ހުޅުމާލެ އަށް ވަންނަ ނެރާ ދިމާލުން ފަޅު ތެރޭގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 19:55 ގައި ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
އަދި، އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންނަކީ ވެސް ޑިންގީގައި ތިބި މީހުން ކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ޓްރީޓޮޕްގައި އަދި އަނެއް ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހި ފިރިހެނުންނާއި ބިދޭސީ ފިރިހެނެއް އަދި އަންހެނެއް ކަމަށް ފުލުހުން ބުނެ އެވެ. އެ މީހުންގެ ހާލާއި ގުޅޭގޮތުން މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.














