އިއްޔެ ހަވީރު ހުޅުމާލޭ ފޭސް އެކަކުން ފެނުނު ހަށިގަނޑަކީ، ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި، ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އިއްޔެ ބުނީ އަޒްހާން ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިފައިވަނީ ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ 17:45 އެހައިކަންހާއިރު ކަމަށެވެ.
އެކަމާ ގުޅިގެން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ޔުނިޓުގެ ހެޑު ސުޕްރިންޓެންޑެންޓް ހަސަން ސައީދު ނޫސްވެރިންނަށް ވިދާޅުވީ އެ ހަށިގަނޑު ފެނިފައިވަނީ ވޯޓާތީމް ޕާކު ކުރިމަތީގައި އޮންނަ ހުސް ބިމުން ކަމަށެވެ.
"ބޮޑި އޮތީ ވަރަށް ބޮޑަށް ޑިކޮމްޕޯސްޑް ސްޓޭޓެއްގައި. މިހާތަނަށް ބެލި ބެލުމުން މި ބޮޑީ އަކީ މުހައްމަދު އަޒްހާންގެ ހަށިގަނޑަށްވުމުގެ ފުރުސަތު ވަރަށް ބޮޑު،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެފައިވާތީ، ހަށިގަނޑުގައި އެއްވެސް ޒަހަމްތަކެއް ހުރި ކަމަށް ބުނަން އަދި ދަތި ކަމަށެވެ.

އެ މައުލޫމާތު ޔަގީންކުރެވޭނީ ޕޯސްޓްމޯޓަމްއަށް ފަހު ކަމަށާއި، ޕޯސްޓްމޯޓަމް ހަދާނެކަން އަޒްހާންގެ އާއިލާއަށް ވެސް އަންގާފައިވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.
އެ މައްސަލައިގައި ފުލުހުން ހިންގަނީ "ހޯމަސައިޑް" ތަހުގީގެއް ކަމަށާއި އެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ވެސް މައުލޫމާތު ދިނެވެ.
"އަޅުގަނޑުމެން މިހާރު ފަށައިގެން މި ދަނީ ހޯމަސައިޑް އިންވެސްޓިގޭޝަނެއް،" ސައީދު ވިދާޅުވި އެވެ.
ހޯމަސައިޑް ތަހުގީގަކީ މީހަކު މަރާލި ކަމަށް ބެލެވުމުން ފުލުހުން ހިންގާނެ ތަހުގީގެވެ. މިއަދު ހަވީރު ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑަށްވުން ގާތްކަން ފާހަގަ ކުރައްވަމުން ފުލުހުން ބުނީ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހެދުމަށް ނިންމާފައިވާ ކަމަށެެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ސެޕްޓެމްބަރު 19، ގެ ރޭގަނޑު 7:00 ގަ އެވެ. އޭނާ ހޯދަމުންދާތާ މިއަދަށް 14 ދުވަސްވެފައިވާއިރު، މިރޭ ފެނުނު ހަށިގަނޑު މިހާރު ވަނީ މޯޗަރީއަށް ގެންގޮސްފަ އެވެ.
އަޒްހާން އެންމެ ފަހުން ފެނިފައިވަނީ ހުޅުމާލޭ ރެޑްބުލް ޕާކު ކައިރިން ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
ލޭގައި ދުއްވާ އެމްޓީސީސީގެ މިނީ ބަހުން ފައިސާ ނަގަން ފަށާއިރު، ކަސްޓަމަރުން ދޭންޖެހޭނީ ސީދާ ދަތުރަށްވާ ފައިސާ ކަމަށާއި ގިނައިން ދިން ނަމަވެސް ބާކީ ފައިސާ ދެވޭނެ ގޮތެއް ހަމަޖެހިފައި ނޯންނާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އިއްޔެ އެވެ.
ވައިގެ ބަނދަރުތައް ތަރައްގީކޮށް، ސީޕްލޭން ވިއުގަ ފުޅާކޮށް އާރުޓީއެލް ފެރީތަކުން މުޅި ރާއްޖެ ގެތިގެންދާއިރު، ފަތުރުވެރިކަމުގެ މަންފާ ނުކުރާ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ތެރެއިން ހިނގާފައިވާ ތެލުގެ ވައްކަމުގެ ޖުމްލަ އަދަދު ކުރިން ބެލެވުނު އަށް މިލިއަން ރުފިޔާއަށްވުރެ ބޮޑު ކަމަށް އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ގައުމީ ފެންވަރުގައި ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުގުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން. މިޖަޒީރާތަކަށް ފަތުރުވެރިން ޝައުގުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަން،
ދުވަހުގެ ފޮޓޯ

ރާއްޖޭގައި ހިނގަމުންގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ދިން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ އެއްބަސްވުން ބަދަލުކުރަނީ. މި ކްރެޑިޓް ލައިނު ދޭނެ ކަން އިންޑިއާއިން އިއުލާނުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު













