ހުލާސާކޮށް އިއްޔެ: އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ޔާމީންގެ ފަރާތުން ގެންގޮސްދިން ކަމަށް ނަރީޝް ބުނުން

ހުލާސާކޮށް އިއްޔެ: އެއް މިލިއަން ޑޮލަރަށްވާ ދިވެހި ރުފިޔާ ޔާމީންގެ ފަރާތުން ގެންގޮސްދިން ކަމަށް ނަރީޝް ބުނުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް އެއް މިލިއަން ޑޮލަރު ދިނީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ކަމަށާއި އެއަށްވާ ދިވެހި ރުފިޔާ ގެންގޮސް ހަވާލުކޮށްދިން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އިއްޔެ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތަށް ހެކިބަސް ދޭން ނަރީޝް އިއްޔެ ކޯޓަށް ހާޒިރުވި އެވެ.

ދިފާއީ ހެއްކެއްގެ ގޮތެއްގައި ނަރީޝް ހުށަހެޅީ ޔާމީންގެ ފަރާތުންނެވެ. ހުށަހެޅި ސަބަބެއްގެ ގޮތުގައި ވަނީ، ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ހިނގީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަން ޝަރީއަތަށް ސާބިތު ކުރުމެވެ.

ހެކިބަސް ދެއްވަމުން ނަރީޝް ވިދާޅުވީ 2015 ވަނަ އަހަރުގެ ތެރެއިން ދުވަހެއްގައި ޔާމީން އަންގަވައިގެން އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ. ދޫވެއްސަށް ދިޔަ ކަމަށެވެ.

އެ ދުވަހު ޑޮލަރު ބައްލަވައިގަތް ކަމުގެ ލިޔުމެއްގައި ސޮއިކުރައްވާފައި ޔާމީން ދެއްވި ކަމަށް ނަރީޝް ވިދާޅުވި އެވެ. އަދި އޭގައި ޑޮލަރެއް 15.42 ރުފިޔާގެ ރޭޓުން ޔޫސުފް ނައީމަށް 15 މިލިއަން ހަތަރު ލައްކަ ރުފިޔާ ހަވާލުކުރަން އެ ލިޔުމުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވި ގޮތުގައި އެއަށް ފަހު ދެ ދަބަހެއްގައި އެ އަދަދަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމަށް ގެންގޮސްދީފައިވެ އެވެ. ޔޫސުފް ނައީމް ދިރިއުޅޭ ގެއަށް ކާރެއްގައި ވަޑައިގެން، އެ ފައިސާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާގެ އަދަދު ޔަގީންވަނީ ކިހިނެއްކަން ވަކީލުން ސުވާލު ކުރެއްވުމުން ނަރީޝް ވަނީ ޔާމީންގެ ހާޒިރުގައި އެ ފައިސާ ގުނާފައިވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭރު އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހަކު ވެސް އެ ތަނުގައި ހުރި ކަމަށް ވިދާޅުވި އެވެ.

ކާރުގައި ދުއްވާފައި ދިޔައިރު ކުރީ ސީޓުގައި ތިބީ ޑްރައިވަރާއި ނަރީޝް ކަމަށާއި، ފަހަތު ސީޓުގައި އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހާ އިން ކަމަށެވެ. ފައިސާ އަޅާފައިވާ ދަބަސްތައް ވެސް ބެހެއްޓީ ފަހަތު ސީޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަކީ އަޅުގަނޑުގެ ވަރަށް ގާތް ބޭފުޅެއް، އެފަދަ ޕާސަަނަލް ކަންކަން ޝެއާ ކުރައްވާ، ބައެއް ކަންކަން ހަވާލުކުރައްވާ، އަޅުގަނޑަށް އިތުބާރު ކުރައްވާތީ،" ނަރީޝް އިއްޔެ ވިދާޅުވި އެވެ.

ޔާމީނާއި ޔޫސުފް ނައީމާ ދެމެދު ވެފައިވާ ޑޮލަރު ގަތުމުގެ އެއްބަސްވުމުގެ ސައްހަކަން ކަށަވަރުކުރަން ނަރީޝަށް އެ އެއްބަސްވުން ދައްކާފައި ސުވާލު ކުރަން ދިފާއީ ވަކީލުން މަަސައްކަތް ކުރެއްވި އެވެ.

އެކަމަކު ދައުލަތުން އެ ކަމަށް އިއުތިރާޒު ކުރި އެވެ. އެއީ ނަރީޝް ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ކަން ނެތުމުންނެވެ. އަދި ޝަރީއަތުން ވަނީ ދައުލަތުގެ އިއުތިރާޒު ބަލައިގެންފަ އެވެ.

ދައުލަތުގެ ވަކީލުންނަށް ސުވާލު ކުރަން ދިން ފުރުސަތުގައި އަމާޒުކުރި ގިނަ ސުވާލުތަކަކީ ހެކި ހުށަހެޅި ދާއިރާއާ ބޭރުން ކުރި ސުވާލުތަކަކަށް ވާތީ ގިނަ ސުވާލުތަކަށް ފުރުސަތު ނުލިބުނެވެ. އޭގެ ތެރޭގައި، ޑޮލަރު ގަތުމަށް އެމްއެމްއޭ އިން ހުއްދަ ނެގިތޯއާއި ފުލުހުން ތަހުގީގު ގެންދަނިކޮށް، ޑޮލަރުގެ މުއާމަލާތެއް ކަން ބުނެދީ ބަޔާން ނުދިނީ ކީއްވެތޯ ފަދަ ސުވާލުތައް ހިމެނެ އެވެ.

ދައުލަތުން ދެން ކުރި ބައެއް ސުވާލުތަކުގެ ޖަވާބުގައި ނަރީޝް ވިދާޅުވީ އެ ކަމެއް ހަނދާނުގައި ނެތް ކަމަށެވެ. މި ގޮތުން 15 މިލިއަން ރުފިޔާ ގުނަން ހޭދަވި ވަގުތާއި، ކާރު ނަންބަރު ފަދަ ކަންކަން މިހާރު ހަނދާނުގައި ނެތް ކަމަށް ނަރީޝް ވިދާޅުވި އެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ކަންކަން؛

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ސަކަރާތް ޖަހާތީ އެކަން ތަކުރާރުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ދެއްވީ އިއްޔެ އެވެ.
  • މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފްލެޓުތަކަށް ކަނޑައަޅާފައިވާ ޑައުންޕޭމަންޓަކީ މުސާރަތަކާ ނުބަައްދަލު އަދަދެއް ކަމުން ޑައުންޕޭމަންޓު ކުޑަކޮށްދޭން ފްލެޓު ލިބުނު އެ ކުންފުނީގެ މުވައްޒަފުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި އެދުނީ އިއްޔެ އެވެ.
  • ދައުލަތުގެ ދަރަނި އަދާކުރަމުން އަންނަ ގޮތާއި ދައުލަތުގެ ރިޒާވް އިތުރުވަމުން އަންނަ ގޮތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ސާފު ޖަވާބެއް ދެއްވުމަށް ދެކޮޅު ހެއްދެވީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ދައުލަތުގެ ރިޒާވް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ:

އެޕްރޫވްޑް ބަޖެޓެޓްގެ ފައިނޭންސިން ޕްލޭނުގެ ގޮތުގައި ފާހަގަކޮށްފައި ވާނީ 200 މިލިޔަން ޑޮލަރު އެކްސްޓާނަލް ކޮށް އަޅުގަނޑުމެން ހޯދުމަށް. މިހާރު އަޅުގަނޑުމެން 100 މިލިޔަން ޑޮލަރު ހޯދައިފިން. ދެން އަނެއް 100 މިލިޔަން ޑޮލަރު އެކިއެކި ގޮތްގޮތުން ހޯދުމަށް މަސައްކަތްކުރަމުން މިދަނީ،

ދުވަހުގެ ފޮޓޯ

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ފެށި މިނީ ބާސްކެޓްބޯޅަ ފެސްޓިވަލްގެ ތެރެއިން. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މި މިނީ ބާސްކެބޯޅަ ފެސްޓިވަލްގައި މާލޭގެ 12 ސްކޫލަކުން 1300 އަށް ވުރެ ގިނަ ކުދިން ބައިވެރިވޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ފެށި މިނީ ބާސްކެޓްބޯޅަ ފެސްޓިވަލްގެ ތެރެއިން. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މި މިނީ ބާސްކެބޯޅަ ފެސްޓިވަލްގައި މާލޭގެ 12 ސްކޫލަކުން 1300 އަށް ވުރެ ގިނަ ކުދިން ބައިވެރިވޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން ފެށި މިނީ ބާސްކެޓްބޯޅަ ފެސްޓިވަލްގެ ތެރެއިން. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގައި ކުރިއަށްދާ މި މިނީ ބާސްކެބޯޅަ ފެސްޓިވަލްގައި މާލޭގެ 12 ސްކޫލަކުން 1300 އަށް ވުރެ ގިނަ ކުދިން ބައިވެރިވޭ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox