ވާލްޑް ބޭންކުން ވެސް ބުނީ ބޭހުގެ އަގު އިންތިހާއަށް ބޮޑު ކަމަށް، އާސަންދައަށް ބުރަ ބޮޑު

އާސަންދަ ލިބޭ ބޭސްފިހާރައެއްގައި އެކަން އަންގަން ޖަހާފައިވާ ބޯޑެއް: ބޭހުގެ އަގު ކޮންޓްރޯލް ކުރުން ތަންފީޒުކުރުން ވަނީ މުއްދަތެއް ނެތް ގޮތެއް މަޑުޖެހިފައި-- ފޮޓޯ: އަދަދު

އާސަންދަ ލިބޭ ބޭސްފިހާރައެއްގައި އެކަން އަންގަން ޖަހާފައިވާ ބޯޑެއް: ބޭހުގެ އަގު ކޮންޓްރޯލް ކުރުން ތަންފީޒުކުރުން ވަނީ މުއްދަތެއް ނެތް ގޮތެއް މަޑުޖެހިފައި-- ފޮޓޯ: އަދަދު

ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކަމުންދަނީ ދުނިޔޭގެ ބާޒާރުގައި ބޭސް ގަންނަން ލިބޭ އަގުގެ އެތައް ގުނައެއް ބޮޑުކޮށް ކަމަށާއި، އެކަމުގެ ސަބަބުން އާސަންދައަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް ވާލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.

ވާލްޑް ބޭންކުން ނެރުނު ރާއްޖޭގެ ޕަބްލިކް އެކްސްޕެންޑިޗާ ރިވިއުގައި ބުނެފައިވަނީ ބޭސް ފަރުވާއަށް ރައްޔިތުންގެ ޖީބުން ކުރަމުން އައި ހޭދަ، 2014 ވަނަ އަހަރު އާސަންދަ ތައާރަފުކުރުމާއެކު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

މިގޮތުން 2009-2010 ވަނަ އަހަރު އެވަރެޖުކޮށް ގޭބީސީތަކުގެ އާމްދަނީގެ ނުވަ ޕަސަންޓް ބޭސްފަރުވާއަށް ހަރަދުކުރި ނަމަވެސް، އެ އަދަދު 2019 ވަނަ އަހަރު އެންމެ 2.2 ޕަސަންޓަށް ވެއްޓިފައިވާ ކަމަށެވެ.

ނަމަވެސް، އާސަންދައަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން ވާލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިގޮތުން، 2014 އާއި 2019 އާ ދެމެދު އާސަންދައިން ކުރި ހޭދަ އަހަރަކު 18 ޕަސަންޓު ބޮޑުވެފައިވާކަމަށް ބުނެފައިވެ އެވެ.

ވާލްޑް ބޭންކުން އިތުރަށް ބުނެފައިވާ ގޮތުގައި، މި މިންވަރަށް އާސަންދައިގެ ހޭދަ އިތުރުވެގެންދިޔައީ އެ ސްކީމްގެ ބައިވެރިން އިތުރުވެގެން ނޫނެވެ. އެއީ އެ މުއްދަތުގައި ތެރޭގައި އާސަންދަ ލިބޭ މީހުންގެ އަދަދު އިތުރުވެފައިވަނީ އެންމެ ތިން ޕަސަންޓެވެ.

"އާސަންދައަށް ކުރާ ހޭދަ އިތުރުވެގެން ގޮސްފައިވަނީ އައުޓްޕޭޝަންޓް ބޭހާއި ފަރުވާގެ އަގުތައް ވަރަށް ބޮޑަށް އުފުލިފައިވާތީ،" ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނީ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްއަށް ކުރި ހޭދަ 2017 އާއި 2019 އާދެމެދު އަހަރަކު 24 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.

ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވޭ

ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރުން މަސައްކަތް ފެށި އެވެ.

މިގޮތުން، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހެދި "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު" ފުރަތަމަ ގެޒެޓްކުރި އިރު އަގު ކޮންޓްރޯލްކުރަން އޮތީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެކަމަކު އޭގެ ފަހުން އެކަން މާޗްމަހާ ހަމައަށް ފަސްކޮށް ގަވައިދު ބަދަލު ކުރުމަށް ފަހު އޭގެ ފަހުން ވަނީ ޖުލައިމަހާ ހަމައަށް ވެސް ފަސްކޮށްފަ އެވެ.

އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ގަވައިދަށް އަމަލު ކުރަން ފެށިފައެއް ނުވެ އެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައިވަނީ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ކަމާ ގުޅޭ އިދާރާތަކާއެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ގާނޫނަށް އަމަލު ނުކުރެވި އާސަންދަ ބަޖެޓު ހުސްވެއްޖެ

މިއަހަރަށް ދައުލަތުގެ ބަޖެޓް ފާސްކުރި އިރު އާސަންދައަށް 730 މިލިޔަން ރުފިޔާ ކަނޑައެޅީ ބޭހުގެ އަގު ކޮންޓްރޯލްކުރާ އުސޫލު ތަންފީޒުކުރާ ގޮތަށެވެ. މިފަހަރު ކުޑަ ބަޖެޓެއް ކަނޑައެޅީ ބޭހުގެ އަގު ކުޑަކުރުމަށް ނިންމުމަށްފަހު، އެ ހިސާބުތަކަށް ބަލައިގެނެވެ. ނަމަވެސް ބޭހުގެ އަގަކަށް އަދި ބަދަލެއް ނުގެނެ އެވެ.

މި ގާނޫނަށް އަމަލު ނުކުރެވި މިދިޔަ މެއި މަހު އާސަންދައަށް ކަނޑައެޅި ބަޖެޓު ވަނީ ހުސްވެފަ އެވެ. ފިނޭންސުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުގައި މި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 1.1 ބިލިއަން ރުފިޔާ ވަނީ އާސަންދައަށް ހަރަދުކޮށްފަ އެވެ.

އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 371.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ބަޖެޓުގެ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރު ވެސް، އާސަންދައަށް ކުރި ހޭދައިގެ 50 ޕަސެންޓަށް ވުރެ ބޮޑު ބައި ހަރަދު ކުރީ ބޭހަށެވެ. އަދި 2014 ވަނަ އަހަރާ 2020 ވަނަ އަހަރާ ދެމެދު އަހަރަކު އެވަރެޖުކޮށް 23.7 އިންސައްތައިން ބޭހުގެ ހަރަދު ވަނީ ކޮންމެ އަހަރަކު ވެސް އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox