އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވީ އިއްޔެ އެވެ.
ބަކިންހަމް ޕެލަސް އިން ހާމަކޮށްފައިވާ ގޮތުގައި އެކަމަނާ އަވަހާރަވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ. އެކަމަނާ އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށެވެ. އެކަމަނާގެ ސިއްހީ ހާލުކޮޅާ މެދު ޑޮކްޓަރުން ކަންބޮޑުވާކަން އިއްޔެ ހެނދުނު އެކަމަނާގެ އާއިލާ މެމްބަރުންނާ ވަނީ ހިއްސާކޮށްފަ އެވެ.
އަވަހާރަވިއިރު، އަރިހުގައި އާއިލާގެ ގިނަ މެމްބަރުންތަކެއް ތިއްބެވި އެވެ. އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 96 އަހަރެވެ. އެކަމަނާ އުފަންވެވަޑައިގަތީ އެޕްރީލް 21، 1926 ގަ އެވެ.
ރާނީ އަވަހާރަވުމާ އެކު އިނގިރޭސި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ އެކަމަނާގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް އެވެ. ރަސްމީކޮށް ޗާލްސް މިއަދުގެ ވަގުތެއްގައި ރަސްކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.
އިނގިރޭސި ރަސްކަމާ ޗާލްސް ހަވާލުވެވަޑައިގެންފައިވާއިރު ދާދި ދެންމެއަކު ނެރުއްވި ކުރު ބަޔާނެއްގައި ވަނީ ރާނީ އަވަހާރަވުމަކީ މުޅި އާއިލާއަށް ލިބުނު ފުން ހިތާމައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި، އެކަމަނާ އަވަހާރުވުމުގެ ހިތާމަައިގައި މުޅި އިނގިރޭސިވިލާތާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ވެސް ބައިވެރިވާނެ ކަމަށް އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވި އެވެ.

އިނގިރޭސި ރަސްކަމަށް ވަޑައިގެންނެވި ޗާލްސްގެ އުމުރުފުޅުން 73 އަހަރެވެ. މިހާރު އިނގިރޭސިވިލާތުގެ އާ ވަލީ އަހުދަކީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން، އުމުރުން 40 އަހަރުގެ ވިލިއަމް އެވެ.
މީގެ 70 އަހަރު ކުރިން، 1952 އިން ފެށިގެން އިނގިރޭސި ރަނިކަން ކުރައްވަމުން ގެންދަވަނީ އެލިޒަބަތު އެވެ. އެކަމަނާއަކީ އިނގިރޭސި ރަސްކަމުގެ ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ރާނީ އެވެ.
އެކަމަނާގެ ދިގު ރަނިކަމުގެ ތާރީހުގައި ވެފައިވަނީ މުޅި ދުނިޔޭގެ ވެސް ސަމާލުކަން ލިބުނު ލީޑަރަކަށެވެ. އަދި، 15 ބޮޑުވަޒީރަކު އެކަމަނާއަށް ހިދުމަތްކުރެއްވި އެވެ. މިހާރުގެ ބޮޑުވަޒީރު ލިޒް ޓްރަސްއާ ބޮޑުވަޒީރުކަމުގެ ފަތްކޮޅު ރާނީ ހަވާލުކުރެއްވީ ބަލްމޯރަލް ކާސަލްގައި ހުންނަވައިގެންނެވެ.
ޝާހީ އާއިލާއާ ގުޅޭ
ބައެއް މުހިންމު ހަބަރުތައް
- އިނގިރޭސިވިލާތުގެ ރާނީ، ކުއީން އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން ޝާހީ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތައުޒިޔާ ފޮނުއްވި އެވެ.
- ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައިތާވަލުކުރި އަޑުއެހުން، އެ މައްސަލާގައި ދައުވާކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް އިއްޔެ ވަނީ ކެންސަލްކޮށްފަ އެވެ.
- އަތޮޅުތެރޭގެ ގާއިމުކޮށްފައިވާ ރީޖަނަލް ހޮސްޕިޓަލުތަކުން އާސަންދައިގެ ހިދުމަތް ލިބުން މިހާރަށް ވުރެ ފަސޭހަ ކުރުމުގެ މަސައްކަތުގެ ދަށުން ކުޅުދުއްފުއްޓާއި އައްޑޫ ސިޓީގައި އާސަންދައިގެ ޑެސްކެއް ގާއިމުކޮށްފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- އާއްމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން ވައުދުވެފައިވާ ގޮތަށް މިނީ ބަހުގެ ހިދުމަތް ދިނުމަށް އެެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ބަސްތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން އިއްޔެ ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ:
އަޅުގަނޑުމެންގެ ދިވެހި އަސްކަރިއްޔާ ވެސް މިއަދު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ގައުމުގެ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުން. ރާއްޖޭގެ މިނިވަންކަމާއި ދިފާއުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަހައްދީ ހަމަޖެހުމާއި ސުލްހަޔަށްޓަކައިވެސް އަޅާ ފިޔަވަޅެއް،
ދުވަހުގެ ފޮޓޯ

މާލޭގެ މިނީ ބަހުގެ ހިދުމަތް ދޭން ފެށުމާ އެކު މަނާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ ސައިކަލުތަކެއްގައި ޓްރެފިކް ފުލުހެއް ސްޓިކާ ޖަހަނީ. މިނީ ބަހުގެ ހިދުމަތް ފެށީ މާލޭގެ ބައެއް މަގުތަކުގައި އުޅަނދު ޕާކު ކުރުން މަނާކޮށް، ޕާކު ކުރުމުގެ އިންތިޒާމްތަކަށް ބަދަލުތަކެއް ގެނައުމަށްފަހު --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












