ލ. ގަން ތުނޑީ އަވަށުން ދުވަސްވީ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
އޭނާ ގެއްލިގެން އުޅޭ ކަން ހާމަކޮށް އާއިލާއިން ފޭސްބުކްގައި ޕޯސްޓެއް ވެސް ވަނީ ކޮށްފަ އެވެ. ގެއްލިގެން ހޯދަނީ ގަން ތުނޑި ރަތްފުސްގެ ޚަދީޖާ އަބްދުލް ރަހްމާން, 85 އެވެ.
އާއިލާ މީހަކު ކުރި ޕޯސްޓްގައިވާ ގޮތުން މިއަދު ހަވީރު 5:45 ހާއިރު ފެށިގެން އޭނާގެ ހަބަރެއް ވެފައެއް ނުވެ އެވެ.
ގަން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "އަދަދު"އަށް ވިދާޅުވީ މިއަދު މެންދުރުފަހާއި ހަވީރުގެ ވަގުތު ވެސް އޭނާ ގޭގައި އުޅުނު ކަމަށް އާއިލާއިން މައުލޫމާތު ދިން ކަމަށެވެ.
ޚަދީޖާ ހޯދުމަށްޓަކައި ރަށުގެ ވަރަށް ގިނަ އާންމުންނާއި ފުލުހުން ވެސް ނުކުމެ އެ މަސައްކަތް ކުރަމުންދާ ކަމަށް ޒަކީ ވިދާޅުވި އެވެ.

ފުލުހުން ބުނީ އަންހެން މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.












