ހުލާސާކޮށް އިއްޔެ: ދެކުނުގެ މުސްތަގުބަލާ ގުޅިފައިވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުން

ހުލާސާކޮށް އިއްޔެ: ދެކުނުގެ މުސްތަގުބަލާ ގުޅިފައިވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުން

ދެކުނުގެ ހުރިހާ ރަށެއްގެ ވެސް މުސްތަގުބަލާ ގުޅިފައިވާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ލ. ގަމުގައި ފެށީ އިއްޔެ އެވެ. މި ކޮންފަރެންސްގައި ސީޓީތަކުގެ މޭޔަރުންނާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން ބައިވެރިވެ އެވެ.

"މިއަދުގެ މި އިހްތިފާލާ ހަމައިން އަޅުގަނޑަށް ފެންނަ އެންމެ ބޮޑު އެއް ކާމިޔާބަކީ އެއީ,"

ރާއްޖޭގެ ދެކުނުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ރައީސުން އެއްވެ ތިއްބެވި, "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެއްޓެވުމުގެ ގޮތުން އިއްޔެ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވީ އެކަމެވެ.

ލާމަރުކަޒީ ނިޒާމް, ހަރުދަނާކޮށް ފުރިހަމަ ކުރުމަށްޓަކައި ރައީސްގެ އިސްނެންގެވުމަށް ބާއްވަމުން ގެންދަވާ "ވިއަވަތި ރާއްޖެ"ގެ ތިންވަނަ ކޮންފަރެންސްގައި ރައީސް ވިދާޅުވީ އުތުރުން ދެކުނަށް މުޅި ރާއްޖެ އޮތް ދިގަށް ބެލިޔަސް، ވަރަށް ބޮޑު ތަފާތެއް މިހާރު ފެންނަ ކަމަށާއި ދިމާ ދޮރުމަތިން, ތިމާ ގޭހުރި މަގުން, އަމިއްލަ ރަށުން, އަތޮޅުން، އަދި މުޅި ރާއްޖެއިން ވެސް މިހާރު ބަދަލު ފެންނާނެ އަދި އަތްލެވޭނެ, ބެލޭނެ ކަމަށެވެ.

"...ލާމަރުކަޒީ ނިޒާމަކީ މިހާތަނަށް މުޅި ރާއްޖެއަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު, މިއިން އަތޮޅެއް ރަށެއްގާ މީގެކުރިން ޖެހި ކޮންމެ އިސްކުރެއް، މޮހޮރެއް ޖެހީ މަރުކަޒީކޮށް މިރަށްތަށް ގުޑި ނުލެވޭވަރު ކުރުމަށް," ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ހިންގާ ކިތަންމެ ބޮޑު މަޝްރޫއެއް ކަމުގައި ވިޔަސް އެއީ އެ ރަށަކަށްޓަކާ ކުރާ ކަމެކެވެ. ކަރަންޓެއް، މަގެއް، ބަނދަރެއް، ފެނެއް، ނަރުދަމާއެއް، އެއާޕޯޓެއް ކަމުގައިވިޔަސް މީގައި ވަކި ތަފާތެއް ނެތް ކަމަށެވެ. ރައީސް ވިދާޅުވީ ކޮންމެ ސިޔާސަތަކީ ރައްޔިތުން ވީއްލި އުދުއްސައިގަނެވޭނެ ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ ތަރައްގީ ކަމަށާއި ބޭނުމަކީ ކޮންމެ ރައްޔިތަކަށް ވެސް އެ ރައްޔިތަކު އިހްތިޔާރު ކުރާ ތަނެއްގާ އުފާފާގަތި ކަމުގައި އާއިލާ ބިނާކޮށް، ދިރިއުޅެވޭނެ މަގު ފަހިކުރުން ކަމަށެވެ.

"އެ ރަށުގައި ނެތް މިރަށުގާ ހުރި ކިތަންމެ ފުރުސަތަކާ ހިދުމަތަކާ ވަސީލަތެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އެބަހުރި, މީގެ ކޮންމެ ދެ ރަށެއް އާރްޓީއެލްގެ ޒަރިއްޔާއިން ދުވާލު ދެއިރު، ބައްދަލުވެ، ލާމެހި، މާރުވާން ފެށުމުން ލިބޭ ނަތީޖާ ތަފާތުވާނެ, އޭރުން އެވާގޮތަކީ ދިރިދިރި ހިނގަ-ހިނގާ އޮތް އިގްތިސޯދެއްގެ ތަނަވަސްކަން، އެންމެނަށް ލިބުން," ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ދެން ދެއްކެވީ އެ ވިދާޅުވާ ވިދާޅުވުމުގެ މިސާލެކެވެ;

ތަކަންދޫ-މާރަންދޫގެ ހިކަނދި ރާނބާ އެންމެން ވެސް އަބަދުވެސް ބޭނުންވެ އެވެ. ހަމަ އެގޮތަށް ކެލާ ބާރަށުގެ ފަލަމަޑިއަށް ރަށްތަކުން އިންތިޒާރުކުރެ އެވެ. އަދި މިނޫނަސް، އެތައް ރަށެއްގެ އާދަޔާ ހިލާފް "މާދަރީ" އުފެއްދުން ހުރެ އެވެ. އާރްޓީއެލް މެދުވެރިކޮށް، މިތަކެތި ފީނުވެ ބޮޑު ތިލަދުންމައްޗަށް ރައްދު ކުރެވި އެ ރަށަކަށް އެ ރަށެއްގެ އަގު އިރު އޮއްސުމުގެ ކުރިން މިހާރު ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްދޫ-މުލީގާ އަޅާ އިގްތިސޯދީ އޮއިވަރު މާވަށް-ގުރައިދޫ ކަނޑުއޮޅިއަށް ވާސިލުވެ އެންމެންގެ ޖީބަށް އެ ތަނަވަސްކަން އަންނަންޖެހޭ ކަމަށާއި އެއީ ވިއަވަތި ޖަޒީރާ ރާއްޖެ، ހިނގަންޖެހޭ ގޮތް ކަމަށެވެ.

"އާ ގޮތަކުން، މާ މޮޅު އަނެއް ގޮތް، ގެނެސްދެނީ މި ނިޒާމް," ރައީސް ވިދާޅުވި އެވެ.

"ތިޔަބޭފުޅުން ކައުންސިލްތަކަށް އިންތިހާބުވެ, ތިޔަ ތިއްބެވީ ތަރައްގީގެ، މި މަސައްކަތް ކުރެއްވުމަށް, އަޅުގަނޑު މިމަގާމުގައި ދެމިހުންނާނީ ވެސް މި މަސައްކަތް މުޅިންނިންމާ ވަށާޖެހޭ ޖަޒީރާ ދިރިއުޅުމެއް، ހުރިހާ ދިވެހި ރައްޔިތުންނަށް ލިބިދިނުމަށް, އެ ނޫން އެއްވެސް ބޭނުމެއް – އަމާޒެއް، އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް," ރައީސް ވިދާޅުވި އެވެ.

އެއީ, ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތި ކަމާ ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ހައްގުވާތީ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރާމަސައްކަތުގައި އާއި، މުޅި އުމުރު އަވަދި ކުރަމުންދާ މީހާއަށް، ހައްގު އުޖޫރަ ލިބެންޖެހޭ ކަމަށާއި ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖް ކަނޑައެޅިއްޖެ ކަމަށެވެ. އެ ފައިސާ އަތަށް ލިބިއްޖެ ކަމާއި އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީއަށް، ކުރިން ނުވި އެތައް ރަނގަޅެއް ވެއްޖެކަން ރައީސް ފާހަގަކުރެއްވި އެވެ.

މިފަހުން, ރައީސް މީމު އަތޮޅަށް ކުރެއްވި ދަތުރުގައި އެ އަތޮޅު ރަތްމަންދޫގެ ރައްޔިތަކު ފާޅު ކުރި ޝުއޫރުތަކުން ވެސް ލާމަރުކަޒީ ތަރައްގީ ރާއްޖެއަށް މުހިންމުވެފައިވާ މިންވަރު ހާމަވެގެން ދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް އިއްޔެ ދެއްކެވީ ވެރިކަން ނިމިގެންދާއިރު ރާއްޖެއަށް އޮންނަންވާނެ ގޮތާމެދު އެމަނިކުފާނުގެ ދެކެވަޑައިގަންނަވާ ތަސައްވަރެވެ; ވިއަވަތި، ޖަޒީރާ، ފުދުންތެރި ރާއްޖެއެއް ހޯދައި, ތޮއްޖެހިފައި އޮތް މާލެއަށް ލުޔެއް ލިބި އިޖްތިމާއީ ދުޅަހެޔޮ ކަމާއި އިގުތިސޯދީ ވެށި ތަނަވަސްވުމެވެ.

"...އޭނާގެ ވާހަކައިން އޮހޮރިގެން ދިޔައީ، ޖަޒީރާވަންތަ އުފާފާގަތި ދިރިއުޅުމަކަށް ކުރާ އުންމީދުގެ ޝުއޫރު, އަމިއްލަ ފަސްގަނޑު ދޫކޮށް، ހިޖުރަ ކުރުމުގެ ދުރުކަމާ، އޭގެ ހިތިކަން، އޭނާގެ އާއިލާއިން ބޭނުން ނުވާ މިންވަރު, ހަގީގަތުގާ ސަރުކާރުން މި ކުރަހާ، ލާމަރުކަޒީ ޖަޒީރާ ރާއްޖޭގެ، އުފާވެރި ތަސްވީރުގެ ކުލަ ޗާޕް އެ އޮތީ އޭނާގެ އަތުގައި," ރައީސް ވިދާޅުވި އެވެ.

"ސަރުކާރުން މިކުރާ މަސައްކަތަކީ އެއީ, ރާއްޖެ ލާމަރުކަޒުކޮށް، ހިދުމަތްތަކާ ވަސީލަތްތަކާ ފުރުސަތުތަށް، އަމިއްލަ ރަށާ އަތޮޅާ ސަރަހައްދާ ގާތްކޮށް އަތުރާ ފަތުރާލުން,"

ބައެއް މުހިންމު ހަބަރުތައް

  • ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ތަރައްގީގެ ޕްލޭނާއި ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫޒް ޕްލޭން ބައިބަޔަށް ފާސްކޮށް ދޭން ނިންމަވާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.
  • ތިންހާސް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އަޅަން ގދ. ހޯޑެއްދޫން ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް ދޫކޮށްފައިވާ ބިމާ ގުޅޭ ޝަކުވާތަކާ ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށް ހައްލުތަކެއް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އިއްޔެ އެވެ.
  • ގައުމީ އެއާލައިން މޯލްޑިވިއަނުން ބައިނަލްއަގުވާމީ ދަތުރުތައް ކުރަން ބޭނުންކުރާ އެއާބަސް އޭ-321ގެ ލީސް މުއްދަތު އަންނަ އަހަރުގެ މާޗު މަހަށް ހަމަވާނެ ކަމަށާއި ލީސް އެއްބަސްވުމުގެ މުއްދަތު އިތުރު ނުކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަން އިން ބުނީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ މުހިންމުކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ

މި މަޝްވަރާތަކުގެ އެންމެ މުހިންމު ބޭނުމަކީ، ގެނެވުނު ގާނޫނީ ބަދަލު ތަންފީޒު ކުރެވެމުންދާ ގޮތް ބަލާ ދެނެގަތުން, މިކަން މި ހިނގަނީ ރައްޔިތުން އެދޭ ގޮތަށްތޯ ކަށަވަރު ކުރުމަށް, ލިބޭ އާ ހިޔާލާ އިތުރު މަޝްވަރާތަކުގެ އަލީގައި، ކަންކަން ބަދަލުކޮށް އިސްލާހުކޮށް ފުރިހަމަ ކުރުމަށް,

ދުވަހުގެ ފޮޓޯ

ލ. ގަމުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ތެރެއިން. މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމުލަ 270 ބޭފުޅުން ބައިވެރިވޭ --- ފޮޓޯ؛ ރައީސް އޮފީސް
ލ. ގަމުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ތެރެއިން. މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމުލަ 270 ބޭފުޅުން ބައިވެރިވޭ --- ފޮޓޯ؛ ރައީސް އޮފީސް

ލ. ގަމުގައި ފެށި "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ތެރެއިން. މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމުލަ 270 ބޭފުޅުން ބައިވެރިވޭ --- ފޮޓޯ؛ ރައީސް އޮފީސް

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox