އެކި އޮފީސްތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ ފުލުހުން މައްސަލަ ބަލަން ފަށައިފި އެވެ.
ސްކޭމް މެސެޖުތައް ކުރާ މިންވަަރު ގިނަވެ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ހިއްސާކުރަމުން އަންނަ އިރު، ފުލުހުން މިއަދު ކުރި ރަސްމީ ޓުވީޓެއްގައި ބުނީ އެކަންކަން ބަލަމުންދާ ކަމަށެވެ. އަދި މިފަދަ މެސެޖު ލިބުނަސް، މެސެޖުގައި ވާ ލިންކަށް ނުފިއްތުމަށް ވެސް އެދިފައިވެ އެވެ.
ސްކޭމް މެސެޖުތަކާއި ކޯލުތަކުގެ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. މި ފަދަ މެސެޖުތަކާއި ކޯލުތަކަށް ހެއްލި ބައެއް ފަހަރު މީހުންނަށް އެކި ވަރުގެ ފައިސާގެ ގެއްލުން ވަނީ މީގެ ކުރިން ލިބިފަ އެވެ.
އެހެންވީމާ، މިފަދަ ގޮތްނޭނގޭ މެސެޖުތަކަށް ސަމާލުވެ، މިހާރު ދައުރުވަމުންދާ މެސެޖުތަކަށް ފަރުވާތެރިވާން ފުލުހުން އިލްތިމާސްކުރެ އެވެ.












