ހުލާސާކޮށް އިއްޔެ: ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވުން

ހުލާސާކޮށް އިއްޔެ: ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވުން

އިސްލާމް ދީނަކީ ގައުމިއްޔަތުގެ ތަނބު ކަމަށާއި ޓެރަރިޒަމްއަކީ ދިވެހިން ދަންނަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ހއ. އުތީމުގައި އިއްޔެ ބޭއްވި ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމް ދީނަކީ ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު ކަމަށާއި ޓެރަރިޒަމް ފަދަ ކުށްތަކަކީ "ދިވެހިން ދަންނަ ކަމެއް ނޫން" ކަމަށެވެ. ދިވެހިންނަކީ އިސްލާމް ދީނަށް ލޯބި ކުރާ ބައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ދިވެހިން ބޭނުންވަނީ ސުލްހަވެރި ދިރިއުޅެއް އުޅެން ކަމަށެވެ.

"މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރިކަމާ އެދީނުގެ ސައްހަ އަގީދާ އަކީ ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު. ހަލާލު މަސައްކަތްކޮށް، ކަނޑުފަޅު ފީނާ، ފަރު ހިލާ، ވަލު ފުރާގުން ދަރިން ބޮޑެތިކުރީ، ދިވެހި ކާބަފައިން،" ރައީސް ވިދާާޅުވި އެވެ. "އެއީ އުމުރަށް ނަމާދު ގާއިމްކޮށް، ރޯދަހިފާ، ޒަކާތްދީ، ހަރާމަށް ބިރުވެތިވެ، ހަލާލަށް ރައްކާތެރިވި ދިވެހިން. ޓެރަރިޒަމަކީ ދިވެހިން ދަންނަ ކަމެއް ނޫން. ލާމެހިފައިވާ ދުނިޔޭގާ، އެހެން އިންސާނުންނާއެކު މުއާމަލާތު ކުރެވި، ސުލްހަ މަސަލަސްކަމާއެކު، އުފަލުގާ ދިރިއުޅުމަކީ، ދިވެހިން އެދޭ ގޮތް."

އޭގެ އިތުރުން، އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ގައުމިއްޔަތަކީ "ތަފާތެއް ނެތި، އަމާޒެއް އޮވެ، ކުދި ރަށްތަކުގައި އުޅެވޭނެ ގޮތް ހެދުން ކަމަށެވެ.

"ގައުމިއްޔަތަކީ ތަފާތެއް ނެތި، އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން. މިދަތުރުގާ އަޅުގަނޑު މިއައީ ފިނެއަށް ގޮސްފަ. އަޅުގަނޑުމެން އަލުން އަނބުރާ އިއާދަކުރަން މަސައްކަތް މިކުރާ ދިވެހި ގައުމިއްޔަތުގެ ހަމަ ތައްގަނޑަށް ފިނޭ އެއަންނަނީ ފެތެމުން،" ފިނޭގެ މިސާލު ނަންގަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުދި ރަށްތައް ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަސޭހައިން ދިރިއުޅެވޭނެ ގޮތް ހެދުމަކީ "އިހު އޮތް ގައުމިއްޔަތު" ދިރުވުން ކަމަށެވެ.

"ކުޑައެއް ބޮޑެއްނެތި، ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ، ފަސޭހަ، މި ދިރިއުޅުން ކަށަވަރުކޮށް ދިނުމަކީ، އިހު އޮތް ދިވެހި ގައުމިއްޔަތު، އަލުން އަނބުރާ ދިރުވުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަސޭހައިން ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލްވެވޭނެ ގޮތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށާއި އެކަންނުކޮށް ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އިހްތިޔާރެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގެންނެވީ ރައްޔިތުން އެ މަސައްކަތުގައި އެމަނިކުފާނަށް އެއްބާރުލުން ދެއްވުން ކަމަށެވެ.

"ސިއްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލުވެވޭނެ، އަވަސް އަދި ފަސޭހަ މަގުތަށް ކޮށާ އަލިކުރުމަށް ފަށާފައިވާ މިމަސައްކަތް، ނުނިންމާ ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިހްތިޔާރެއް ނޫން. މިކަމުގާ ރާއްޖޭގެ ލޮބުވެތި ހުރިހާ ރައްޔިތުންގެ ތާއީދާ އެއްބާރު ލެއްވުން އަޅުގަނޑު ބޭނުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ޓަކައި ފުރަތަމަ އެނގެން ޖެހެނީ ތާރީހު ކަަމަށާއި ތިމާމެންނަކީ ކޮންތާކު ކިހިނެތް ދިރިއުޅުނު ބައެއްކަން އެނގެން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.
  • ދިވެހި ގައުމިއްޔަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަދި ނުރައްކަލަކީ ދީނަށް ފުރައްސާރަ ކުރުމާއި ދީނީ ހަރުކަށި ފިކުރުތައް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިއްޔެ އެވެ.
  • ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓު އެރުވި ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ދ. ކުޑަހުވަދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން ހާމަކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

މިނިވަންކަމާ ސިޔާދަތާ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެން ޖެހެނީ އަމިއްލަ ތާރީޚު. ތިމާމެންނަކީ ކޮންތާކު ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެންޖެހޭ. ތާރީޚާ ސަގާފަތާ އާސާރުތަށް ދެމެހެއްޓެން ޖެހޭ،

ދުވަހުގެ ފޮޓޯ

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއެކު ދަތުރުކުރައްވަނީ. އުތީމުގައި ކުރިއަށް ދިޔަ ގައުމީ ދުވަހުގެ ހަރަކާތްތަކަށް ފަހު ރައީސް ދިއްދޫއަށް ވަޑައިގަތީ މި ފެރީގައި --- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއެކު ދަތުރުކުރައްވަނީ. އުތީމުގައި ކުރިއަށް ދިޔަ ގައުމީ ދުވަހުގެ ހަރަކާތްތަކަށް ފަހު ރައީސް ދިއްދޫއަށް ވަޑައިގަތީ މި ފެރީގައި --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް) ފެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއެކު ދަތުރުކުރައްވަނީ. އުތީމުގައި ކުރިއަށް ދިޔަ ގައުމީ ދުވަހުގެ ހަރަކާތްތަކަށް ފަހު ރައީސް ދިއްދޫއަށް ވަޑައިގަތީ މި ފެރީގައި --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox