ރައީސްގެ ތައުރީފު ދިވެހި އަސްކަރިއްޔާ އަށް؛ އިންޑިއާ ކަނޑުގެ ސަރަހައްދީ ސުލްހައަށް ސިފައިން އަދާކުރާ ދައުރު ވަރަށް ފުރިހަމަ

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިރޭގެ ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދިވެހި ދައުލަތުގެ ސިޔާދަތުގެ އިތުރަށް އިންޑިއާ ކަނޑުގެ ސަރަހައްދީ ސުލްހަ ދަމަހައްޓަން ވެސް ދިވެހި އަސްކަރިއްޔާގެ ސިފައިން އަދާކުރަމުން ދަނީ ވަރަށް ފުރިހަމަ ދައުރެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ ސިފައިންގެ އެންމެ މުގައްދަސް ވާޖިބަކީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުން ކަމަށްވާއިރު އެ ކަން ކުރެވޭނީ ސަރަހައްދީ ސުލްހަ ދެމި އޮތް މިންވަރަކުން ކަމަށެވެ.

.. އެހެންކަމުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، އަޅުގަނޑުމެން ދިވެހިން ވެސް އަދާކުރަން ޖެހޭ ދައުރެއް އެބަ އޮވޭ، މިއަދުގެ ދިވެހި އަސްކަރިއްޔާއިން އެ ޒިންމާ ވަރަށް ފުރިހަމައަށް އަދާކުރަމުން އަންނަކަން އަޅުގަނޑު ގަބޫލުކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއާ އެކު ޓެރަރިޒަމްގެ އުކުޅުތައް ވެސް ބަދަލުވަމުން އަންނައިރު، އެތެރެއިންނާއި ބޭރުން ވެސް އެ ނުރައްކާތައް ރާއްޖެ ކުރިމަތިވަމުން އަންނަ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ، ކަމަށާއި އެކަމަށްޓަކައި، އަސްކަރިއްޔާގެ އިތުރުކުރުމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ދިވެހިން ކުރިމަތިލާފައިވާ މި ނާޒުކު އިގުތިސޯދީ އަދި އިޖުތިމާއީ ހާލަތުގައި ދިވެހި އަސްކަރިއްޔާގެ ބާރުގަދަކަން ދެމެހެއްޓުމަށްޓަކައި، މި ވެރިކަމުގައި ވޭތުވެދިޔަ ހަތަރު އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ގައުމުގެ ދިފާއުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރުވަނީ ހޯދިފައި، ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ އިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުން." ރައީސް ސޯލިހުވިދާޅުވި އެވެ.

ދިވެހި ސިފައިންގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަށް އެކުވެރި ގައުމުތަކުން ދެވޭ އެހީތެރިކަން އަބަދުވެސް ހަނދުމަ ކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ދިފާއީ އަދި ހާރިޖީ ސިޔާސަތުތަކަށް ވާދަވެރި ފަރާތްތަކުގެ ފާޑުކިއުން އަމާޒުވެފައި އޮތްއިރު، އެ ވާހަކަތައް ރައްދު ދެއްވައި ވެސް ވާހަކަފުޅު ދެއްކެވި އެވެ.

"ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އަޅުގަނޑުމެން ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަގީންކަމެއް ލިބިފައި" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ދިވެހި އަސްކަރިއްޔާއަކީ އަސްކަރީ ވާޖިބުތަކުގެ އިތުރުން މަދަނީ އެތައް ހިދުމަތްތަކެއް ވެސް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އެ ގޮތުން ކަނޑުމަތި ޕެޓްރޯލް ކުރުމާއި ކަނޑުމަތީ ހާދިސާތަކުގައި ފުރާނައާއި މުދާ ރައްކާތެރިކުރުމަށާއި، ރާއްޖޭގެ ރަށްރަށަށް އުދަ އެރުމާއި ވާރޭގެ ސަބަބުން ފެން ބޮޑުވެގެން ކުރިމަތިވާ ހާދިސާތަކުގައި ފުރާނައާއި މީހުންގެ ގެދޮރާއި މުދާ ރައްކާތެރި ކުރުމަށް ސިފައިން އަދާކުރާ ދައުރު ރައީސް ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެގެން ދިޔައިރު އެންމެ ލޮޖިސްޓިކް ހިދުމަތެއް ދެވިގެން ދިޔަ މުއައްސަސާއަކީ ވެސް ދިވެހި އަސްކަރިއްޔާކަން ރައީސް ފާހަގަ ކުރެއްވި އެވެ. މި ގޮތުން ސެނެހިޔާ ހޮސްޕިޓަލްގައި ގާއިމް ކުރި ފްލޫ ކްލިނިކަކީ އެންމެ ދިގު މުއްދަތަށް ދެމިދިޔަ ކްލިނިކްކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox