ހުލާސާކޮށް އިއްޔެ: ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ފެށުން

ހުލާސާކޮށް އިއްޔެ: ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ފެށުން

މުޅި ރާއްޖޭގެ ބޯހިމެނުގެ މަސައްކަތް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ފެށީ އިއްޔެ އެވެ.

އެންމެ ފަހުން ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 2014 ވަނަ އަހަރު އެވެ. މިއީ އެފަހުން ބޯހިމަނާނެ ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ބޯހިމެނުމަށް މައުލޫމާތު އެއްކުރާއިރު ގޭގޭގެ އިތުރުން ވިޔަފާރިތަކާއި އެކި މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވެސް އެއްކުރާނެ އެވެ.

ބޯހިމެނުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާފަރާތްތަކާ އިއްޔެ ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުކުރެއްވުމުފައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި މިއަދު ފެށިގެން މި ދާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއް ކަމަށެވެ.

އަދި ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބޯހިމެނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދާތަނަށް ރައީސް ވަޑައިގެން އެމަނިކުފާނު ވަނީ ވަކިވަކީން މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައިފަ އެވެ.

މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގެ މަސައްކަތްތައް ކުރިއަށްދާނީ މިއަދު އާއި މާދަމާ އެވެ. އަދި ބޯހިމެނުމުގެ ތަފްސީލް މައުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ މި މަހުގެ 17 އިން 25 ގެ ނިޔަލަށެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލޭގައި މިހާރު މިނީ ބަހުގެ ހިދުމަތް ފެށި ނަމަވެސް ޓެކްސީ ތަކަށް ލިބޭ އާމްދަނީ ދަށް ނުވާ ކަމަށް ޓެކްސީ އެސޯސިއޭޝަނުން ބުނީ އިއްޔެ އެވެ.
  • ސަރުކާރު ހިންގާ ކޯލިޝަން ރަސްމީ ސިފައެއްގައި ދެމިއޮތް ނަމަވެސް، ވެރިކަމަށް އައުމުގެ ކުރިން އެއްބަސްވި މިންވަރާ ގާތަށް ވެސް ސަރުކާރުގެ ހިއްސާ ނުލިބޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އިއްޔެ އެވެ.
  • ގދ. މަޑަވެއްޔާއި އެ އަތޮޅު ހޯނޑެއްދޫއާ ހަމައަށް ކޯޒްވޭއަކުން ގުޅައިލުމުގެ އާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ނުހައްގު މުއްސަނދި ކަމުގެ ގާނޫނާ ގުޅޭގޮތުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ:

އަޅުގަނޑުމެން، މުއައްސަސާތަކުގެ އެންމެ މަތީ ލެވެލް އިން، ޓެކްނިކަލް ލެވެލްގައި ވެސް ކުރެވުނު މަޝްވަރާތަކުގެ އަލީގައި އަޅުގަނޑުމެންނަށް އަންޑަސްޓޭންޑްވި އެކައްޗަކީ މިހާރު އެ ކުށް [ގާނޫނުގައި] ލިޔެވިފައި އޮތް ގޮތުން އޭގައި ދައުވާ ކުރުމާ މެދުގައި ކޮންމެވެސް ކަހަލަ ގޮންޖެހުންތަކެއް، ކަންބޮޑުވުންތަކެއް އެބަހުއްޓޭ،

ދުވަހުގެ ފޮޓޯ

އަމީނީ މަގު ހެދުމުގެ މަސައްކަތް އިއްޔެ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ ފަށާފައި. އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84 މިލިއަން ރުފިޔާއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އަމީނީ މަގު ހެދުމުގެ މަސައްކަތް އިއްޔެ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ ފަށާފައި. އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84 މިލިއަން ރުފިޔާއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަމީނީ މަގު ހެދުމުގެ މަސައްކަތް އިއްޔެ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ވަނީ ފަށާފައި. އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 84 މިލިއަން ރުފިޔާއަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox