ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމަށް އާޒާދު އައްޔަންކޮށްފި

އަ ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު އާޒާދު. ފޮޓޯ: ފިނޭންސް މިނިސްޓްރީ

އަ ފައިނޭންޝަލް ކޮންޓްރޯލާ މުހައްމަދު އާޒާދު. ފޮޓޯ: ފިނޭންސް މިނިސްޓްރީ

ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމުގައި މިހައިތަނަށް ހުންނެވި ފާތިމަތު ރަޒީނާ އެމަގާމުން އިސްތިއުފާދެއްވުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެމަގާމަށް މުހައްމަދު އާޒާދު އައްޔަން ކުރައްވައިފި އެވެ.

މާލިއްޔަތު ގާނޫނުގައިވާ ގޮތުން ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމަށް ރައީސް ބޭފުޅަކު އައްޔަން ކުރައްވާނީ ފިނޭންސް މިނިސްޓަރުގެ ލަފަޔާ އެކުގަ އެވެ.

ފައިނޭންޝަލް ކޮންޓްރޯލާއަކަށް މިއަދު އައްޔަންކުރެއްވި އާޒާދު މީގެ ކުރިން ހުންނެވީ ފިނޭންސް މިނިސްޓްރީގެ، އެސްއޯއީ ރިފޯމް ކޮންސަލްޓެންޓަކަށެވެ. ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ފައިނޭންޝަލް ކޮންސަލްޓެންޓްގެ މަގާމު ވެސް އޭނާ ކުރިން އަދާކުރެއްވި އެވެ. އެންޓިކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޑިމާޓްމަންޓްގެ ހެޑް އޮފް ޑިޕާޓްމެންޓްގެ މަގާމު ވެސް އޭނާ ކުރިން އަދާކުރެއްވި އެވެ.

އާޒާދަކީ ފައިނޭސް ދާއިރާއިން މާސްޓާސް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ސީއެފްއޭ ޗާޓާޑް އެކައުންޓެންޓެކެވެ.

ފައިނޭންޝަލް ކޮންޓްރޯލާގެ މަގާމުގައި 2016 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ހުންނެވި ފާތިމަތު ރަޒީނާ އެމަގާމުން އިސްތިއުފާ ދެއްވީ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އިތުރަށް ކިޔަވައިވިދާޅުވުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox