ޔޫރޮޕާ ލީގު: ޔުނައިޓެޑް ބަލިކޮށް ސޮސިއެޑާޑަށް ތާރީހީ ކާމިޔާބެއް، އާސެނަލް ފެށީ މޮޅަކުން

Sep 8, 2022, 9:53 PM
ޔޫރޮޕާ ލީގު: ޔުނައިޓެޑް ބަލިކޮށް ސޮސިއެޑާޑަށް ތާރީހީ ކާމިޔާބެއް، އާސެނަލް ފެށީ މޮޅަކުން

މެންޗެސްޓާ (ސެޕްޓެމްބަރު 9) - ޔުއެފާ ޔޫރޮޕާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި އެ ޓީމު އަތުން 1-0 އިން ރެއާލް ސޮސިއެޑާޑުން ތާރީހީ މޮޅެއް ހޯދިއިރު، ރަށުންބޭރުގައި ޒިއުރިކް އެފްސީ އަތުން 2-1 އިން މޮޅުވެ، އާސެނަލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ޔުނައިޓެޑް އަތުން ސޮސިއެޑާޑް މި ހޯދި މޮޅަކީ އެ ކްލަބްގެ ތާރީހުގައި ރަށުންބޭރުގައި އިނގިރޭސި ކްލަބެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. އަނެއްކޮޅުން، މި ނަތީޖާއާ އެކު ޔޫރޮޕާ ލީގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑުން ބަލިނުވެ، ދަމަހައްޓަމުން އައި ރެކޯޑަށް 19 މެޗަށް ފަހު މި ވަނީ ނިމުން އަތުވެފަ އެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅުވެގެން މި މެޗަށް ފޯމުގައި ނުކުތް ޔުނައިޓެޑަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

މިރޭގެ މެޗަށް ޔުނައިޓެޑް ނުކުތީ ފުރަތަމަ އެގާރައިގައި ހެރީ މެގުއާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަަނައިގެންނެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ޑިއޯގޯ ޑަލޯ ނެގި ހުރަހަކުން ރޮނާލްޑޯ ބޮލުން ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ބެލުމަށް ފަހު ނިންމީ އޮފްސައިޑް ކަމަށެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ވެސް ރޮނާލްޑޯ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވިފަ އެވެ. ސޮސިއެޑާޑުން މެޗުގައި ޖެހި ހަމައެކަނި ގޯލު 60 ވަނަ މިނިޓްގައި ޖެހީ ބްރައިސް މެންޑޭޒް ޕެނަލްޓީ އަކުންނެވެ. މިއީ ސޮސިއެޑާޑްގެ ޑޭވިޑް ސިލްވާ ޖެހި ޝޮޓެއް ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންދްރޯ މާޓީނޭޒް އަތުގައި ޖެހުނު ކަމަށް ނިންމައި، ދިން ޕެނަލްޓީ އެކެވެ.

ނަތީޖާ ހަމަހަމަކުރަން ޔުނައިޓެޑުން ކުރި މަސައްކަތުގައި އެ ޓީމުގެ މިޑްފީލްޑަރު، ކަސެމީރޯ ޖެހި ދެ ޝޮޓެއް ސޮސިއެޑާޑްގެ ކީޕަރު އަލެކްސް ރެމީރީޯ ގަގާލޯ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑްގެ ގްރޫޕްގައި ހިމެނޭ އަނެއް މެޗުގައި މިރޭ މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް ވަނީ 3-0 އިން ސައިޕްރަސްގެ އޮމޯނިއާ ބަލިކޮށްފަ އެވެ. ޔުނައިޓެޑުން އަންނަ ހަފްތާގައި ކުޅޭނީ ރަށުންބޭރުގައި ޝެރިފްއާ ދެކޮޅަށެވެ.

ގްރޫޕް އޭގައި މިރޭ އާސެނަލުން ޒިއުރިކް ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނިޓްގައި ލީޑުނެގި އެވެ. މި ގޯލު ޖެހީ އެޑީ އެންކެޓިއޭ ދިން ބޯޅައަކުން ބްރެޒިލްގެ ވިންގް، މާކުއީނިއޯސް އެވެ. މިއީ މި ފަހަރުގެ ޓްރާންސްފާގައި އާސެނަލަށް ގެނައި މާކުއީނިއޯސް އެ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒިއުރިކުން ވަނީ ޕެނަލްޓީ އަކުން އެއްވަރުކޮށްފަ އެވެ. މި ގޯލު ޖެހީ މާލިން ކްރިޒޭއޫ އެވެ، މިއީ އެންކެޓިއޭ އޭރިއާތެރެއިން ޒިއުރިކްގެ އޮލާ ސެލްނައޭސަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އާސެނަލް މޮޅުކޮށްދިން ގޯލު ޖެހީ 62 ވަނަ މިނިޓްގައި އެންކެޓިއޭ އެވެ. މި ގޯލު ޖަހަން ފުރުސަތު ހޯދައިދިނީ މާކުއީނިއޯސް އެވެ.

އާސެނަލް ގްރޫޕްގައި ހިމެނޭ ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އާއި ނޯވޭގެ ބޯޑޯ/ގިލްމްޑް މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ޔޫރޮޕާ ލީގުގައި ދެން މިރޭ ކުޅުނު ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު، ލާޒިއޯ އިން ވަނީ އަމިއްލަ ދަނޑުގައި 4-2 އިން ފެޔަނޫޑް ބަލިކޮށްފަ އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އަތުން ބަލްގޭރިއާގެ ލުޑޮގޮރެޓްސް މޮޅުވީ 2-1 އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox