ހުލާސާކޮށް އިއްޔެ: މަސް ނުކިރި މަސްވެރިންގެ ހިތްހަމަނުޖެހުން ސަރުކާރަށް

ފޮޓޯ: ޒުވާން ަ

ފޮޓޯ: ޒުވާން ަ

މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މަސްވެރިކަން ރަނގަޅުވި ނަމަވެސް މަސް ކިރުވުން ލަސްވާ ކަމަށާއި މިފްކޯގައި ކެޕޭސިޓީ ނެތް ކަމުގެ ޝަކުވާ އިއްޔެއިން ފެށިގެން މަސްވެރިން ދަނީ ކުރަމުންނެވެ.

މަސްވެރިކަމުގެ ފަހި މޫސުން ފެށި، އެކި ހިސާބުތަކުން ދަނީ ގިނަ އަދަދަކަށް މަސް ބާނަމުންނެވެ. އެގޮތުން ބައެއް ދޯނިތަކުން 30 ޓަނު، 40 ޓަނުވެސް ދަނީ ބާނަމުންނެވެ.

އިއްޔެ މިފްކޯއަށް މަސް ކިރުމަށް އައްޑޫއަށް ގޮސް އޮތް ފަރެސްމާތޮޑާގެ މަސްވެރިއަކު ބުނީ މަސް ކިރުމަށް ކިޔުއަށް އެރީ އާދިއްތަ ކަމަށެވެ. ނަމަވެސް، އަދިވެސް މަސް ކިރުވިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ކިޔު ވަރަށް ދިގު. އާދިއްތައިގައި އައި ގޮތަށް މި ތިބީ. އަދި ކިރޭ ގޮތެއް ނުވޭ. މިހާރު މަސް ކިރާއިރު ވަކި ލިމިޓެއް ނެތި މަސް ނަގާތީ ފަސޭހަ، ބާނައިގެން އަންނަ ހުރިހާ މަހެއް ނަގާ،" އޭނާ ބުންޏެވެ.

މި ނޫހާ ވާހަކަ ދައްކަމުން އެހެން މަސްވެރިއަކު ބުނީ ގިނަ ދުވަސްތަކަކަށްފަހު މަސް ބޭނިގެން މަސް ކިރަން އަނެއްކާވެސް އުނދަގޫވެފައިވާ ކަމަށެވެ.

"މިހާ ދުވަހުން މަސް ބާނައިގެން އައީމަވެސް މަސްވެރިން މި ޖެހެނީ މަސް ނުކިރިގެން ނޫނީ އައިސް ނުލިބިގެން އުޅެން. އެއްކޮޅަށް ދުއްވާފަ އަނެއްކޮޅަށް ދުއްވާފަ އުޅެން،" އޭނާ ބުންޏެވެ.

އިތުރު ބޯޓެއް ގަންނަން މިފްކޯއިން ބަލަނީ

މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ބޭނުމަކީ މީގެ ކުރިންވެސް މަސްވެރިކަމުގެ މޫސުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ.

އެކަމަށް ހައްލެއް ގެނައުމަށް ބާނަމުންދާ ހުރިހާ މަސް ގަނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތުގައި ބޭރުގެ ބޯޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

އަދި މަސްވެރިކަމުގެ މޫސުން ފެށުމުގެ ކުރިން އެކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން މިފްކޯގެ އެމްޑީ އިސްމާއިލް ފައުޒީ މި ނޫހަށް ވިދާޅުވީ ސްޓޯރޭޖް ކެޕޭސިޓީ ރަނގަޅު ކުރުމަށް މެޝިނަރީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެ އިތުރުން ކެޕޭސިޓީ އިތުރު ކުރުމަށް އަޅުގަނޑުމެން މި ދަނީ އިތުރު ބޯޓުފަހަރުވެސް ބަލަމުން. މިއީ ބާޒާރުން ޗޮކްލެޓް ގަތުން ކަހަލަ ކަމެއް ނޫން. ވަގުތު ނަގާނެ. ބަލަން ޖެހޭ ކަންކަން ބަލާ ގަންނައިރު ގަންނާނީ ރަނގަޅު އެއްޗެއް،" އިސްމާއިލް އިއްޔެ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކެޕޭސިޓީގައި ހުރި ވަރަކުން މަސް ނަގަމުންދާނެ ކަމަށެވެ. އެގޮތުން ބައެއް ދޯނިތަކުން ދެ ބުރަށް މަސް ބަނައިގެން މަސް ކިރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އިސްމާއިލް މި ނޫހަށް ވިދާޅުވީ ސްޓޯރޭޖް ކެޕޭސިޓީ ރަނގަޅު ކުރުމަށް މެޝިނަރީއަށް ގެންގަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް.

މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށާއި، ފިނިކޮށްފައި މަސް ބެހެއްޓޭ ޖާގަ އިތުރުކުރުމަށް މަޝްރޫއުތަކެއް ވެސް ވަނީ ފަށައިފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރާއި ޗެއާމަނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދެއްވި އިބްރާހިމް ވަހީދު (އެންސްޕާ އިބުރޭ) ގެ ތުހުމަތުތަކަކީ "ބުހުތާން ދޮގު" ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސައީދު ވިދާޅުވީ އިއްޔެ އެވެ.
  • ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ވަޒީރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ނުފޫޒު ފޯރުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވި ނަމަވެސް ޕާލިމެންޓްރީ ގްރޫޕްގައި ބައިވެރިވާ މެންބަރުންނަށް އެފަދަ ކަމެއް ނެތް ކަން އެނގޭނެ ކަމަށް އެ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.
  • އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ދައުރު ހަމަވުމުން އަލަށް އިންތިހާބުކުރާ ސެކްރެޓަރީ ޖެނެރަލަކީ އަންހެން ބޭފުޅަކަށް ވާން ޖެހޭ ކަމަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

އެމްޑީޕީގެ ޕީޖީ ބައްދަލުވުންތަކެއް ނުހިނގާ ކަމަށާއި އެއްވެސް މައްސަލައެއްގައި ބަހުސް ވެސް ނުކުރާ ކަމަށް ގައްދޫ ދާއިރާގެ މެމްބަރު ކުރި ތުހުމަތުތަކާ ގުޅިގެން އެ ޕާޓީގެ ޕީޖީ ލީޑަރު އަސްލަމް "އަދަދު" އަށް ވިދާޅުވީ:

ޕީޖީ ގްރޫޕްގެ ބައްދަލުވުންތަކުގައި ބައިވެރިވާ މެންބަރުންނަށް އެނގޭނެ، ބައިވެރިނުވާ މީހަކަށް، މިތަނަށް ނާންނަ މީހަކަށް، މީގަ ނޫޅޭ މީހަކަށް ނޭނގޭނެ މި ތަނުގެ ވާނުވާއެއް

ދުވަހުގެ ފޮޓޯ

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ގައުމީ ޓީމާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވުން. މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްދިނީ ފައިސަލް --- ފޮޓޯ: ރައީސް އޮފީސް
ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ގައުމީ ޓީމާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވުން. މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްދިނީ ފައިސަލް --- ފޮޓޯ: ރައީސް އޮފީސް

ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ވިމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ އަންހެން ގައުމީ ޓީމާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކުރެއްވުން. މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްދިނީ ފައިސަލް --- ފޮޓޯ: ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox