ގިނަ ހަރަކާތްތަކާއެކު ފުލުހުން އާންމުންނާއެކު ހަފްތާއެއް

ގިނަ ހަރަކާތްތަކާއެކު ފުލުހުން އާންމުންނާއެކު ހަފްތާއެއް

ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން "އަވަށްޓެރި ފުލުހުންގެ ހަފްތާ" ގެ ހަރަކާތްތައް މާލެ ސިޓީއާއި އަތޮޅުތަކުގައި ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ 24ގެ ނިޔަލަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި ގިނަ ކަންތައްތަކެއް ރާވާފައިވެ އެވެ.

ޗީފް އިންސްޕެކްޓާ އަބްދުﷲ ރަޝީދު "އަދަދު" އަށް ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ފުލުހުންނާއި އާންމުންނާ އޮންނަ ގުޅުން މިއަށްވުރެ ރަނގަޅުކޮށް ކުރިއަށް ގެންދެވޭނެ ކަންކަން ރޭވުން ކަމަށެވެ.

އެގޮތުން އަވަށްޓެރި ފުލުހުންގެ ހަފްތާ ފެށުމުގެ ފުރަތަމަ ހަރަކާތުގެ ގޮތުން މިއަދު ހެނދުނު ވަނީ މާލެ އާއި އަތޮޅުތަކުގެ އެކި ރަށްރަށުގައި ހުރި ސްކޫލުތަކުގެ އެސެމްބްލީގައި ފުލުހުން ބައިވެރިވެފަ އެވެ. މިއަދު ފުލުހުން ވަނީ އެސެމްބްލީގައި ބައިވެރިވެ "ސައިބާ ސޭފްޓީ އާއި ބުލީން" އާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ އެސަމްބަލީގައި މިއަދުގެ ހަރަކާތުގެ ތެރެއިން ވަނީ މާލެ ސިޓީގެ 16 ސްކޫލެއްގެ 9290 ދަރިވަރުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އަތޮޅުތެރެއިން އެކި ސްކޫލަކުން ޖުމްލަ 20778 ދަރިވަރަކަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން މި ހަފްތާގައި ރޭވިފައިވާ ކަންކަމަށް ބަލާއިރު މިއަދު ހަވީރު މާލެ އާއި އަތޮޅުތަކުގައި "ވޯކް އެންޑް ޓޯކް" ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ.

އަބްދުﷲ ވިދާޅުވީ މިހަރަކާތުގައި މާލޭގެ އެކި ސަރަހައްދުތަކުގައާއި އަތޮޅުތެރޭގެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

"މި ހަރަކާތުގައި ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ވާހަކަތައް ފުލުހުންނާ ހިއްސާކުރެވޭނެ. މައިގަނޑު ގޮތެއްގައި ކުރާނީ ހަތަރު ސުވާލެއް. އެއީ މިހާރަށްވުރެ އާންމުންނަށް ދޭ ހިދުމަތް ރަނގަޅުކޮށް ރައްޔިތުންނާ ގާތުން މަސައްކަތް ކުރުމަށް ކުރެވޭ ސުވާލުތަކެއް،" އޭނާ ވިދާޅުވި އެވެ.

އަވައްޓެރި ފުލުހުންގެ ހަފްތާގެ ހަރަކާތްތައް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، ދެން ހިމެނެނީ:

  • ގޭގެއަށް ޒިޔާރަތްކޮށް އާއިލާތަކާއި ބައްދަލުކުރުން
  • ކޮމިޔުނިޓީ މީޓންގްތައް
  • ލޭ ހަދިޔާކުމުގެ ކޭމްޕް
  • ހާއްސަ ފުޓްބޯޅަ މެޗެއް
  • ވިޒިޓިންގް ވަލްނަރަބަލް ޕޮޕިޔުލޭޝަން
  • ގުރައިދޫއަށް ޒިޔާރަތްކުރުން
  • ކޮމިޝަނަރ މީޓިންގް ޕެނަލް
  • އަވަށްޓެރި ފުލުހުން މީޑިޔާއަށް
  • އަ ޑޭ ވިދް ޕާޓްނާސް
  • ޕްލާސްޓިކް ކްލީނިންގް އިވެންޓް
  • ޕާކްތަކަށް ޒިޔާރަތްކުރުން
  • އަވަށްޓެރި ފުލުުހުންގެ ހަވީރެއް

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox