ސެކިޔުރިޓީ އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ

ފުލުހަކާއި އެމްއެންޑީއެފް މީހެއް-- ފޮޓޯ: އަދަދު

ފުލުހަކާއި އެމްއެންޑީއެފް މީހެއް-- ފޮޓޯ: އަދަދު

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދިވެހި ފުލުހުންގެ ހިދުމަތުގެ ދަށުން ހިންގާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އާ ގުޅިގެން ސެކިއުރިޓީ އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އަންނަ މަހު ފެށުމަށް ނިންމައިފި އެވެ.

ސެކިއުރިޓީ އޮފިސާސް އިނިޝިއަލް ޓްރެއިނިން (އެސްއޯއައިޓީ) ޕްރޮގްރާމުގެ މަގުސަދަކީ ސެކިއުރިޓީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިދީ، އެ ދާއިރާގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް އިތުރަށް ކުރިއެރުވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ފިޔަވަހީގައި 30 ސެކިއުރިޓީ އޮފިސަރުން ތަމްރީން ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. ދ.ވާނީގައި، 14 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ސަރުކާރުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މިނިސްޓްރީން ބުނީ އެ ދާއިރާއަށް ބޭނުންވާ ދިވެހި މުވައްޒަފުން ތަމްރީނުކޮށް އަދި ދިވެހި މުވައްޒަފުންނަށް ފުރުސަތު ލިބުމުގައި ހުރި ދަތިތައް ނައްތާލުމަކީވެސް މި ތަމްރީނު ޕްރޮގްރާމުގެ އަމާޒެއް ކަމަށެވެ.

އަދި، ސެކިއުރިޓީ ދާއިރާއަކީ ޕްރޮފެޝަންއެއްގެ ގޮތުގައި ދިވެހިރާއްޖޭގައި ކުރިއަރަމުން އަންނަ އަދި ގިނަ ފުރުސަތުތަކެއް ހުރި ދާއިރާއެއް ކަމުން، މި ދާއިރާއަށް ބޭނުންވާ ދިވެހި މަސައްކަތްތެރިން ތަމްރީނުކޮށް، ވަޒީފާގެ ބާޒާރަށް ނެރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެގޮތުން، މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތައް މި ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމުގެ ފުރުސަތު ފަހި ވެގެންދާނެ ކމަށެވެ.

މި ޕްރޮގްރާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ޖޮބް ސެންޓަރު ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި, އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox