ވިލިމާލެ ބޭރުގައި އަޅާފައި އޮންނަ ވޭލް ސަބްމެރިންގެ ގޭސް ސިލިންޑަރުތަކެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިރޭ 21:10 ގައި ވިލިމާލެ ބޭރުން ބާރު އަޑެއް ގޮވި ކަމަށް މާފަންނު ފުލުހުންނާއި އައިޖީއެމްއެޗްގައި ތިބޭ ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި، އެއަށް ފަހު ބެލި ބެލުމުން އެ ދިމާލުން ބޭރުގައި އޮންނަ ވޭލް ސަބްމެރިންގެ ހަތަރު ސިލިންޑަރެއް ގޮވައިގެން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ހާމަކޮށްފައިނުވާއިރު ފުލުހުން އަންނަނީ އެތަނުގައި ހަރަކާތްތެރިވަމުންނެވެ.











