ހުލާސާކޮށް އިއްޔެ: މީޑިއާގެ މިނިވަންކަން އޮތްކަމަށް ރައީސް ވިދާޅުވުން

ހުލާސާކޮށް އިއްޔެ: މީޑިއާގެ މިނިވަންކަން އޮތްކަމަށް ރައީސް ވިދާޅުވުން

މީޑިއާ އާއި މައުލޫމާތު ފަތުރާ ފަރާތްތަކަށް ފުރިހަމަ މިނިވަންކަން އެބަ އޮތް ކަމަށާއި ނޫސްވެރިކަމުގެ މައްޗަށް ސަރުކާރުން އަތްގަދަ ކުރާނެ ޖާގައެއް މިއަދަކު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިއްޔެ އެވެ.

ބްރޯޑްކާސްޓިން ދާއިރާގެ ހިދުމަތްތެރީންގެ މަސައްކަތުގެ އަގު އަދާކުރުމަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން އިއްޔެ ރޭ ބޭއްވި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިޔާލު ފާޅުކުރުމަށް ދައްޗެއް މިއަދު ނެތް ކަމަށެވެ. އެހެން ނަމަވެސް، ކަމަކާ ގުޅިގެން ފެންނަ ގޮތާއި ދެކޭގޮތް ހާމަކުރާއިރު، ފާޅުކުރެވޭ ހިޔާލު ވާންވާނީ އަނެކާއަށް އިހުތިރާމްކުރެވޭ ހިޔާލަކަށް ކަމަށް ވިދާޅުވި އެވެ.

އެއްބައެއްގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކުންގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެން ނުވާނެ ކަމަށާއި މި އުސޫލާ ހިލާފަށް ބައެއް ކަންކަން ދާތީ އިސްލާހުކުރަންޖެހޭ ކަންކަން އަދިވެސް މީޑިއާ ދާއިރާގައި އެބަހުރިކަން ވެސް ފާހަގަކުރެއްވި އެވެ.

"..ކުރަންޖެހޭ ކަންކަން އަދިވެސް ގިނަ. މާލީ ދަތިކަން ހުރިކަން އަޅުގަނޑުވެސް ގަބޫލު ކުރަން. އެހެން ނަމަވެސް ޗެނަލް ހިންގާ ނިޔަތާ އެއްވަރަށް ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން އެމަންޒަރާ އަޑު އާއިލީ ސިޓިންގ ރޫމްތަކަކަށް ނުފެތޭ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއަށް ގިނަ ދުވަހަށް އަގުހުރި ހިދުމަތްތަކެއް ހިދުމަތްކުރެއްވި، ސަމަރްބުލޫ އިބްރާހިމް މަނިކާއި މަރުހޫމާ ޒާހިދާ އިބްރާހީމަށް "ލައިފްޓައިމް އެވޯޑް" އެރުވި ޖަލްސާގައި ރައީސް ވަނީ، މައުލޫމާތު ފެތުރުމުގެ ދާއިރާ އަށް އައި ކުރިއެރުންތަކާއި ބަދަލުތައް ފާހަގަކުރައްވާފަ އެވެ.

2008 ވަނަ އަހަރު ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ހަނިކުރެވިފައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ފެތުރުމުގެ ހައްގު މިނިވަންވެ، ފުޅާވެގެން ދިޔަކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ ބަދަލާ އެކު މީޑިއާ ދާއިރާއަށް ކަޅު ދުވަސްތަކަކާ ކުރިމަތިލާން ޖެހުނުކަން ވެސް ފާހަގަކުރެއްވި އެވެ.

"އަލަށް ގެނެވޭ އާ ނިޒާމަށް ހޭނުމުގާ ހުރިހާ އެންމެނަށް އޮންނަ އާކަން ނޫސްވެރިކަމަށްވެސް އޮންނާނެ. 2008 ގެ ފަހުން ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށް ފަހު ކުރިމަތިވި ކަންތައްތަކުން އެކަނިވެސް މިމަންޒަރު ފެނޭ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީވީ ޗެނަލްގެ އިމާރާތް އަންދާ އަޅިއަށް ހަދާލި. އެތަށް ނޫސްވެރިންނަކަށް. ނުރައްކާތެރި ހާލަތްތަކާ ކުރިމަތިވި. ސިޔާސީ މީހުން ނޫސްވެރިންނަށް. އަދި ނޫސްވެރިން ސިޔާސީ މީހުންނަށް ބަދަލުވާ އަވަސް މަންޒަރު ފެނޭ،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މައުލޫމާތު ފެތުރުމުގެ ދާއިރާއަށް ބޭނުންވާ އިސްލާހުތައް ގެނައުމަށާއި، ގެނެވޭ ހަބަރާއި މައުލޫމާތުގެ ފެންވަރު ރަނގަޅުކޮށް ފޭރާން ހެޔޮ މައުލޫމާތަކަށް ހެދުމަށް މިހާރަށްވުރެ ގިނަ މަަސއްކަތް ކުރަންޖެހޭ ކަމަށެވެ. އޭގެ ޒިންމާ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުގައި އެބައޮތް ކަމަށެވެ.

މިދިޔަ ޖުލައި މަހު ތަސްދީގުކުރަން ފެށީ ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިކަމަށް ހުރަސްއެޅޭގޮތަށް އޮތް މާއްދާ އަށް ވެސް ރައީސް އަލިއަޅުވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެ އިސްލާހާ މެދު މީޑިއާގެ ކަންބޮޑުވުން އޮތްކަން އެނގިލައްވާ ކަމަށެވެ. އެހެންކަމުން، މީޑިއާގެ ބޭފުޅުންނާ ބައްދަލުކޮށް، މަޝްވަރާކޮށްފައިވާނެ ކަމަށާއި، ހައްލެއް ހޯދުމަށް އެ ގާނޫނު އަލުން އިސްލާހުކުރުމަށް ނިންމަވައިގެން ހުންނެވިކަން ވެސް ހާމަކުރެއްވި އެވެ.

"..ހިޔާލު ފާޅުކުރުމާއި މައުލޫމާތު ފެތުރުމަށް ވުރެ، ނޫސްވެރިކަމާ ބްރޯޑްކާސްޓްކުރުމުގެ ޒިންމާ މާ ބޮޑު. އެއީ ގައުމީ މަސްލަހަތު ހިމާޔަތްކުރުން. ގައުމީ މަސްލަހަތާ ގުޅިފައިވާ ކަންކަމަށް ރައްޔިތުންގެ ހިޔާލާ ވިސްނުން ސީދާ ކޮށްދިނުން. ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގެ ތާރީހުން ވެސް ސާބިތު ކޮށްދެނީ އެ ހަގީގަތް،" ރައީސް ވިދާޅުވި އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އާދައިގެ މަސައްކަތްތައް ކުރަން ރާއްޖޭގައި އުޅޭ ބިދޭސީންނަށް، އެ މީހުންގެ ގައުމުން ލިބޭ އާމްދަނީއަށް ވުރެ ރަނގަޅު އާމްދަނީއެއް ރާއްޖޭގައި ވަޒީފާ އަދާކޮށްގެން ލިބޭ ކަމަށް ވިދާޅުވެ, ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދިފާއު ކުރެއްވީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު އޮތް ވަރުގައި ހިފަހެއްޓުމަށް ޓަކައި ގާނޫނު އަސާސީއަށް ބަދަލުގެންނަން ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި ބިލު އަނބުރާ ގެންގޮސް، ޕާޓީތަކާ މަޝްވަރާކުރަން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ގޮވާލެއްވީ އިއްޔެ އެވެ.
  • ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުވުން ލަސްވުމުން، "އަމުރު ނެރެގެން ވިޔަސް" މިނިސްޓަރު ހާޒިރު ކުރަން ކޮމިޓީން ނިންމީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ބިދޭސީންނަށް މިނިމަމް ވޭޖު ދިނުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިއްޔެ "އަދަދު" އަށް ވިދާޅުވީ:

އެ 99 ޕަސެންޓް މީހުންނަށް އެ މީހުންގެ ގައުމުގައި ލިބޭ އާމްދަނީއަށް ވުރެ ވަރަށް ރަނގަޅު އާމްދަނީއެއް ދަނީ ލިބެމުން. މިވަގުތު އެ މީހުންގެ މިނިމަމް ވޭޖް ދޭން ފަށާއިފިނަމަ, ކުންފުނިތަކަށް ވެސް ވަރަށް ބޮޑު ބުރައަކަށް ވާނެ. އަދި މަސައްކަތުގެ އަގުތަކަށް ވެސް. އެހެންވެ، މި ވަގުތަށް އެކަން ތަންފީޒުކުރުން މަޑުޖައްސާލަނީ،

ދުވަހުގެ ފޮޓޯ

ބޯހިމެނުމުގެ މަސައްކަތުގައި އެނިއުމެރޭޓަރުން ހަރަކާތްތެރިވަނީ. މިފަހަރުގެ ބޯހިމެނުމަށް މައުލޫމާތު އެއްކުރާއިރު ގޭގޭގެ އިތުރުން ވިޔަފާރިތަކާއި އެކި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް އެއްކުރާނެ. އެންމެފަހުން ރާއްޖޭގައި ބޯހިމެނީ 2014 ވަނަ އަހަރު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބޯހިމެނުމުގެ މަސައްކަތުގައި އެނިއުމެރޭޓަރުން ހަރަކާތްތެރިވަނީ. މިފަހަރުގެ ބޯހިމެނުމަށް މައުލޫމާތު އެއްކުރާއިރު ގޭގޭގެ އިތުރުން ވިޔަފާރިތަކާއި އެކި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް އެއްކުރާނެ. އެންމެފަހުން ރާއްޖޭގައި ބޯހިމެނީ 2014 ވަނަ އަހަރު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބޯހިމެނުމުގެ މަސައްކަތުގައި އެނިއުމެރޭޓަރުން ހަރަކާތްތެރިވަނީ. މިފަހަރުގެ ބޯހިމެނުމަށް މައުލޫމާތު އެއްކުރާއިރު ގޭގޭގެ އިތުރުން ވިޔަފާރިތަކާއި އެކި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް އެއްކުރާނެ. އެންމެފަހުން ރާއްޖޭގައި ބޯހިމެނީ 2014 ވަނަ އަހަރު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox