ހުލާސާކޮށް އިއްޔެ: މަޝްރޫއުތައް އަވަސްކުރާނެ ކަމުގެ ޔަގީންކަން ޗައިނާ ސަފީރު ދެެއްވުން

ހުލާސާކޮށް އިއްޔެ: މަޝްރޫއުތައް އަވަސްކުރާނެ ކަމުގެ ޔަގީންކަން ޗައިނާ ސަފީރު ދެެއްވުން

ޗައިނާ އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތައް އަވަސްކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ދެއްވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރުނު އަހަރެވެ. މިފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު މަޝްރޫއުތައް ހިންގާފައި ވަނީ ޗައިނާ ސަރުކާރާއި އެގައުމުގެ ކުންފުނިތަކުންނެވެ. މިހާރު ވެސް އަންނަނީ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކުރަމުންނެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓާއި، މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްރޮޖެކްޓާއި، [އެހެން ޕްރޮޖެކްޓުތައް] ވެސް އަވަސް ކުރަން މަސައްކަތްކުރާނަން. އެއީ ވީހާވެސް އަވަހަށް އެ ޕްރޮޖެކްޓުތަކުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ލިއްބައިދިނުމަށް،" ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވި އެވެ.

އެ ޕްރޮޖެކްޓުތައް ވީހާ ވެސް އަވަހަށް ނިންމައި އިފްތިތާހުކުރަން ޗައިނާގެ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި އަދި އިތުރު ދާއިރާތަކުން ވެސް ގުޅުން ބަދަހިކުރަން އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ކުރިއަށްގެންދިޔަ އެންމެ ބޮޑު މަޝްރޫއަކީ ސިނަމާލެ ބްރިޖު މަޝްރޫއު އެވެ. އަދި، "ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތްކޮށްފައި ވަނީ ވެސް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިން ގްރޫޕުންނެވެ.

"ސިއްހަތު، ތިމާވެށި ހިމާޔަތްކުރުން، ނޫ އިގްތިސާދު އަދި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކޮށް ރާއްޖޭގެ އިގްތިސާދު ސިންދިފާތު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެހީވާން ޗައިނާ އިން އެއްބާރުލުން ދޭނެ. ޕެރިސް އެގްރީމެންޓަށް ދެ ގައުމު ގުޅިގެން އަމަލުކޮށް މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވެސް އެހީވާނެ،" އޭނާ ވިދާޅުވި އެވެ.

ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި އެންމެ މުހިންމީ ދެ ގައުމުގެ އެންމެ އިސް ލީޑަރުން އެއްބަސްވެފައިވާ ގޮތަށް ކަންކަން ގެންދިޔުން ކަމަށް ވެސް ވާން ވިދާޅުވި އެވެ. އަދި، ދެގައުމުގެ ގުޅުމުގެ ތަޖުރިބާއިން ފިލާވަޅު ލިބިގަނެ އެ ގުޅުން ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގެ ގައުމީ އަދި ސަރަހައްދީ އިސްތިގުލާލު ހިމާޔަތްކުރުމަށާއި މިނިވަން ހާރިޖީ ސިޔާސަތެއް ގެންގުޅުމަށް ޗައިނާއިން އެއްބާރުލުން ދޭނެ. އަޅުގަނޑުމެން ގަބޫލުކުރަނީ ވަން ޗައިނާ ޕޮލިސީ ދިވެހި ސަރުކާރުން ބަލައިގަނެ ޗައިނާގެ އެންމެ މުހިންމު މަސްލަހަތު ހިމާޔަތް ކުރަން ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށް،" ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ވިދާޅުވި އެވެ.

ޗައިނާ އާއި ރާއްޖެއާ ދެމެދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ރިވިއު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާއިރު އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށް އެދޭ ކަމަށް ވެސް ވާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދިޔަ އެވެ. އެގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރެއްވި އެވެ. އަދި، ރައީސް ޔާމީން ވެސް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ރާއްޖޭގެ ހާރިޖީ ސިޔާތުގައި އެންމެ ނުފޫޒު ގަދަ ގައުމަކަށް ވެފައި އޮތީ ޗައިނާ އެވެ. އަވަށްޓެރި އިންޑިއާ އާ ދެމެދު އޮތް ގުޅުން ހީނަރުވެގެންދިޔަ އެވެ. ނަމަވެސް، މި ސަރުކާރު އައިސް އަލުން އަނބުރާ އިންޑިއާ އާއެކު އޮތް ގުޅުން ވަނީ އިޔާދަކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކޮވިޑް-19 ފެނުމާ އެކު ހުއްޓާލާފައިވާ ރާއްޖެ އާއި ޗައިނާއާ ދެމެދު ބާއްވާ ފްލައިޓުތައް އަންނަ މަހު އަލުން ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާން ލިޖިން ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • މާލެ ސަރަހައްދުން "ބިންވެރިޔާ ސްކީމް" ގެ ދަށުން ސަރުކާރުން ދޫކުރާ ގޯތީގެ ޝަރުތުތަކާއި އުސޫލުގެ އިންސާފާ މެދު ސުވާލު އުފައްދަން ފުރުސަތު ލިބެނީ ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ޖެއްސިފައި ނެތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިއްޔެ އެވެ.
  • ރާއްޖޭގެ އުތުރާއި ދެކުނުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި އޮތް ސަރަހައްދީ ބަނދަރުތައް ތަރައްގީވެގެން ދިޔުމާ އެކު ރަށްރަށުގެ އިގްތިސާދަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުއާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވީ:

ހަނިމާދޫ އެއާޕޯޓު ތަރައްގީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން, މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއް. މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީހުގައި ވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް،

ދުވަހުގެ ފޮޓޯ

ރާއްޖެ އަދި ލާއޯސް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ތެރެއިން. ބްރޫނާއީގައި ކުޅުނު މި މެޗުން ރާއްޖޭގެ ޓީމު މޮޅުވީ 3-1 އިން. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖޭން މި ވަނީ ލާއޯސްއާ ދެކޮޅަށް ކުުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައި --- ފޮޓޯ: އެފްއޭއެމް
ރާއްޖެ އަދި ލާއޯސް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ތެރެއިން. ބްރޫނާއީގައި ކުޅުނު މި މެޗުން ރާއްޖޭގެ ޓީމު މޮޅުވީ 3-1 އިން. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖޭން މި ވަނީ ލާއޯސްއާ ދެކޮޅަށް ކުުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައި --- ފޮޓޯ: އެފްއޭއެމް

ރާއްޖެ އަދި ލާއޯސް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ތެރެއިން. ބްރޫނާއީގައި ކުޅުނު މި މެޗުން ރާއްޖޭގެ ޓީމު މޮޅުވީ 3-1 އިން. ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ރާއްޖޭން މި ވަނީ ލާއޯސްއާ ދެކޮޅަށް ކުުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައި --- ފޮޓޯ: އެފްއޭއެމް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox