ދުނިޔޭގައި 195 ގައުމު، 130 ގައުމުގެ މީހުން ރާއްޖޭގައި ވަޒީފާގައި

އެސްޓީއޯ ކާޑު ގުދަނުގައި މަސައްކަތް ކުރާ ބިދޭސީއެއް. -ފައިލް ފޮޓޯ: އަދަދު

އެސްޓީއޯ ކާޑު ގުދަނުގައި މަސައްކަތް ކުރާ ބިދޭސީއެއް. -ފައިލް ފޮޓޯ: އަދަދު

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތަފާތު 130 ގައުމުގެ މީހުނަށް ވާކް ޕާމިޓު ދޫކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު"އިން އެދިގެން އިކޮނޮމިކް މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވާކް ޕާމިޓު ދޫކުރުން އެ މިނިސްޓްރީއާ ހަވާލުވުމަށްފަހު، މިހާތަނަށް ތަފާތު 130 ގައުމަކުން ޖުމްލަ 171،099 މީހުނަށް ވާކް ޕާމިޓު ވަނީ ދޫކޮށްފަ އެވެ.

މި ތަފާސްހިސާބުތަކަށް އިތުރަށް ބަލާއިރު، ވާކް ޕާމިޓު ދޫކުރި ގައުމުތަކުގައި ދުނިޔޭގެ މައިގަނޑު ހުރިހާ ބައްރުތަކެއް ތަމްސީލުވެ އެވެ.

Advertisement

މިގޮތުން، އޭޝިއާ، މެދުއިރުމަތި، އެމެރިކާ، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕުގެ ގިނަ ގައުމުތައް ހިމެނެ އެވެ.

ވަކިވަކި ގައުމުތަކަށް ބަލާއިރު، ޖުމްލަ ވާކް ޕާމިޓު ދޫކުރި އަދަދުގެ ދެބައިކުޅަ އެއް ބަޔަށް ވުރެ ގިނަ އަދަދެއް ދޫކޮށްފައިވަނީ ބަންގްލަދޭޝްއަށެވެ.

އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝަށް 91،108 ވާކް ޕާމިޓު ވަނީ ދޫކޮށްފަ އެވެ.

ދެވަނައަށް އެންމެ ގިނައިން ރާއްޖޭގައި ވަޒީފާ އަދާކުރަނީ އަވައްޓެރި އިންޑިއާ މީހުންނެވެ.

އިންޑިއާއަށް 45،818 ވާކް ޕާމިޓު ދޫކޮށްފައިވާއިރު، ތިން ވަނައިގައި އޮތް ސްރީލަންކާއަށް ދޫކޮށްފައިވަނީ 15،023 ވާކް ޕާމިޓެވެ.

ބިދޭސީންގެ ބޮޑު އާބާދީއެއް

ސްޓެޓިސްޓިސް ބިއުރޯއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, ރާއްޖޭގައި ގާތްގަނޑަކަށް 579,000 މީހުން ދިރިއުޅެވެ.

އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ ބިދޭސީން މަސައްކަތްތެރިންނެވެ.

ސައްހަ ވާކް ޕާމިޓުގައި ވަޒީފާ އަދާކުރާ މީހުންގެ އިތުރުން، އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 63،000 ބިދޭސީން އުޅެ އެވެ.

ނަމަވެސް ނުރަސްމީ އަންދާޒާތަކުން މި އަދަދު އެއް ލައްކައާ ގާތްކުރާ ކަމަށްވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox