ހުލާސާކޮށް އިއްޔެ: ޔޯގާ ހަމަނުޖެހުމާ ގުޅިގެން 18 މީހުންގެ މައްޗަށް ދައުވާ އުފުލުން

ހުލާސާކޮށް އިއްޔެ: ޔޯގާ ހަމަނުޖެހުމާ ގުޅިގެން 18 މީހުންގެ މައްޗަށް ދައުވާ އުފުލުން

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21, ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހް އާދަމް ނިޝާނާއި ފަޒްލޫން މުހައްމަދު ހިމެނޭ ގޮތަށް 18 މީހެއްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން ހާމަކުރީ އިއްޔެ އެވެ.

ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުން ވެސް ތިއްބައި، ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ އެތެރޭގައި ތިބި ބައެއް މީހުނަށް ހަމަލާދީ، ހަމަނުޖެހުން ހިންގި މައްސަލާގައި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުން ވެސް ދައުވާކޮށްފައިވެ އެވެ.

އެ އަށާރަ މީހުންނަށް އެކި ދައުވާކޮށްފައިވާއިރު، އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

އޭގެ އިތުރަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމަށް އުޅުނުކަމުގެ ދައުވާ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ، އަދި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާ ވެސް އެއް ބަޔަކަށް ކޮށްފައިވެ އެވެ.

ހަމަނުޖެހުން ހިންގަން ރޭވުމުގައި އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ ކޮށްފައިވެ އެވެ.

އެ ދުވަހުގެ މުޒާހަރާއަށް ދިދަތައް ދޫކޮށްދިން ކަމުގެ ތުހުމަތު އޮތް ޕީޕީއެމްގެ ހަރަކާތް ޑިޕާޓްމަންޓްގެ ހެޑު އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބައިވެރިވުމުގެ ދައުވާއާއި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުުމުގެ ދައުވާކޮށްފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނުއިރު އެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
  • ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ކަނޑުގެ ދިރާސާގެ ތެރެއިން އިއްޔެ ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ ބައިވެރިވެ ލެއްވި ޑައިވްގައި ކަނޑުގެ ސަތަހައިގެ 270 މީޓަރު އަޑިންވެސް ކުނި ފެނިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވީ އިއްޔެ އެވެ.
  • ޓޫރިސްޓު ރިސޯޓުތަކުގެ ގޮތުގައި ތަރައްގީކުރަން ހަވާލުކޮށް ނުހެދި ދިގުލައިގެން ގޮސްފައިވާ ރަށްތަކަކީ ޓޫރިޒަމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ތެރެއިން ނުނިމި ހުރި ރަށްތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

އެ ތަންތަނުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް، ޝަރުއީ ކޯޓުތައް މެދުވެރިކޮށް މިއަންނަނީ ކުރަމުން. އަދި ބައެއް ރަށްތަކާއި ފަޅުތަކުގެ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުން،

ދުވަހުގެ ފޮޓޯ

ގެއްލިގެން ހޯދަމުންދިޔަ އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު ހިސާބު. އެއީ، ނިރޮޅު މަގުގެ ކަނާތް ފަޅިން ބޯޑެތި ގަސް ހެދި ވެލި ފުނިތަކެއް ޖަހާފައިވާ ސަރަހައްދެއް އަދި އޭނާ އެންމެ ފަހުން ފެނުނު ރެޑްބުލް ޕާކާ ދެމެދު 200 މީޓަރުގެ ދުރުމިނެއް ވެސް ނުހުންނާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ގެއްލިގެން ހޯދަމުންދިޔަ އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު ހިސާބު. އެއީ، ނިރޮޅު މަގުގެ ކަނާތް ފަޅިން ބޯޑެތި ގަސް ހެދި ވެލި ފުނިތަކެއް ޖަހާފައިވާ ސަރަހައްދެއް އަދި އޭނާ އެންމެ ފަހުން ފެނުނު ރެޑްބުލް ޕާކާ ދެމެދު 200 މީޓަރުގެ ދުރުމިނެއް ވެސް ނުހުންނާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގެއްލިގެން ހޯދަމުންދިޔަ އަޒުހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނު ހިސާބު. އެއީ، ނިރޮޅު މަގުގެ ކަނާތް ފަޅިން ބޯޑެތި ގަސް ހެދި ވެލި ފުނިތަކެއް ޖަހާފައިވާ ސަރަހައްދެއް އަދި އޭނާ އެންމެ ފަހުން ފެނުނު ރެޑްބުލް ޕާކާ ދެމެދު 200 މީޓަރުގެ ދުރުމިނެއް ވެސް ނުހުންނާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox