އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަން އިއުލާނު ކުރި ޒުވާނާ ހުރީ މަސްވެރިކަމަށް ނުކުމެ އުޅޭ ދޯންޏެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
"އުބައިދުﷲ ހަސަނާ ފުލުހުންނަށް މިހާރު ވަނީ ގުޅިފައި. އޭނާގެ ހާލު ރަނގަޅު އަދި އޭނާ މިވަގުތު ހުރީ މަސް ދޯންޏެއްގައި،" ފުލުހުން ރޭ މެންދަމު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އުމުރުން 28 އަހަރުގެ އުބައިދުﷲ އާ ގުޅޭ ގޮތުން ފުލުހުން ފުރަތަމަ ކުރި ޓްވީޓްގައި ބުނެފައި ވަނީ އޭނާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 ހާއިރު ކަމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 8:00 ގައި ހިތަދޫ ގުރައިޝާ މަންޒިލް ގެ ކައިރިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.











