ހުލާސާކޮށް އިއްޔެ: މަސް ނުކިރޭ މައްސަލަ މަޖިލީހަށް

ހުލާސާކޮށް އިއްޔެ: މަސް ނުކިރޭ މައްސަލަ މަޖިލީހަށް

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވުމާއި އެކު މަސްކިރާ އަދަދު ވަކިވަރެއްގައި ހިފެހެއްޓުމާއި އެހެން ގިނަ ދަތިތަކެއް މަސްވެރިންނަށް ކުރިމަތިވެފައި ވާތީ ކަންބޮޑުވުން ފާޅުކޮށް، އެކަންތައްތައް ހައްލުކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ގާރާރަށް ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން މިދުވަސް ވަރު ރަނގަޅުވެފައި ވާއިރު މަސްގަންނަ މިންވަރު ލިމިޓްކޮށްފައި ވާތީ މަސްކިރުވަން، މަސްވެރިން އެތައް ދުވަހަކު ކިއުގައި ތިބެން ޖެހޭ ކަމަށެވެ. މަސްވެރިކަމަށް ބޭނުންވާ އައިސް ހޯދާށާއި މަސްދޯނި ފަހަރަށް އަޅާނެ ތެޔޮ ހޯދަން ވެސް އެގޮތަށް ކިއުގައި ތިބެން ޖެހޭ ކަމަށް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

"...މަސްވެރިންނަށް ދޫކުރާ ތެލުގެ މިންވަރު ލިމިޓްކޮށްފައި ވާތީ އެކަމުގެ ސަބަބުން، މަސްވެރިކަަމަށް ނުކުންނަށް ދަތިތަކެއް ކުރިމަތިވެފައި ވާތީއާއި، ރެއާ ދުވާލު ދާ އޮހޮރުވަައިގެން ބާނާ މަސްކޮޅުން މަންފާއެއް ނުލިބުމަކީ ހުރިހާ މަސްވެރިން މިއަދު އެންމެ ކަންބޮޑުވާ މައްސަލަ[އެވެ]،" ކުއްލި މައްސަލައިގައި ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް މިއަދު ބަލައިގަތީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 29 މެމްބަރުންގެ ތެރެއިން 25 މެމްބަރަކު ވޯޓު ދެއްވައިގެނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވައި އެއް މެމްބަރަކު އިންނެވި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ، އިއްޔެގެ ޖަލްސާގައި ކުރި ބަހުސްގެ ފުރަތަމަ ފުރުސަތުގައި ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އާ މިިއަދު މަޖިލީހުގައި ކުރި ސުވާލުތަކަށް އޭނާ ދެއްވީ 2019 ވަނަ އަހަރު ވެސް ދެއްވި ޖަވާބުތައް ކަމަށެވެ.

ކޮންމެ އަހަރަކު ދެ ފަހަރު ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާކަން ސަރުކާރަށް އެނގޭ ކަމަށާއި އެހެން ނަމަވެސް މަސްވެރިންނަށް ހުރި މައްސަލަތަކަށް އެއްވެސް ހަލެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިންގެ މާ ގިނަ ޝަކުވާތަކެއް ނޫޅޭ އިއްޒަތްތެރި ރައީސް. މަސްވެރިންގެ މި އޮންނަނީ މަސްވެރިން ބާނާ މަސްކޮޅު ނުކިރޭ މައްސަލަ،" އޭނާ ވިދާޅުވި އެވެ.

މިފްކޯއިން ހިންގާ އެންމެ ބޮޑު ފެކްޓްރީ ހުންނަ ފެލިވަރު މިސާލަކަށް ނަންގަވައި ޝިޔާމް ވިދާޅުވީ ފެލިވަރަށް މަސްކިރުމަށް ޓަކައި މިހާރު ހަތަރު ދުވަސް ވަންދެން ކިއުގައި ތިބެން ޖެހޭ ކަމަށެވެ. ޝިޔާމްގެ ކުއްލި މައްސަލަ ހުށަހެޅުއްވުމުގެ ކުރިން މަޖިލީހުގައި މިއަދު އޮތީ ފިޝަރީޒް މިނިސްޓަރާ ސުވާލުކުރުމެވެ.

މަސްވެރިކަމަށް ސަރުކާރަށް ވުރެ ބޮޑު އިންވެސްޓެއް ކުރިން: ގާސިމް

ކުއްލި މައްސަލައިގެ ބަހުސްގައި ގާސިމް ވިދާޅުވީ މަސްވެރިކަމަށް އެހާ ބޮޑުކޮށް އިންވެސްޓެއް ކުރި ނަމަވެސް، އެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. އެއީ ފުރަތަމަ އިންވެސްޓް ކުރި އިރު އޭރުގެ ސަރުކާރުން ގެންގުޅުނު އުސޫލުތައް ފަހުން އައި ސަރުކާރުތަކުން ދޫކޮށްލުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް މައުމޫނުގެ ސަރުކާރުން ކުރެއްވި އިއުލާނާ ގުޅިގެން، ޕްރައިވެޓް ސެކްޓަރަށް [މަސްގަތުން] ދޫކޮށްލައްވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ދަށުން އަޅުގަނޑު ބައިވެރިވެގެން އަޅުގަނޑު މިއީ އެކަމަށް ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކޮށްފައިވާ މީހެއް. އާދެ އަޅުގަނޑު ކޮށްފައިވާ އިންވެސްޓްމެންޓަކީ ހަމަ ގައިމު ވެސް އޭރުވެސް އަދި މިހާރަށް ބެލިޔަސް ދިވެހި ސަރުކާރުން މަސްވެރިކަމަށް ކޮށްފައިވާ އިންވެސްޓްމެންޓަށް ވުރެ ބޮޑު އިންވެސްޓްމެންޓެއް،" ގާސިމް ވިދާޅުވި އެވެ.

މަސްވެރިކަމަށް އިންވެސްޓްކޮށްގެން ކުރި މަސައްކަތް ކުރިއަށް ނުދިޔައީ ވަކި ސަރުކާރަކުން ކުރިކަމަކުން ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އޭރު ގެންގުޅުނު އުސޫލުތައް ދޫކޮށްލުމުގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"[މަސް ގަނެ އެކްސްޕޯޓްކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށް ނުދާ] ސަބަބަކަށް ވަނީ މަސްވެރިކަމުން، ކަޅުބިލަ މަހުން ލިބެނީ ވަރަށް ބޮޑު ގެއްލުމަކަށް ވާތީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އެެވިދާޅުވީ ރާއްޖޭގެ ދެކުނުގެ ވަކި ސަރަހައްދަކުން މަސް ގަތުމުގެ އެކްސްކްލޫސިވިޓީއާއެކީ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގަން، ގާސިމްގެ ވިލާ ގްރޫޕްގެ ސަބްސިޑަޔަރީ ކުންފުނި ހޮރައިޒަން ފިޝަރީޒް އިން ކުރި އިންވެސްޓްމެންޓްގެ ވާހަކަ އެވެ. މާންދޫ ހިންގަން ފެށި ފަހުން އެތަނުގެ ކެޕޭސިޓީ އިތުރުކުރަން ހޮރައިޒަން އިން 100 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ އިންވެސްޓްކޮށްފައިވާ ކަމަށް އެކުންފުނިން ކުރިން ބުނެފައި ވެ އެވެ.

މަސްގަނެ އެކްސްޕޯޓްކުރުމުގެ ވިޔަފާރިން ވަނީ ގެއްލުން ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުގައި ގާސިމް ދެއްކެވީ ސަރުކާރުގެ ކުންފުނި މިފްކޯ އެވެ. މިފްކޯ އަބަދުވެސް ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލަ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް ގެއްލުވާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާތަކެއް އުފުލި ތިން މީހުންގެ މައްޗަށް ހިނގާ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ވަނީ ސިއްރުކޮށްގެން ކުރިއަށްގެންގޮސްފަ އެވެ.
  • ހެއްކާބެހޭ ގާނޫނުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތަކެއް ކަނޑައަޅާފައިވާ މާއްދާއާ ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ބަންޑާރަ ނައިބުގެ އޮފީހުން އެ ގާނޫނަށް ހުށަހަޅަން ތައްޔާރުވެފައިވާ އިސްލާހުތައް ނުފުދޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނީ އިއްޔެ އެވެ.
  • ދަރަނި ނެގުމުގެ ގާބިލުކަން ރާއްޖޭގައި އެބަހުރި ކަމަށާއި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ދަރަނި ނަގަނީ އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައި ދިނުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހދ. ފިނޭގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:

ތަފާތުނުކުރުން، ހަމަހަމަކަން ގާއިމްކުރުން، މިއީ އަޅުގަނޑުމެންގެ މެނިފެސްޓޯއަށް ވުރެ ކުރީގައި އޮތް ކަމެއް، އަޅުގަނޑުމެން ވީ ވައުދުތަކަށް ވުރެ ވެސް ބޮޑު ވައުދެއް، ސަރުކާރުން އިރާދަކުރެއްވިއްޔާ މަސައްކަތް މި ކުރަނީ މެނިފެސްޓޯ ތަންފީޒުކުރުމުގައި ވެސް، ވައުދުތައް ފުއްދުމުގައި ވެސް އަޅުގަނޑު މި ދެންނެވި ދެ ކަންތައް އިސްކޮށް ކުރިއަށް ގެންދަން،

ދުވަހުގެ ފޮޓޯ

މާލޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އަދި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ލަންކާއިން ކާމިޔާބުކުރީ 98-33 ޕޮއިންޓުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މާލޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އަދި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ލަންކާއިން ކާމިޔާބުކުރީ 98-33 ޕޮއިންޓުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މާލޭގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އަދި ބޫޓާން ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ލަންކާއިން ކާމިޔާބުކުރީ 98-33 ޕޮއިންޓުން --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox