކަމަށް ނިކުތް އައްޑޫގެ ހަތަރު މަސްވެރިން ބޭނި އެ ފާނައިގެ ދިގު މިނުގައި 5 ފޫޓު 11 އިންޗި ހުރި އިރު ބަރުމިނުގައި 107 ކިލޯ ހުރި ކަމަށް އެ މަސްވެރިން ބުންޏެވެ.

މާ ފާނަ ބޭނި 22 ފޫޓުގެ ޑިންގީގައި ހުރި އައްޑޫ ހިތަދޫއަށް ނިސްބަތްވާ ހުސެން ޝިޔާޒް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އެއީ އާންމުކޮށް އެ ސަރަހައްދުން ފެންނަ މަހެއް ކަމަށާއި ގިނަ ބަޔަކު މީގެ ކުރިން އެ މަސް ބޭނުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އެ މަސް ނެގި އިރުވެސް [އަނގައިގައި] ހުރި ބުޅިއެއް. ގިނަ މީހުންގެ އަތުގައި ގަނެފަ ނަނު ކަނޑާލާފަ ގޮސްފަ ކުރިން ހުރީ،" އާންމު ގޮތެއްގަައި ފަރު މަހުގެ މަސްވެރިކަން ކުރުމަށް ނިކުންނަ ޝިޔާޒް ބުންޏެވެ.

ޝިޔާޒް ބުނީ މަސް ޑިންގީއަށް ނެގީ ހަތަރު މީހުން ނަނަށް ދަމައިގެން ކަމަށެވެ.

މަރަދޫ ފަރު މަސްވެރިންނަށް އެ މަސް މަޝްހޫރު އޮންނަނީ ނަނުގައި ގަނެފައި އޮންނަ މަސް ކެއުމަށް ފޯރި ހުންނަ މަހެއްގެ ގޮތުގަ އެވެ. އާންމުކޮށް މަހަށް ނިކުމެ އުޅޭ އެންމެނަށް ވެސް އެ މަސް އެނގެ އެވެ.

"މަރަދޫ ނެރުމަތި އެއީ މަސް ފެކްޓްރީއިން މަހު ބޯ އަޅާ ދިމާލެއް. އެހެންވެ އެތަނަށް ވަރަށް މަސް އަރާނެ،" އެ މަސް އުޅޭ ސަރަހައްދު ކިޔައިދެމުން ޝިޔާޒް ބުންޏެވެ.

"އާންމުކޮށް ގަންނަ ކުދި މަސްތަކުގަ ހިފާ ކަމަށް ވަނީ. މިއަދުވެސް ގަތީ ފަލަ ނަނެއްގައި މަހެއް އަޅުވާފަ ދޫކޮށްފަ އޮއްވާ،" އޭނާ ކިޔައިދިނެވެ.

107 ކިލޯގެ އެ މަސް މިހާރު ވަނީ ކެފޭ އަކަށް ކިރާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox